Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޝްވަތުގައި ހިފުން

ފާޅުގައި ރިޝްވަތު ހިފުން އިންތިޚާބުތަކުގައި ޓްރެންޑަކަށްވަނީ

މީގެ ކުރިން އިންތިޚާބުތަކުގައި ރިޝްވަތު ހުށަހަޅަނީ ސިއްރުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 އެޕްރީލު 2024 | ހޯމަ 10:15
20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ

20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ހުރިހާ ކަމެއްހެން ދިޔައީ ވަރަށް ފުރިހަމައަށެވެ. މައްސަލަތައް މަދު އަމާން އިންތިޚާބެކެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވެސް ވަނީ ވަރަށް ފުރިހަމައަށް އިންތިޒާމްތައް ހަމަޖައްސާފައެވެ. އެއްވެސް މީހެއްގެ ހައްގަށް އުނިކަމެއް ނާންނަ ގޮތަކަށެވެ. ނަމަވެސް އެހެން އިންތިޚާބުތަކާއި ހިލާފަށް މިފަހަރުގެ އިންތިޚާބުގައި ވަރަށް ތަފާތު ކަމެއް ފާހަގަކުރެވިގެންދިޔައެވެ. ބައެއް މީހުން ބުނާ ގޮތުންނަމަ އެހެން ފަހަރުފަހަރާއި ހިލާފަށް ހަދިޔާ ބެހުމުގެ މަސައްކަތާއި، މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ވަރަށް ފާޅުގައެވެ.

މީގެ ކުރިން އިންތިޚާބުތަކާއި ގުޅިގެން ވެސް މިފަދަ ހަދިޔާތަކާއި، އެހީތެރިކަން ވަރަށް ގިނަ މީހުން ފޯރުކޮށްދެއެވެ. ނަމަވެސް އެކަންކަން ކުރަމުންދަނީ ދެން ހުންނަ މީހަކަށް ނޭނގޭ ގޮތަށް ވަރަށް ސިއްރުންނެވެ. އާއްމުކޮށް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެންޕޭން ޓީމުތަކުން އެހީގެ ފޮށިގަނޑުތައް ރަށްރަށަށް ވެސް އަރުވަނީ ރައްޔިތުން ނިދާ، ރަށުގެ ތެރެއަށް ހިމޭންކަން ވެރިވުމުން ދަންވަރުގެ ވަގުތުގައޭ ބުންޏަސް ދޮގަކަށްނުވާނެއެވެ.

ނަމަވެސް މިފަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ހަދިޔާ ދިނުމާއި، އެހީތެރިކަން ފޯރުކޮށްދެމުންދިޔައީ ވަރަށް ފާޅުގައެވެ. އެއްވެސް ޖެހިލުމެއް ނެތި މީހުންތެރޭގައި ވެސް އެވާހަކަ ބައެއް މީހުން ދައްކާފައިވެއެވެ. 2500 ރުފިޔާއިން 20،000 ރުފިޔާއާ ހަމައަށް މީހުންނަށް ހަދިޔާގެ ގޮތުގައި ފައިސާ ދީފައިވެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށް ދިއުމަށް ޓިކެޓު ހަދިޔާކޮށްފައިވެއެވެ. އަދި އަގުބޮޑެތި އެންމެ ފަހުގެ ފޯނާއި ލެޕްޓޮޕް ފަދަ ތަކެތި ހަދިޔާކޮށްފައިވެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ބައެއް މީހުން ބުނެފައިވަނީ ވޯޓުލާ މަރުކަޒުތައް ކައިރިން ވެސް މިފަދަ ހަދިޔާތައް ލިބިފައިވާ ކަމަށެވެ. ބައެއް އިންތިޚާބީ ކެންޑިޑޭޓުންގެ ކެންޕޭން ޓީމުގައި ހިމެނޭ ބައެއް މީހުން ކައިރިއަށް އައިސް ހާލު ބެލުމަށްފަހު، ބޭނުންވަނީ ކޮންކަމެއްތޯ އަހައި އޮޅުންފިލުވީ ވެސް ވޯޓުލާ މަރުކަޒު ކައިރިން ކަމަށް ބުނެފައިވެއެވެ. މިއީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވަމުންދިޔަ އެހީތެރިކަމެއް ކަމަށް އެމީހުން ބުނެއެވެ. އަދި ބައެއް މީހުންނަށް ލިބިފައިވާ ހަދިޔާތައް ސޯޝަލްމީޑިޔާގައި "ސްނެޕް" ކޮށްލާފައިވަނީ ވެސް އެކަމާއި މެދު އެމީހުން ފަހުރިވެރިވާ ބީދައިންނެވެ.

ނަމަވެސް މިއީ ރިޝްވަތު ހުށަހެޅުމާއި، ރިޝްވަތު ގަބޫލުކުރުމެކެވެ. ވޯޓު ގަނެވިއްކުމެވެ. އިސްލާމް ދީނުގައި ހަރާމް ކަމެކެވެ. މިކަމުން ދުރުވުމަށް ވެސް ދީނުގައި ވަނީ ގޮވާލާފައެވެ. ރިޝްވަތުގެ ނަން ބަދަލުކޮށް ހަދިޔާގެ ނަން ދިން ނަމަވެސް އަސްލު އޮޅުވާލެވޭކަށްނެތެވެ. ހަގީގަތުގައި 100 ޕަސެންޓް އިސްލާމީ ގައުމެއްގައި މިކަން ހިނގައިގެންވާނެ ގޮތެއް ނޫނެއެވެ. ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ދެކެމުން ދިއުމަކީ ބިރުވެރިކަމެކެވެ. މިގޮތަށް މިކަން ހިނގާނަމަ ގައުމުގެ މުސްގުބަލް ވަރަށް ބަނައެވެ. ކަމާގުޅުންހުރި މުއައްސަސާތައް ވެސް ރަސްމީކޮށް މައްސަލަ ހުށަހެޅުމުން ނޫނީ ތަހުގީގުނުކުރާނަމަ މިގައުމުގައި ހަދިޔާ ބެހުން ރަނގަޅު އާދައަކަށް ބަދަލުވެ، ރިޝްވަތުމާނަ އޮޅުވާލުމަކީ ދުރުގައި އޮތް ކަމަކަށް ނުވާނެއެވެ.

ެރިޝްވަތު

ކޮމެންޓް

އިތުރަށް ކިޔާލަން

އޮންލައިން ވިޔަފާރިތައް ކޮންޓްރޯލްކުރާނެ ބަޔަކުނެތް، މަނާ ތަކެތިވެސް ފާޅުގައި ވިއްކަނީ

އޮންލައިން ވިޔަފާރިތައް ކޮންޓްރޯލްކުރާނެ ބަޔަކުނެތް، މަނާ ތަކެތިވެސް ފާޅުގައި ވިއްކަނީ

03 ނޮވެމްބަރު 2022
ކީރިތި ރަސޫލާއަށާއި މާތްﷲށް ފާޅުގައި، ޓުވިޓަރގައި ހަޖޫޖަހާ މީހެއް

ކީރިތި ރަސޫލާއަށާއި މާތްﷲށް ފާޅުގައި، ޓުވިޓަރގައި ހަޖޫޖަހާ މީހެއް

04 އޯގަސްޓު 2022
ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރު

ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރު

17 ޖުލައި 2021
ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ ޓީމުން ހިންގި ގިނަ "ޖަރީމާ" ތަކަކީ ފާޅުގައި ހިންގި ކަންކަން!

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ ޓީމުން ހިންގި ގިނަ "ޖަރީމާ" ތަކަކީ ފާޅުގައި ހިންގި ކަންކަން!

08 ޖުލައި 2020
އޮޕަރޭޝަން ވާސިޓީ ބްލޫސް: ރިޝްވަތު ދީގެން ދަރިން ޔުނިވަސިޓީތަކަށް ވެއްދި މައްސަލަ!

އޮޕަރޭޝަން ވާސިޓީ ބްލޫސް: ރިޝްވަތު ދީގެން ދަރިން ޔުނިވަސިޓީތަކަށް ވެއްދި މައްސަލަ!

19 މާރިޗު 2019

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު