Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ވެރިކަމަށް އައުމުގެ ކުރިން ފިރުމާފައި މަގާމު ލިބުނީމަ ދައްކަނީ ވަޅިން ބިރު!

ވެރިކަމަށް އަންނަންވެގެން މަސްވެރިންނަށް ވި ވައުދުތައް ފުއްދޭނެކަމުގެ ޔަގީންކަމެއް ނުދެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 ޖޫން 2024 | ހުކުރު 14:33
މަސްވެރިކަމާއި ބެހޭ ވަޒީރު މަސްވެރިންނާއި ބައްދަލުކުރުން - ސަރުކާރުންވި ވައުދުތައް ނުފުއްދޭނެކަމަށް ވިދާޅުވި

މަސްވެރިކަމާއި ބެހޭ ވަޒީރު މަސްވެރިންނާއި ބައްދަލުކުރުން - ސަރުކާރުންވި ވައުދުތައް ނުފުއްދޭނެކަމަށް ވިދާޅުވި

ހުޅުމާލޭ ކަންނެލި ޖެޓީގައި ސުލްހަވެރި މުޒާހަރާއެއް ކުރަންތިބެ، ބޮޑުކަންނެލި މަސްވެރިން ދިނީ މިނިސްޓަރަށް ދައުވަތެކެވެ. ވަޑައިގެންނެވޭނަމަ އައިސް ބައްދަލުކޮށް މަޝްވަރާކުރުމަށެވެ. ނަމަވެސް ފިނިކޮޓަރިން ބޭރަށް ނުނުކުމެވި ހުއްޓާ މަސްވެރިން އެންމެ ފަހުން ދޯނިތަކުގެ ފުރަ މާލެއަށް މިސްރާބު ޖެހީ ސަރުކާރުގެ ބަހެއް ހޯދުމަށެވެ. މިނިސްޓަރާއި ބައްދަލުކުރާށެވެ. ރައްޔިތުންގެ ހާދިމުންނަކީ ތިމަންނާމެންނޭ ބުނެ ދެއްކި ވާހަކަ ޖެހުނީ އިދިކޮޅަށެވެ. މިއަދު އާންމު ނިކަމެތި ރައްޔިތު މީހާ ޖެހުނީ ސަރުކާރުގައި އަނެއްކާވެސް އާދޭސް ދަންނަވަން ދާށެވެ.

މަސްވެރިން އިހުތިޖާޖު ބާއްވަން ޖެހުނީ ލޭނު މަސްވެރިކަމުގެ ހުއްދަ މިނިސްޓްރީގެ ތެރެއިން ކުންފުނިތަކަށް ދޭން އުޅޭތީއެވެ. އަދި ހުއްދަ ދޭން އުޅޭ ކުންފުނިތަކުގެ ވެރިން ބިރުދައްކާފައި އެބަހުރި، ވަޅި ޖައްސާފައި ވެސް ލޭނުގެ މަސްވެރިކަން ކުރާނެ ކަމަށެވެ. އަދި އެކަން ފުލުހުންގެ އެންމެ މަތީ ފަރާތަށް މަސްވެރިން ހިއްސާކުރިއެވެ. ނަމަވެސް އެކަށީގެންވާ ޖަވާބެއްވެސް އަދި ފިޔަވަޅެއްވެސް ނޭޅިއެވެ. އަދި މިކަން ރައީސުލްޖުމްހޫރިއްޔާ އަދި މިނިސްޓަރަށްވެސް އެންގި އިރު، ވަޅިޖައްސާފައި ބިރުދައްކާފައިވެސް އެކަން ކުރާނެކަމަށް ކުންފުނިތަކުން ބުނެފައިވީނަމަވެސް މިހާތަނަށް އައި އިރުވެސް މިނިސްޓަރުވެސް އަދި ރައީސުލްޖުމްހޫރިއްޔާގެ ހިސާބުންވެސް އެއްވެސް ކަމެއް ނުކުރިއެވެ.

ކުންފުނިތަކުން މަސްވެރިންނަށް އިންޒާރުދެމުން އައީ މަސްވެރިން ޖެހޭނީ ހަމަސައިޒަށް ތިރިވާން ޖެހޭނެ ކަމަށް ބުނެއެވެ. މަސްވެރިންގެ ޝަކުވާއަކީ މި ވެރިކަން ގެންނަން މަސްވެރިން މަސައްކަތްކޮށް، މިނިސްޓަރު އެ މަގާމަށް ގެންނަން މަސައްކަތް ކުރިނަމަވެސް މިއަދު މަސްވެރިންގެ މަތިން ހަނދާން ނެތުމެވެ.

އެމްޑީޕީ ވެރިކަމުގައި އޮތް އިރު ނައިފަރު ދާއިރާގެ މެންބަރުކަމުގައި ހުންނަމާ މަޖިލީހުގައި ޝިޔާމް ގެންދެވީ ކަރުން ނާރު ފުފޭވަރަށް ލޭނުމަސްވެރިކަމާއި ދެކޮޅަށް ވަކާލާތުކުރަމުންނެވެ. އެއިރު ވިދާޅުވަމުން ގެންދެވީ ލޭނުމަސްވެރިކަމަކީ ސްމަގުލިން ކަމަށެވެ. ނަމަވެސް މިހާރު އޮތް ސަރުކާރުގެ ހީލަތްތެރިކަމުގައި މަސްވެރިން ޖައްސާ ވެރިކަމަށް އައި، މަސްވެރިންނަށްވި ވައުދުތައް އެއްކައިރިކޮށްލާފައި މިިނިސްޓަރު ޝިޔާމްގެ އަމާޒު އޮތީ ލޭނުމަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށެވެ. ކައިރި ދެތިން ބަޔަކަށް މަންފާވާގޮތަށާއި، މިނިސްޓަރަށްވެސް ބައެއް ލިބޭ ގޮތަށެވެ.

ލޭނުމަސްވެރިކަމާއި ދެކޮޅަށް މަޖިލީހުގައި އިންނަވާ ކުރި ވަކާލާތު މިއަދު މިނިސްޓަރު ޝިޔާމް ހަނދާނުގައި ހުރިހެނެއްވެސް ހިޔެއެއް ނުވެއެވެ. މަސްވެރިންގެ އާމްދަނީއާއި އާއިލާތަކުގެ ހަރަދުބަރަދާއި މުޅި ސިނާއަތުގެ މުސްތަގުބަލު އެއްފަރާތްކޮށްލާފައި ލޭނުގެ މަސްވެރިކަމާއި ގުޅޭ މަޝްވަރާކުރެއްވިކަން ހުދު މިނިސްޓަރު ވެސް އެއްބަސްވެވަޑައިގަންނަވައެވެ. އެއިރު ދެއްކި ވާހަކަ މިއަދު ފިނިކޮޓަރީގައި އިންނަވާއިރު ހަނދާނެއް ނެތެވެ. އެއިރު މަސްވެރިންނަކީ ބެސްޓުފުރެންޑުންކަމަށް ބުނެ ދޯނިތަކަށް އަރަމުން މަސްވެރިންނާއި އެކީ އެއް ސުފުރާއަކުން ފަރިއްކުޅުއްވަމުން ވަޑައިގެންނެވި މިނިސްޓަރ ޝިޔާމްއަށް މިއަދު އެއީ ތިބި ބައެއްކަމެއްވެސް ނޭނގެއެވެ.

މީގެ އިތުރުން މަސްވެރިންނަށް ތެލުގެ އަގު ސަރުކާރުން އަގުހެޔޮކޮށްދޭއިރު، ބޮޑުކަންނެލީގެ މަސްވެރިންކަން ކުރާ މަސްވެރިންނަށް އެއްހަމައެއްގައި ދެއްކި ވާހަކަވެސް ވީ ބިލާހަކަށެވެ. ކަމެއްކުރަން ބަލާއިރު މި ސަރުކާރުގެ އެންމެ ފުރަތަމަ ބަހަނާއަކަށްވެފައިވާ އިގްތިސާދު ނަގާ ހުރަހަކަށްޖަހާ މިއަދު ދައްކަނި އެކަންވެސް ނުކުރާނެ ވާހަކައެވެ. މިފްކޯއިން މަސްވެސް ނުގަނެވޭނެ ވާހަކައެވެ. ބޮޑުކަންނެލި މަސްވެރިކަން ކުރަނީ ދިވެހިން ނޫންކަމަށް ވެސް މިނިސްޓަރަށް ގަބޫލުކުރެވޭ ފަހަރު އަންނަ ހެން ހީވާކަހަލައެވެ.

މިނިސްޓަރު ޝިޔާމް މެންބަރުގައި ހުންނަވާ މަސްވެރި ދޯނިތަކަށް އަރައި ދެއްކި އެއްވެސް ވާހަކައެއް މިއަދު ހަގީގަތަކަށް ނުވާނެކަމަށް ހުދު މިނިސްޓަރުގެ ދުލުންދަނީ ވިދާޅުވަމުންނެވެ. މަސްވެރިންނަށް ލާރި ނުލިބި މަހަށްގޮސް ފޮރުވާފައި އޮތް ފައިސާކޮޅު ހުސްވެ ބޮޑު ފޮށީގައި އޮތް މަންމަގެ ފައްޓަރުބައިވެސް މިއަދު ވިއްކަންޖެހޭ ހާލަތަށް ވަނީ އައިސްފައެވެ.

ދެން މިނިސްޓަރުކަން ލިބިވަޑައިގެންނެވި ފަހުން މިނިސްޓަރު ޝިޔާމް ވަރަށް ވެސް ބިޒީއެވެ. މިހާތަނަށް އައި އިރުވެސް އެއްކަލަ މަސްވެރިން ކައިރިއަށް ޖައްސާލާނެ ވަގުތެއްވެސް މިނިސްޓަރަކަށް ނުވެއެވެ. ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދައުލަތުގެ ހަރަދުގައި ދަތުރުކުރެއްވުމާއި، އަމިއްލަ މިނިސްޓްރީއަށް އެކި ނަންނަމުގައި ސިޔާސީ މީހުން ވައްދާ ފައިސާ ހަރަދުކުރާނެ ހުރިހާ މަގެއް އޮތީ ތަންމިނަށް ހުޅުވާލާފައެވެ. ނަމަވެސް މަސްވެރިންގެ ކަންބޮޑުވުން ހައްލުކުރާނެ އަދި މަސްވެރިންނަށް ލުޔެއް ދެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް މިނިސްޓަރު ދަނީ ވިދާޅުވަމުންނެވެ.

މަސްވެރިން ކަރުގައި ވަޅިޖައްސާފައިވެސް ލޭނުގެ މަސްވެރިކަން ކުރަން ހުއްދަ ހޯދާނެކަމަށް ކުންފުނިތަކުން ބުނެ މަސްވެރިންނަށް ބިރުދެއްކި އޯޑިއޯވެސް އަޑުއެއްސެވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މަސްވެރިންގެ ބެލެނިވެރިޔާގެ ހައިސިއްޔަރުން ހަމަ އެއްކަމެއްވެސް ނުކުރައްވައެވެ. މިހާތަނަށް މަސްވެރިކަމުގެ ދާއިރާއަށް މިނިސްޓަރު ޝިޔާމް ބަަދަލުގެންނަވަން ކުރެއްވި އެންމެ ކަމެއްވެސް ނެތެވެ. މީގެ ކުރިން ދެއްކި ވާހަކަތައް މިވީ ބަފައިބެގެ ރުހުން ހޯދަން، ވަލީ ހޯދަން ދެއްކި މޮޅެތި ވާހަކަތަކަށެވެ. އިނދެވުނީމާ ބަފައިބެއަށްވެސް މި އެނގުނީ ލޮލުގައި ރަނގަޅަށް ވެސް އަނދުންއަޅުވައިފިކަމެވެ.

މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވި ލޭނުގެ މަސްވެރިންކަމާއި ގުޅޭގޮތުން މަސްވެރިން ކައިރިއަށް ގޮސް މިނިސްޓަރު ވިދާޅުވީ ލޭނުގެ މަސްވެރިކަމާއި ގުޅޭ މަޝްވަރާކުރަމުންދާ ކަމަށެވެ. އެކަން ނުކުރާނެކަމުގެ ޔަގީންކަމެއް ނުދެއްވިއެވެ. މަސްވެރި ކުންފުނިތަކުގެ ޖީބަކު ނީންނަވާނެކަމަށް ވިދާޅުވާއިރު، ލޭނު އަޅަން ބޭނުންވާ ކުންފުނިތަކުން އެހާކެރިކަން އެކަން ސަރުކާރުން ކޮށްދޭނެކަމުގެ ޔަގީންކަމާއެކު މަސްވެރިންނަށް ބިރެއް ނުދައްކާނެއެވެ. މިނިސްޓަރެވެ. ތި އިންނެވީ މަސްވެރި ކުންފުންޏެއްގެ ޖީބަކު ނޫނެވެ. ތި އިންނެވީ އެ ކުންފުނިތަކުން ދޭ އެއްޗެއް ގުނާލަން ފިނިކޮޓަރިއެއްގައެވެ. އެހެން ނޫންނަމަ މަސްވެރިން އެދިގެން ދިވެހި ދައުލަތުން ހުއްޓާލި ކަމެއް ފެށުމުގެ މަޝްވަރާއެއް ވެސް ނުކުރައްވާނެއެވެ.

މިހާތަނަށް ވެސް މަސްވެރިންނާއި ލޭނުގެ މަސްވެރިކަމާއި ގުޅޭ މަޝްވަރާއެއް މިނިސްޓަރު ނުކުރައްވައެވެ. މަސްވެރިން ކައިރިއަށް ވަޑައިގެން ހެއްދެވީ ދޮގެވެ. ލޭނުގެ މަސްވެރިކަމާއި ގުޅޭ މަޝްވަރާ ބޮޑު މޭޒުގައި ކުރި އިރު، އެންމެ މަސްވެރިއެއްވެސް ނެތެވެ. ނަމަވެސް އެކަމަށް އެދިގެން ތިބި ބަޔަކު ހަމަޔަގީނުންވެސް މިނިސްޓަރާއި މަޝްވަރާކޮށްފިއެވެ.

ވެރިކަމަށް އަންނަން ޝިޔާމުމެން ކީހާޅެން މިވަނީ ފަރިއްސަށްވެފައެވެ. އެއިރު ދެއްކި މޮޅު ބޮޑެތި ވާހަކަތަކުގެ އިތުބާރެއް ނެތެވެ. މިއީ އަދި މަސްވެރިކަމުގެ ދާއިރާއެވެ. މުޅި ދައުލަތަށް ބަލާލާއިރު އޮތީ ހުސް މިކަހަ ދެކޮޅު ނުޖެހޭ ކަންކަމެވެ. ވެރިކަމަށް އަންނަންްވި އެންމެ ވައުދެއްވެސް 7 މަސްވިއިރު ވެސް ނުފުއްދެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

05 ޖެނުއަރީ 2018
ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!

ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!

21 ޑިސެމްބަރު 2017
ފަތުރުވެރިކަމަށް ކޭލަކުނު ދޫކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި

ފަތުރުވެރިކަމަށް ކޭލަކުނު ދޫކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި

02 ޑިސެމްބަރު 2017
އިންތިގާލީ ސަރުކާރެއްތަ؟ ނޫނީ ވެރިކަމަށް މަގު ކޮށުންތަ؟

އިންތިގާލީ ސަރުކާރެއްތަ؟ ނޫނީ ވެރިކަމަށް މަގު ކޮށުންތަ؟

24 އޮކްޓޯބަރު 2017
ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

ހަނީފުގެ މަރު: " ހަނީފް މޫދަށް ގެނބުމުގެ ކުރިން އަންހެނުންގެ ސަލާމަތަށް މަސައްކަތް ކުރި"

23 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު