Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

މެޗު އެއްވަރުވުމަކީ ޙައްޤު ނަތީޖާއެއް: ޕޮޗެޓީނޯ

އޭނާ ބުނީ ޗެލްސީގައި އޮތީ މުޅިން އައު ޓީމެއް ކަމަށާއި، އެ ޓީމުގައި ހިމެނޭ ކުޅުންތެރިން އަންނަނީ ކަންކަން ދަސްކުރަމުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 އެޕްރީލު 2024 | ހޯމަ 06:19
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ އެއްވަރުވުމަކީ، ޙައްޤު ނަތީޖާއެއް ކަމަށް ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ. ޗެލްސީ އަށް ނަތީޖާ ނުނެރެވޭތީ، ޕޮޗެޓީނޯ އަށް ފާޑު ކިޔުންތައް އަމާޒުވެ އެވެ.

އެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ، އެއީ ޙައްޤު ނަތީޖާއެއް ކަމަށާއި، އެއީ ހަމަހަމަ ނަތީޖާއެއް ކަމަށެވެ. އޭނާ ބުނީ ޗެލްސީގައި އޮތީ މުޅިން އައު ޓީމެއް ކަމަށާއި، އެ ޓީމުގައި ހިމެނޭ ކުޅުންތެރިން އަންނަނީ ކަންކަން ދަސްކުރަމުން ކަމަށެވެ. އެކަން ފާހަގަކޮށް ޕޮޗެޓީނޯ ބުނީ، އެއީ ޕްރޮސެސްއެއް ކަމަށާއި، އެކަން ފުރިހަމަވާން ވަގުތު ނަގާނެ ކަމަށެވެ. އެހެންކަމުން ތިން އަހަރު ނުވަތަ ފަސް އަހަރުގެ ތެރޭގައި، ބޭނުންވާ ފެންވަރުގެ ޓީމެއް ބިނާ ކުރެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޕޮޗެޓީނޯ ބުނީ، ޓީމު އޮތީ ވާދަކުރެވޭ ޙާލަތެއްގައިތޯ ނުވަތަ ނޫންތޯ ދެނެގަތުމަކީ ކޯޗުގެ ޒިންމާއެއް ކަމަށެވެ. އެކަމަށް އިޝާރާތްކޮށް ޕޮޗެޓީނޯ ބުނީ، ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅެވޭ ވަރަށް ޗެލްސީގެ ޓީމު ފިޓު ނުވެދާނެ ކަމަށެވެ. އެހެންކަމުން ދުރާލާ ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެކަމަށް ވެސް ޙައްލު ލިބިގެންދާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މިހާތަނަށް ޕްރިމިއާ ލީގުގައި ކުޅުނު 30 މެޗުން ޗެލްސީ އަށް ލިބެނީ 44 ޕޮއިންޓެވެ. ލީގުގައި އެ ޓީމު އޮތީ ވެސް ތާވަލްގެ ނުވަ ވަނައިގަ އެވެ.

ޗެލްސީމައުރީސިއޯ ޕޮޗެޓީނޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު