Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އެއްޗެހި ދޮވެ ހިއްކުން

އެއްޗެހި ދޮންނަން އެނގޭތަ؟ އެނގެޔޭ ހީވިޔަސް، ކަން އޮތީ އެހެންނެއް ނޫން... ޕޮޑްސްއާއި ލައްފިލުވާވެސް ދުކޮށްލާ!

ރިޗަރޑްސަންގެ ވާހަކަތަކުން އެނގޭ އެއް ކަމަކީ، އެއްޗެހި ދޮވުމަށް އަހަރެމެންނަށް ޚިޔާރު ކުރެވޭ ޑިޓަރޖަންޓް އެންމެ ރަނގަޅު ނޫން ކަން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 ޖޫން 2024 | އަންގާރަ 06:30
ރިޗަރޑްސަން ސިފަ ކުރި ގޮތުގައި ޑިޓަރޖަންޓްއަކީވެސް ކައްކަން ބޭނުން ކުރާ ލޮނު ފަދަ އެއްޗެއް

ރިޗަރޑްސަން ސިފަ ކުރި ގޮތުގައި ޑިޓަރޖަންޓްއަކީވެސް ކައްކަން ބޭނުން ކުރާ ލޮނު ފަދަ އެއްޗެއް

އިނގިރޭސި ބަހުން ބުނާނަމަ އެއީ 'ލޯންޑްރީ' އެވެ. އަހަރެމެންގެ ބަހުން ނަމަ އެއްޗެހި ދޮވެ ހިއްކުމޭވެސް ބުނެވިދާނެއެވެ. އެއްޗިއްސޭ މި ކިޔަނީ ލައި އުޅޭ އަންނައުނާއި، އެފަދަ ތަކެއްޗަށެވެ. ދޮންނަ މެޝިނުގައި ދޮވެ އުޅޭ ތަކެއްޗަށެވެ. ބައެއް މީހުންނަށް މިއީ ތަކުލީފު ބޮޑު މަސައްކަތެކެވެ. އަނެއް ބަޔަކު ކުރާ ހިތުން ކުރާ ކަމެކެވެ. ދެބައި މީހުންނަށްވެސް އާންމު އެއް ކަމެއް އޮވެއެވެ. އެއީ ހަމަ ޔަޤީނުންވެސް ދޮންނަން ޖެހިފައި ހުރި އެއްޗެހިތަކެއް ނުވަތަ އެއްޗެއް އަބަދުމެހެން އޮންނާނެ ކަމެވެ. އިންސާނީ ޙަޟާރާތުގެ އަދާ ހިސާބަށް އާދެވުނު އިރުވެސް މި ކަމަކަށް ފުރިހަމަ ހައްލެއް ހޯދޭ ގޮތް އަދި މި އޮތީ ނުވެފައެވެ. މުޅިންހެންވެސް ހޯދެނީ، ހައްޓަށް ލުއިވެލާނެ ގޮތަކަށް ލޯންޑްރީގެ ކަންކަން ކުރިއަށް ގެންދެވިދާނެ ގޮތެކެވެ. އެ މަސައްކަތުގެ ތެރެއިން ތަޢާރަފު ވި އެކައްޗަކީ ލޯންޑްރީ ޕޮޑްސްއެވެ.

ލޯންޑްރީ ޕޮޑްސްއަކީ އެއްޗެހި ދޮވުމަށް ބޭނުން ކުރާ މާއްދާއާއި، މީރުވަސް ދުއްވަން ބޭނުން ކުރާ މާއްދާގެ އިތުރުން ލައް ފިލުވުމަށާއި އެ ނޫންވެސް އެފަދަ ކަންކަމަށް ބޭނުން ކުރާ އެކި ކަހަލަ މާއްދާތަކާއެކު އުފައްދާފައިވާ ކުޑަކުޑަ ޕެކެޓެކެވެ. ނުވަތަ ބޭސް ގުޅައެއް ޒާތުގެ އެއްޗެކެވެ. ލޯންޑްރީ ޕޮޑްސްގައި ލާފައި އޮންނަ ކަވަރަކީވެސް ފެންނަށް ގިރިގެން ދާ ގޮތަށް ފަރުމާކޮށްފައި ވާ އެއްޗެކެވެ. އެންމެ ފުރަތަމަ ލޯންޑްރީ ޕޮޑްސް މަގުބޫލުވަމުން އައީ ހުޅަނގުގެ ޤައުމުތަކުގައެވެ. އެއީ 2012 ވަނަ އަހަރުގެ ކުރީކޮޅު، ޓައިޑް ޕޮޑްސްގެ ނަމުގައި ޕްރޮކްޓަރ އެންޑް ގޭމްބަލްއިން ލޯންޑްރީ ޕޮޑްސް ތަޢާރަފު ކުރި ދުވަސްވަރެވެ. ވިލާތުގެ ޤައުމުތަކުގައި ލޯންޑްރީ ޕޮޑްސް މަޝްހޫރުވެގެން ދިޔައީ އޭރިއަލް ޕޮޑްސްގެ ނަމުންނެވެ. އަހަރެމެން ދިވެހިންގެ ތެރޭގައި ލޯންޑްރީ ޕޮޑްސްގެ 'ފެޝަން' ފެތުރެން ފެށިތާ އަދި މާ ގިނަ އަހަރެއް ނުވެއެވެ.

އިޝްތިހާރުތަކާއި ވިޑީއޯތަކާއި އެނޫންވެސް އެފަދަ މަސްތުގެ އަވައިގައި ޖެހިގެން، އަހަރެމެންވެސް ލޯންޑްރީ ޕޮޑްސް ބޭނުން ކުރަން ފެށީއެވެ. ނަމަވެސް އެއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫން ކަން، އެއްޗެހި ދޮވުމުގެ ފަންނުވެރި ތަޖުރިބާކާރެއް ކަމަށް ވާ ޕެޓްރިކް ރިޗަރޑްސަންގެ ވާހަކަތަކުން އެނގެއެވެ. ލޯންޑްރީގެ ކަންކަމަށް ރިޗަރޑްސަންގެ ހިތުގައި ލޯބި ޖެހުނު އިރު އޭނާގެ ޢުމުރުން އަދި އެންމެ 2 އަހަރާއި ބައި ފުރުނީއެވެ. މިއަދު އޭނާއަކީ ލޯންޑްރީ ޚާންދާނެއްގެ ރަސްގެފާނެވެ. އެއްޗެހި ދޮވުމުގެ ފަންނުވެރިކަމާ ގުޅުން ހުރި ކޭމްޕުތަކުގެ ޖާގަތައް ފުރެނީ ފަތުއަޑުކިޔާފައެވެ. އެއްޗެހި ދޮވުމާ ބެހޭ ފޮތެއް ލިޔެ، ޝާޢިއު ކުރުމުގެ އިތުރުން ރިޗަރޑްސަނގް ޝޯވއެއްވެސް އެޗްޖީޓީވީއިން ގެނެސްދެއެވެ.

ރިޗަރޑްސަންގެ ވާހަކަތަކުން އެނގޭ އެއް ކަމަކީ، އެއްޗެހި ދޮވުމަށް އަހަރެމެންނަށް ޚިޔާރު ކުރެވޭ ޑިޓަރޖަންޓް (ކުނޑި/ ދިޔާ) އެންމެ ރަނގަޅު ނޫން ކަމެވެ. ނުވިތާކަށް ބޭނުން ކުރެވޭ މިންވަރުވެސް ގިނަ ފަހަރު އޮންނަނީ ގޯސްވެފައެވެ. އެއީ އަންނައުނުންނާއި އެ ނޫންވެސް އެފަދަ އެއްޗެހި އެންމެ ފުރިހަމައަށް ސާފުވުމަށް އެޅޭ ހުރަހަކަށް ވެއެވެ. ކިތަންމެ ވަރަކަށް ދޮވުނަސް ދާ ނުފިލާ ހުންނަހެން ހީވަނީއޭ ބުނެ، ޑިޓަރޖަންޓް ގޯސް ކުރެވެއެވެ. ކޮންމެ ޑިޓަރޖަންޓެއް ބޭނުން ކުރިޔަސް ރަނގަޅެއް ނުވެއޭ ބުނެ، ދޮންނަ މެޝިންގަނޑު ގޯސްވެފައިވެސް އެބަ ހުރި ނޫން ހެއްޔެވެ؟

ރިޗަރޑްސަން ބުނާ ގޮތުގައި އޭނާ އަބަދުވެސް ބޭނުން ކުރާނެ އެއްޗަކީ ދޮންނަ (ދަނޑި) ސައިބޯންޏެވެ. އެ ސައިބޯންޏަކީ އެއްޗެހި ދޮވުމަށް ޚާއްޞަކޮށްގެން އުފައްދާފައި ހުންނަ ސައިބޯންޏެކެވެ. ބޭނުން ކުރަން ވީމާ، ގާނައިގެން އެތިކޮޅެއް ނަގަނީއެވެ. ނުވަތަ ތަޅާ ހިމުން ކޮށްލައިގެން ބޭނުން ކުރަނީއެވެ. ދޮންނަ ސައިބޯންޏަކީ އަހަރެމެންގެ ކާބަފައިންގެ ޒަމާނުގައި މި ރާއްޖޭގައިވެސް ބޭނުން ކުރި އެއްޗެކެވެ. މިހާރު ލޮލަށްވެސް ނުފެނެއޭ ބުނެވިދާނެއެވެ. އަދުގެ ޒުވާނުންނަށް އެއީ ކަޓު އެއްޗަކަށް ނުވެ ދިއުން ނާދިރެވެ.

ދޮންނަ ސައިބޯންޏަކީ އަދުގެ ބާޒާރުތަކުގައި ތަދު އެއްޗެކެވެ. އަނެއްބައި ތަންތަނުގައި ނުވެސް ހުންނަނީއެވެ. ރިޗަރޑްސަން ބުނާ ގޮތުގައި، އެ ފަދަ ހާލެއްގައި ބޭނުން ކުރަން އެންމެ ރަނގަޅީ ތުއްތު ކުދިންގެ އެއްޗެހި ދޮވުމަށް ޚާއްޞަ ކޮށްފައި ހުންނަ ލޯންޑްރީ ޑިޓަރޖަންޓްއެވެ. އެއީވެސް ދޮންނަ ސައިބޯނި ފަދައިން، އަންނައުނު ތަކަށް ގެއްލުން ކުޑަ އިޚްތިޔާރެއް ކަމަށް ރިޗަރޑްސަން ބުނެއެވެ.

ރިޗަރޑްސަން ބުނާ ގޮތުގައި އެއްޗެހި ދޮންނަން ބޭނުން ކުރާ ޑިޓަރޖަންޓްއަކީ ދިޔާ އެއްޗަކަށް ވިޔަސް، ނުވަތަ ކުނޑި (ހިކި) އެއްޗަކަށް ވިޔަސް އޭނާގެ މައްސަލައެއް ނެތެވެ. ނަމަވެސް، ފަހަރެއްގައިވެސް ޕޮޑްސްއެއް ބޭނުން ނުކުރާނެ ކަމަށް އޭނާ ބުނެއެވެ. ސަބަބަކީ، ލޯންޑްރީ ޕޮޑްސް ބޭނުން ކޮށްގެން ދޮންނަ އިރު، ޑިޓަރޖަންޓްއާއި ދެންވެސް ބޭނުން ކުރާ އެކިއެކި މާއްދާތައް ކޮންޓްރޯލު ކުރުމުގެ ބާރު އަހަރެމެންނަށް ނެތުމެވެ. ބައެއް ސައިކަލްތަކަށް ނުވަތަ ބައެއް ބުރުތަކަކީ، ލޯންޑްރީ ޕޮޑެއްގައި ހުންނަ ހުރިހާ އެއްޗެއް ބޭނުން ވާ ސައިކަލްތަކެއް ނޫން ކަން ރިޗަރޑްސަން ވާހަކަތަކުން އެނގެއެވެ. އާންމުކޮށް އެއްޗެހި އަޅާ ވަރަށް އަޅައިގެން ދޮންނަ ބުރަކަށް ދިޔާ ޑިޓަރޖަންޓް ފުޅިއަކުން އަޅަން ޖެހޭނީ މޭޒުމަތީ ސަމުސަލުގެ ދެތިން ސަމުސާހާ އެއްޗެއްސެވެ. ފަހަރެއްގައިވެސް ފުޅީގެ މަތިގަނޑު އުސްތުނބަށް ފުރައެއް ނޫނެވެ. ދެތިން ސަމުސާ ބޭނުން ކޮށްގެން ދޮންނަ ބުރަކާއި، ގިނައިން އަޅައިގެން ދޮންނަ ބުރެއްގައި ފަރަޤު ހުންނާނެއެވެ. މަދުން ޑިޓަރޖަންޓް ބޭނުން ކުރި ސައިކަލް ނިމޭއިރު އަންނައުނުގެ ސާފުކަން އިތުރު ވާނެއެވެ.

ރިޗަރޑްސަން ސިފަ ކުރި ގޮތުގައި ޑިޓަރޖަންޓްއަކީވެސް ކައްކަން ބޭނުން ކުރާ ލޮނު ފަދަ އެއްޗެކެވެ. ރެސިޕީއެއް ބަލައިގެން ކައްކަމުން ގޮސް، ލޮނު އަޅާ ހިސާބަށް ދާ އިރު ރެސިޕީގައި މި އޮންނަނީ މޭޒުމަތީ ސަމުސަލުގެ ބައި ސަމުސާ އަޅަން އިރުޝާދު ދީފައެވެ. ނަމަވެސް ތިއީ ލޮނުގަދަކޮށް ކާން ލޯބި ކުރާ މީހަކަށް ވީތީ، ރަހަ މީރު ކޮށްލުމުގެ ނަމުގައި ޖޯޑެއްގެ ލޮނު އަޅައިފީވިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ލޯންޑްރީ ޑިޓަރޖަންޓްއާ މެދުވެސް ވިސްނަންވީ ހަމަ އެފަދަ ގޮތަކަށެވެ. މާ ގިނައިން ޑިޓަރޖަންޓް އަޅައިގެން، އަންނައުންނާއި އެފަދަ އެއްޗެހި ހަލާކުވުން އޮންނާނީ މާ ދުރުގައެއް ނޫނެވެ.

ސައެންސްގެ އަލީގައި ބަލާއިރު ރިޗަރޑްސަންގެ މި ދެއްކި ވާހަކަތަކަކީ ބުރަދަން ހުރި ވާހަކަތަކެކެވެ. ލޯންޑްރީ ޑިޓަރޖަންޓް އުފައްދާފައި ވަނީ ސަރފެކްޓަންޓްސްއޭ ކިޔާ މާއްދާތަކެއް ހިމަނައިގެންނެވެ. މި މާއްދާތަކަކީ އަންނައުނާއި ފޭރާން ފަދަ ތަކެތީގައި ހުންނަ ތަޣައްޔަރު ކަމާއި ލައްތަށް، އެ އެއްޗަކުން އުފުލާލައިދޭ ނުވަތަ ނައްޓާލައިދޭ މާއްދާތަކެކެވެ. އަންނައުނާއި ފޭރާމުގައި ހުންނަ ޖަރާސީމުތަކާއި ކިލާ، ފެންގަނޑު ތެރެއަށް ދަމަގަންނަނީ ސަރފެކްޓަންޓްސްގެ އެހީގައެވެ. ރިންސަ ސައިކަލް ނުވަތަ ފެންލާ ހިސާބަށް ދިއުމުން، ސަރފެކްޓަންޓްތަކާއެކު އެ ޖަރީމާއި ކިލާތައް ނަރުދަމާއަށް ފައިބެގެން ދެއެވެ. މާ ގިނައިން ޑިޓަރޖަންޓް އަޅައިފިނަމަ، ރިންސް ސައިކަލްއަކުން އެ ފިލުވާލެވޭ ގޮތެއް ނުވެއެވެ. ނަރުދަމާއަށް ފައިބައިގެން ދިއުމުގެ ބަދަލުގައި، ތަޣައްޔަރުވެފައި ވާ ސަރފެކްޓަންޓްތައް، އަންނައުންނާއި ފޭރާމުގައި އަނބުރާ ހިފާ ގޮތް ވެއެވެ. ހުރިހާ ހަޑިތަކެއްވެސް ހަމަ އެފަދައިން ކަން ކުރެއެވެ. ގިނައިން ޑިޓަރޖަންޓް އެޅި ވަރަކަށް ޙަޤީޤަތުގައި އަންނައުނާއި ފޭރާންތައް އެ ވަނީ ހަޑިއެވެ.

ރިޗަރޑްސަން ބުނާ ގޮތުގައި ބްލީޗް ނުވަތަ ލައްފިލުވަން ބޭނުން ކުރާ ޒާތްޒާތުގެ މާއްދާތަކަކީވެސް އޭނާ ބޭނުން ކުރާ އެއްޗެއްސެއް ނޫނެވެ. އެއީ ޑްރައި ސައިކަލް ނުވަތަ ހިއްކާބައިގައި ހުންނަ ސްޓެޓިކް ކަރަންޓަށް ގެއްލުން ދެނިވި މާއްދާތަކެކެވެ.

މިފަދަ ގޮތަކަށް ކަންކަން ހުރި އިރު، އަހަރެމެންގެ ތެރެއިން ބައެއް މީހުން މި ތިބީ އަލުންބަލުން އެއްޗެހި ދޮންނަން ދަސްކުރަން ޖެހިފައި ނޫން ހެއްޔެވެ؟ އަލި ކުލައާއި މަޑު ކުލަކުލަ ވަކިކޮށް، ހުދު ބުރާއި ކަޅު ބުރު ވަކި ކޮށްގެން ދޮވުނެއް ކަމަކު، މީރުވަސް ދުވަންޏާ ދުވާނެހާ އެއްޗެއް މެޝިނަށް އަޅަމުން، ސޯޝަލް މީޑިއާއިން ދައްކާ ކޮންމެ ދަޅައެއްގައި ޖެހިގެން ޕޮޑްތަކާއި އެއްޗެހި ބޭނުން ކުރުމަކީ އެއްޗެހި ދޮންނަން އެނގުމެއް ނޫންތާއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ރިހާނާ އާއި ސައުދީ ވިޔަފާރިވެރިޔާ ހަސަން ޖަމީލް ރުޅިވި ސަބަބު އެނގޭތަ؟

ރިހާނާ އާއި ސައުދީ ވިޔަފާރިވެރިޔާ ހަސަން ޖަމީލް ރުޅިވި ސަބަބު އެނގޭތަ؟

24 ޖެނުއަރީ 2020
ކައިވެނީގެ އެއް ދުވަސް ކުރިން ސޯފީ އާއި ޖޯ ބްރޭކަޕްވިކަން އެނގޭތަ؟

ކައިވެނީގެ އެއް ދުވަސް ކުރިން ސޯފީ އާއި ޖޯ ބްރޭކަޕްވިކަން އެނގޭތަ؟

21 މެއި 2019
ޕްރިޔަންކާގެ އެންގޭޖްމަންޓާއި ގުޅޭގޮތުން ޝާހުރުކް ޚާން ދިން ޖަވާބު އެނގޭތަ؟

ޕްރިޔަންކާގެ އެންގޭޖްމަންޓާއި ގުޅޭގޮތުން ޝާހުރުކް ޚާން ދިން ޖަވާބު އެނގޭތަ؟

02 އޯގަސްޓު 2018
ދުނިޔޭގެ އެންމެ ބޮޑު ރަން އަނގޮޓި އެނގޭތަ؟

ދުނިޔޭގެ އެންމެ ބޮޑު ރަން އަނގޮޓި އެނގޭތަ؟

28 ޖެނުއަރީ 2018
އަކްޝޭ ކުމާރު އެންމެ ފުރަތަމަ ފިލްމު ކުޅެދިނީ ކިހާވަރަކަށްކަން އެނގޭތަ؟

އަކްޝޭ ކުމާރު އެންމެ ފުރަތަމަ ފިލްމު ކުޅެދިނީ ކިހާވަރަކަށްކަން އެނގޭތަ؟

29 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު