Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ނެދަލޭންޑްގެ ރަސްގެފާނު

ނެދަރލޭންޑްގެ ރަސްގެފާނު ކޭ.އެލް.އެމް.ގެ ޕައިލެޓްކަން ކުރައްވާކަން އެނގޭތަ؟

ޕައިލެޓް ކަމުގައި އެމަނިކުފާނުވަނީ 21 އަހަރު ހޭދަ ކުރައްވާފައި

ރާއްޖެ އެމްވީ | 21 މެއި 2017 | އާދީއްތަ 22:43
ނެދަރލޭންޑްގެ ރަސްގެފާނު (ކ) ކޮކްޕިޓްގައި

ނެދަރލޭންޑްގެ ރަސްގެފާނު (ކ) ކޮކްޕިޓްގައި

ނެދަރލޭންޑްގެ ރަސްގެފާނު ވިލެމް އެލެގްޒެންޑަރ އެ ގައުމުގެ ރަސްކަމާ ހަވާލުވެ ވަޑައިގަތީ 2013 ވަނަ އަހަރުއެވެ. އެއީ އެމަނިކުފާނުގެ މަންމާފުޅު ކްއީން ބީޓްރިކްސް، އައު ޖީލަކަށް ވެރިކަން ހަވާލު ކުރުމުގެ ވަގުތު އަތުވެއްޖެ ކަމަށް ވިދާޅުވެ ތަޚުތު ދޫކޮށްލެއްވުމާ އެކުގައެވެ.

އެހެން ކަމުން ފާއިތުވެ ދިޔަ ހަތަރު އަހަރު އެ ގައުމުގެ ރަސްކަމުގެ ޒިންމާ އުފުއްލަވަމުން ގެންދެވީ އެލެގްޒެންޑަރ އެވެ. އެކަމަކު، އެއީ އެމަނިކުފާނުގެ ހަމައެކަނި ވަޒީފާއެއް ނޫނެނެވެ.

ދާދިފަހުން ހާމަވެގެން ދިޔަ ކަމަކީ، ނެދަރލޭންޑްސްގެ ރަސްމީ އެއަރލައިންގެ ސަބްސިޑަރީ އެއް ކަމުގައިވާ ކޭ.އެލް.އެމް.ގެ ޕައިލެޓެއްގެ ގޮތުގައި ރަސްކަން ލިބި ވަޑައިގެންފަހުންވެސް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދިޔައެވެ. ރަސްކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިންވެސް އެމަނިކުފާނަކީ އެ އެއަރލައިންގެ ޕައިލެޓެވެ. އޭރުވެސް އަދި ރަސްކަމަށް ވަޑައިގަތުމަށް ފަހުވެސް އެ ވަޒީފާ އަދާކުރައްވަމުން ގެންދެވިކަން އޮތީ ނޭނގުމުގެ ތެރޭގައެވެ. މިހާތަނަށް ޕައިލެޓް ކަމުގައި ޖުމްލަ 21 އަހަރު އެމަނިކުފާނުވަނީ ހޭދަ ކުރައްވާފައެވެ.

މިކަން ހާމަވެގެން ދިޔައީ، ޑަޗް ނޫހެއް ކަމުގައިވާ ޑީ ޓެލެގްރާފްއަށް ދާދި ފަހުން އެމަނިކުފާނު ދެއްވި އިންޓަވިއު އެއްގައެވެ.

ރަސްގެފާނު ވިދާޅުވީ، މަތިންދާ ބޯޓު ދުއްވުމަކީ ވަރަށް ކުރައްވާ ހިތްޕުޅުވާ ކަމެއް ކަމުގައި ވާތީ، ފަސިންޖަރުން ގޮވައިގެން ގިނަ ފްލައިޓްތަކެއްގެ އުދުހުމުގައި ބައިވެރިވެ ވަޑައިގެންފައިވާނެ ކަމަށެވެ. އަދި އެކަން ކުރައްވަމުން ގެންދެވީ ހޮބީ އެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.

ރަސްގެފާނު ވިދާޅުވީ ބޯޓު އުދުއްސުމަކީ، ފުރިހަމަ ކޮންސަންޓްރޭޝަން ބޭނުންވާ ކަމެއް ކަމުގައި ވުމުން، އެހެން ހުރިހާ ފިކުރުތަކެއް ބޯޓުގައި ދަތުރު ކުރާއިރު ދޫކޮށްލަން ޖެހޭނެ ކަމަށެވެ. އެހެން ކަމުން އެއީ ޝާހީ މަސައްކަތްތަކާ ގުޅޭ ކަންކަމާ ދުރުވެ ވަޑައިގަތުމަށް ލިބިވަޑައިގަންނަވާ ރަނގަޅު ފުރުސަތެއް ކަމަށްވެސް ވިދާޅުވިއެވެ.

ޕައިލެޓެއްގެ ގޮތުގައި ކުރައްވަނީ މަހަކު ދެ ދަތުރު ކަމަށްވެސް ރަސްގެފާނު ވިދާޅުވިއެވެ.

ރަސްގެފާނު ޕައިލެޓްކަން ކުރައްވާ ފްލައިޓްތަކުން ދަތުރުކުރާ ފަސެންޖަރުންނަށް ބޯޓު ދުއްވަން އިންނެވީ ރަސްގެފާނުކަން އެނގުމުގެ ފުރުސަތު އޮވޭތޯ ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ، ކޮކްޕިޓުން ފަސެންޖަރުންނާ ވާހަކަފުޅު ދައްކަވަނީ އަމިއްލަފުޅު ނަން ބޭނުން ކުރައްވުމުގެ ބަދަލުގައި ކެޕްޓަންގެ ނަމުގައި ކަމަށްވުމާއެކު އެކަން އެނގޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި އެހެން ނޫނަސް ކޮކްޕިޓުން ވާހަކަ ދެއްކާއިރުވެސް އެކަމަށް ސަމާލުކަން ދޭ ފަސެންޖަރުން ތިބޭނެހެން ހީފުޅުނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަސްގެފާނު ޗާލްސްއާ ބެހޭ ގޮތުން ނޭނގި ހުރި ބައެއް ވާހަކަތައް!

ރަސްގެފާނު ޗާލްސްއާ ބެހޭ ގޮތުން ނޭނގި ހުރި ބައެއް ވާހަކަތައް!

19 އެޕްރީލު 2023
އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

09 މާރިޗު 2018
ރަޝިއާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނުގެ ރަން އެސްކަލޭޓަރ މަސައްކަތެއް ނުކުރި

ރަޝިއާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނުގެ ރަން އެސްކަލޭޓަރ މަސައްކަތެއް ނުކުރި

06 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު