Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޯޓޯ

ޕެޕޭ ޕޯޓޯ ދޫކޮށްލުމުގެ ފުރުސަތު ބޮޑު

6 ޖޫން 2024 | ބުރާސްފަތި 05:04

ޕޯޓޯގެ ވިސްނުން ހުރީ ޕެޕޭގެ އެއްބަސްވުން އިތުރު އެއް އަހަރަށް އައު ކުރުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖޫން 2024 | ބުރާސްފަތި 05:04
ޕޯޓޯ އަށް ކުޅެމުން އަންނަ ޕެޕޭ

ޕޯޓޯ އަށް ކުޅެމުން އަންނަ ޕެޕޭ

ޕޯޓޯ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭ، އެ ކުލަބު ދޫކޮށްލުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 41 އަހަރުގެ ކުޅުންތެރިޔާ ޕޯޓޯ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެންމެ ފަހުން އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި މަހުގެ ނިޔަލަށެވެ. އެހެންކަމުން ޕޯޓޯގެ ވިސްނުން ހުރީ ޕެޕޭގެ އެއްބަސްވުން އިތުރު އެއް އަހަރަށް އައު ކުރުމަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް، ޕެޕޭގެ ވިސްނުން ހުރީ އެއްބަސްވުން އައު ކުރުމުގެ ބަދަލުގައި ޕޯޓޯ ދޫކޮށްލަން ކަމަށް ވަނީ ބުނެފަ އެވެ. އެކަމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ޕޯޓޯގެ ކޯޗަކަށް ހުރި ސާޖިއޯ ކޮންސެއިސާއޯ އެ ކުލަބު ދޫކޮށްލަން ނިންމުމެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ޕެޕޭ ޕޯޓޯ ދޫކޮށްލަން ބޭނުން ވަނީ ކޮންސެއިސާއޯ އެ ޓީމާ ދުރަށް ދިޔުމުންނެވެ.

ޕޯޓޯ ދޫކޮށްލުމުގެ ވިސްނުން ޕެޕޭ ގެންގުޅެމުން އައި ނަމަވެސް، މިހާތަނަށް އެކަމުގައި ރަސްމީ އެއްވެސް ނިންމުމެއް ނިންމާފައި ނެތް ކަމަަށް ރިޕޯޓުތައް ބުނެ އެވެ. އެ ނިންމުން ނިންމުމުގެ ކުރިން، ޕޯޓޯ އާއެކު ޕެޕޭ މަޝްވަރާ ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ކުލަބު ދޫކޮށްލަން ޕެޕޭ އެދިއްޖެ ނަމަ، ޕޯޓޯ އިން އެކަމަށް އެއްބަސްވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ދެ ވަނަ ފަހަރަށް ޕޯޓޯ އަށް ބަދަލުވެ ޕެޕޭ ވަނީ އެ ކުލަބަށް ކުޅެދިން 201 މެޗުގައި ނުވަ ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ފަހަރަށް ޕޯޓޯ އާއެކު އޭނާ ވަނީ ނުވަ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް