ކ. މާލެ
|
22 މެއި 2024 | ބުދަ 23:10
ނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް
ނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް
ރޮއިޓާސް
އިނގިރޭސި ވިލާތުގެ އާއްމު އިންތިޚާބު
އިނގިރޭސި ވިލާތުގެ އާއްމު އިންތިޚާބު ޖުލައި 4 ގައި ބޭއްވުމަށް ބޮޑު ވަޒީރު ނިންމަވައިފި
މި ފަހަރުގެ އިންތިޚާބުގެ މައިގަނޑު މައުޟޫއުތަކަށް ވާނީ އިގްތިސާދުގެ އިތުރުން ޑިފެންސް ކަމަށް އިނގިރޭސި ވިލާތުގެ ސިޔާސީ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ދެކޭ

އިނގިރޭސި ވިލާތުގެ އާއްމު އިންތިޚާބު ޖުލައި 4 ގައި ބޭއްވުމަށް ނިންމާ އެކަން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް އިއުލާން ކުރައްވައިފިއެވެ.

ޑައުނިންގ ސްޓްރީޓްގައި ހުންނަ ބޮޑު ވަޒީރުގެ ރަސްމީ އޮފީހުގެ ކުރިމަތީގައި އާއްމު އިންތިޚާބުގެ ތާރީޚް ބޮޑު ވަޒީރު އިއުލާން ކުރެއްވީ ބުދަ ދުވަހު އެވެ.

14 އަހަރު އިނގިރޭސި ވިލާތުގެ ވެރިކަން ކުރުމަށް ފަހު ކޮންޒަވޭޓިވް ޕާޓީން ލޭބާ ޕާޓީއަށް މި އިންތިޚާބުގައި އިނގިރޭސި ވިލާތުގެ ވެރިކަން ފުރޮޅިގެން ދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ސުނާކް ބޮޑުވަޒީރު ކަމާ ހަވާލުވެ ވަޑައިގަތްތާ އަދި 2 އަހަރު މުޅިން ހަމަ އެއް ނުވެއެވެ.

ކޮންޒަވޭޓިވް ޕާޓީން ވެސް ލޭބާ ޕާޓީންވެސް ބުނަނީ އިންތިޚާބަށް ތައްޔާރު ވެފައިވާ ކަމަށެވެ.

މި ފަހަރުގެ އިންތިޚާބުގެ މައިގަނޑު މައުޟޫއުތަކަށް ވާނީ އިގްތިސާދުގެ އިތުރުން ޑިފެންސް ކަމަށް އިނގިރޭސި ވިލާތުގެ ސިޔާސީ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

އިނގިރޭސި ވިލާތުގައި އާއްމު އިންތިޚާބު ބާއްވަން ޖެހެނީ ކޮންމެ 5 އަހަރަކުން އެއް ފަހަރު އެވެ. އެހެން ނަމަވެސް އިންތިޚާބު ބާއްވާ ތާރީޚް ކަނޑައަޅުއްވަނީ އެވަގުތަކު ހުންނަވާ ބޮޑު ވަޒީރެވެ.

މިހާރުގެ ބޮޑުވަޒީރު ސުނާކް އަކީ 2019 ގެ އިންތިޚާބު ބޭއްވި ފަހުން ބޮޑު ވަޒީރުކަން ކުރައްވާ 3 ވަނަ ފަރާތެވެ.

ސުނާކްގެ ބޮޑުވަޒީރު ކަމުގައި އިނގިރޭސި ވިލާތަށް އިގްތިސާދީ ގޮތުން ނަތީޖާ ނެރެވިފައި ވީ ނަމަވެސް ކޮންޒަވޭޓިވް ޕާޓީގެ މަގްބޫލްކަން އާއްމުންގެ ކުރިމަތީގައި އިތުރު ކުރެއްވިފައި ނުވާކަމަށް އިނގިރޭސި ނޫސްތަކުގައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް