Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުށުގެ ވެށިން ނަގާ ކުޑަކުދިން

ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ

ކަސްޓޯޑިއަލްގައި ކުޑަ ކުއްޖެއްގެ ޕެންޑިންގެ އެއްވެސް ކޭސްއެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 މެއި 2024 | ބުދަ 09:49
ހޯމް މިނިސްޓަރު އަލީ އިހްސާން

ހޯމް މިނިސްޓަރު އަލީ އިހްސާން

ކުށުގެ ވެށިން ދައުލަތަށް ނަގާ ކުޑަކުދިން 18 އަހަރުވުމުން ދިވެހި ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތް ކުރަންޖެހޭ ގޮތަށް ކަނޑައަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

'އަހާ' ފޯރަމްގެ ތިންވަނަ ޕްރޮގްރާމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ކުށްކުރާ ކުއްޖަކު ނުވަތަ ކުށުގެ މާހައުލަކަށް ހުށަހެޅިގެން އަންނަ ކުއްޖަކު ކުށެއްގެ މާހައުލުން ހައްޔަރުކުރެވިގެން ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހިސާބުން އެކުއްޖަކަށް ޑިޕާޓްމަންޓް ޖުވެނަލް ޖަސްޓިސްގެ ފަރާތުން ވަގުތުން އެޓެންޑްކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

ހަމައެއާއެކު ކުޑަކުދިންގެ ކަންތައް ބަލަހައްޓާ ޖުވަނަލް ކޯޓު ވަރަށް އަވަސް މަރުހަލާއެއްގައި ޝަރީއަތްތައް ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ހައްޔަރު ކުރެވޭ ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން އެއްވެސް ވަރަކަށް ކަސްޓޯޑިއަލްގައި ނުބަހައްޓާ ޝަރީއަތްތައް އަވަސްކުރާ ކަމަށެވެ.

އެގޮތުން މިހާރު ކަސްޓޯޑިއަލްގައި ކުޑަ ކުއްޖެއްގެ ޕެންޑިންގެ އެއްވެސް ކޭސްއެއް ނެތްކަން މިނިސްޓަރު އިހްސާން ފާހަގަކުރެއްވިއެވެ.

ވިސްނުމަކީ އުމުރުން 12 އަހަރުން މައްޗަށް ދާ ކުދިން ކުށުގެ ޒިންމާ ނަގަންޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުންކަން ފާހަގަކުރައްވައި މިނިސްޓަރު އިހްސާން ވިދާޅުވީ އެޒިންމާ ނެގުމަކީ އެކުއްޖާ ރިހެބްލިޓޭޓް ކުރުމުގެ މަސައްކަތް ވެސް ވަގުތުން ކުރުން ކަމަށެވެ. އަދި މިހާރު މިގެންގުޅޭ އުސޫލަކީ 15 އަހަރު ވާ ކުއްޖަކު ކުށެއް ކޮށްފިނަމަ އެކުއްޖަކަށް ވަގުތުން އެޓެންޑްކޮށް ރެހެބްލިޓޭޓްކޮށް މުޖުތަމައުއަށް އަނބުރާ ގެނައުން ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

ކުދިންނަށް ރެހެބްލިޓޭޓް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ ދ.ކުޑަހުވަދޫގައި ގާއިމްކުރެވިފައިވާ ޖުވަނަލް ސެންޓަރާއި، ހއ. ހޯރަފުށީގައި ގާއިމްކުރެވިފައިވާ ހާފްވޭ ހައުސް ވެސް މިހާރު ޖުވަނަލް ސެންޓަރެއް ކަނޑައަޅައި، މަސައްކަތްތައް ފަށާނެ ކަމަށެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ މިނިސްޓްރީން ވެސް ކުދިން ރިހެބްލިޓޭޓް ކުރުމަށް ލޯންގްޓާމް ކެއާ ފެސިލިޓީ ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ޚިދުމަތް ދޭން ގަސްތުކުރަނީ ރަށެއްގެ ސިފައިގައި ކަމަށާއި އެރަަށަށް ކުދިން ގެންގޮސް ކުދިން ތަރުބިއްޔަތު ކުރާނެ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. އެގޮތުން އެކުދިންގެ އުމުރާ ގުޅޭ ތައުލީމާއި، އަސާސީ ތައުލީމު އަދި ދީނީ އިލްމާއި ސްކިލް ޑިވެލޮޕްމަންޓް ވެސް އުގަންނައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އިހްސާން ވިދާޅުވީ މިކުދިން ލޯންގްޓާމް ކެއާ ފެސިލިޓީގައި 18 އަހަރު ވަންދެއް ގެންގުޅޭނީ އާއިލާއާ ގުޅުން ބަދަހިކޮށް ކަމަށެވެ. 18 އަހަރުވުމަށް ފަހު އެކުދިންނަކީ ސިފައިގެން ނުވަތަ ފުލުހުންގެ ޚިދުމަތަށް ސީދާ ޖޮއިން ކުރާނެ ކުދިން ކަމުގައި ކަނޑައަޅާނެ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. އަދި އެއަށްފަހު ފަސް ވަރަކަށް އަހަރު ޚިދުމަތުގައި ތިބެފައި ދެން އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުސަތު ދޭނެ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ މިގޮތަށް މިކަން ކުރެވިއްޖެނަމަ ގޭންތަކާއި ގުޅޭ ކުދިންނާއި، މާރާމާރީގައި ބައިވެރިވާ ކުދިންގެ އަދަދާއި، އަޅާނުލައި މަގުމަތީގައި ގިނަވާ ކުދިންގެ އަދަދު މަދުވެ، މިމައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ މަސައްކަތް ކުރަނީ ކުދިންނަށް އަދަބު ދޭން ނޫން ކަަމަށާއި، މަސައްކަތް ކުރަނީ ކުދިންނަށް ރިހެބްލިޓޭޓްކޮށް ރަނގަޅުކޮށް މުޖުތަމައު އަށް ނެރުމަށެވެ.

ކުށުގެ ވެއްޓަށް ކުޑަކުދިން ނެރުންމިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ ޢިޙްސާން ހައުސިންގ މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު

ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު

03 އޮކްޓޯބަރު 2025
ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!

ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!

07 ޖުލައި 2025
ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

02 ޖުލައި 2025
"ހިލޭ ބޭސްފަރުވާއާއި، އުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސް ދީގެން ނުވާނެ"

"ހިލޭ ބޭސްފަރުވާއާއި، އުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސް ދީގެން ނުވާނެ"

19 މާރިޗު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު