Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގައި ފެންބޮޑުވުން

ޗައިނާގެ ގުއަންގޑޮންގގައި ފެންބޮޑުވެ ގިނަބަޔަކު ގެދޮރު ދޫކޮށްދާން ޖެހިއްޖެ

މައިކޯރެއްގެ ފެންގަނޑު ފާއިތުވި 100 އަހަރުވެސް ނުއުފުލޭހާ ބޮޑަށް އުފުލޭނެ ކަމަށް އޮތީ ބަލާފަ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 23 އެޕްރީލު 2024 | އަންގާރަ 11:20
 ޗައިނާ ގެ ގުއަންގޑޮންގގައި ފެންބޮޑުވެފައި

ޗައިނާ ގެ ގުއަންގޑޮންގގައި ފެންބޮޑުވެފައި

ޗައިނާގެ ގުއަންގޑޮންގަށް ބޯކޮށްވާރޭ ވެހި ބޮޑެތި ސަރަހައްދު ތަކެއްގައި ފެންބޮޑުވުމުގެ ސަބަބުން އެއްލައްކަ ދިހަހާހެއްހާ މީހުން ގެތަކުން ނެރެ ރައްކާތެރި ސަރަހައްދު ތަކަށް ގެންގޮސްފިއެވެ. ޗައިނާގެ އެންމެ އާބާދީ ބޮޑު ޕްރޮވިންސަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިހާތަނަށް ހަތަރު މީހުން ވަނީ މަރު ވެފައެވެ. އަދި ދިހަ މީހުން ގެއްލިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޗައިނާގެ ސްޓޭޓް މީޑިޔާ އަދި ސޯޝަލް މީޑިޔާއިން ފެންނަ ވީޑިއޯ ތަކުން ފެންނަ ގޮތުގައި އެޕްރޮވިންސްގެ ވަރަށް ބޮޑެތި ސަރަހައްދު ތަކެއްވަނީ ފެނުގެ އަޑީގައެވެ. އަދި އުނަގަނޑުތާފެނަށް ހުރި ފެންގަނޑުގައި އެހީތެރިން ލައިފް ބޯޓުތަކުގައި މީހުން ސަލާމަތް ކުރަމުން ދާތަން ފެނެއެވެ.

މިފަހަރުގެ ވިއްސާރައިގައި އެތައް މައި ކޯރު ތަކެއްވެސް ވަނީ ފުރިގެން ބަންޑުން ގޮސްފައެވެ. އެހެން ކަމުން ނުރައްކާ ވާވަރަށްވެސް ރަށުތެރޭ ފެންގަނޑު ބޮޑުވާނެ ކަމަށް ބަލާ ހާލަތު މޮނިޓަރ ކުރަމުން ދާކަމަށް އިދާރާތަކުން ބުނެފައި ވެއެވެ. މިގޮތުން ގުއަންގޑޮންގ ގެ އުތުރުގައިވާ މައިކޯރެއްގެ ފެންގަނޑު ފާއިތުވި 100 އަހަރުވެސް ނުއުފުލޭހާ ބޮޑަށް އުފުލޭނެ ކަމަށް އޮތީ ބަލާފައެވެ.

ގުއަންގޑޮންގ ގެ ގިނަ ސަރަހައްދު ތަކަކީ ބިންތިރި ސަރަހައްދު ތަކެކެވެ. އެހެން ކަމުން މި ސަރަހައްދު ތަކުގައި ފަސޭހައިން ފެންބޮޑުވެއެވެ. ވީޑިއޯ ތަކުންފެންނަ ގޮތުގައި ބާރަށް އޮއެ ދެމެމުންދާ ފެންގަނޑުގެ ސަބަބުން ފާރުތަކާ ބްރިޖްތައްވެސް ވެއްޓެމުން ގޮސްފައިވެއެވެ.

ގުއަންގޑޮންގަކީ އުފެއްދުންތެރިކަމުގެ ރޮގުން ކުރިއަރާފައިވާ ޕްރޮވިންސަކަށް ވާއިރު އެތަނުގައި އެކަނި 127 މިލިއަން މީހުން ދިރި އުޅެއެވެ. މޫސުން ގޯސް ވުމުގެ ސަބަބުން 1.16 މިލިއަން ގެއިން ކަރަންޓު ކެނޑުނު ނަމަވެސް 80 އިންސައްތަ ގެއަށް އެއްދުވަސް ތެރޭ އަލުން ކަރަންޓް ގުޅާ ދެވުނު ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

ޒިންހުއާ ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި 110،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު އޭގެތެރެއިން 25،800 މީހުން ތިބީ އެކި ޝެލްޓަރ ތަކުގައެވެ. ގުއަންގޑަން ގައި އޮންނަ ބައިޔުން އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސަން އަދި އެތަނުން ފުރަން އޮތް ގިނަ ފްލައިޓް ތަކެއްވަނީ ވެހެމުން ދިޔަ ބޯވާރޭގެ ސަބަބުން ކެންސަލް ކޮށް ނުވަތަ ޑިލޭ ވެފައެވެ. އަދި މަދުވެގެން ތިން ސިޓީ އެއްގެ ސްކޫލްތައްވެސް ވަނީ ބަންދު ކޮށްފައެވެ.

އެޕްރޮވިންސްގެ ގިނަ އަދަދެއްގެ ގެތަކަކާ އިމާރާތެއްވަނީ ވެއްޓިފައެވެ. ނުވަތަ ބޭނުން ނުކުރެވޭވަރަށް ވަނީ ހަލާވެފައެވެ. ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި މިވިއްސާރައިގައި ލިބުނު ގެއްލުމުގެ އަގު 19.8 މިލިއަން ޑޮލަރަށް އަރާނެއެވެ.އަންގާރަ ދުވަހާ ހަމަޔަށް ވެސް ގުއަންގޑޮނގަށް މޫސުން ގޮސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފައި ވެއެވެ.  

ޗައިނާގައި ފެންބޮޑުވުންޗައިނާޗައިނާ ޒިންހުވަރ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
18 ފެބުރުއަރީ 2025

ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި

18 ފެބުރުއަރީ 2025
ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި
27 ޖެނުއަރީ 2025

އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި

27 ޖެނުއަރީ 2025
އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި
29 އޮކްޓޯބަރު 2024

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޮކްޓޯބަރު 2024
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
07 އޮކްޓޯބަރު 2024

އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟

07 އޮކްޓޯބަރު 2024
އިންޑިއާ އަށް އިހާނެތިކޮށް ހެއްދެވި މުއިއްޒު ހުންނެވިއިރުވެސް އިންޑިއާ އިން ރާއްޖެ ރުއްސޭތޯ އުޅެނީ ކީއްވެ؟
23 ސެޕްޓެމްބަރު 2024

ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

23 ސެޕްޓެމްބަރު 2024
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު