Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުން

މަސްތުވާތަކެތި ބޭނުންކުރާ މީހުން މުޖުތަމައުއަށް ނެރުމަށް، ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން ނިޒާމު ގާއިމްކުރާނަން: ރައީސް މުއިއްޒު

31 މާރިޗު 2024 | އާދީއްތަ 14:12

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރިހިބްލިޓޭޝަން މަރުކަޒުތައް ގާއިމްކުރާނަން

އަމްނާ އިމާދު
އަމްނާ އިމާދު | 31 މާރިޗު 2024 | އާދީއްތަ 14:12
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުން މުޖުތަމައުއަށް ނެރުމަށް، ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން ނިޒާމު ގާއިމްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންނަށް ފަރުވާދީ އަނބުރާ މުޖްތަމައަށް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާމެދު އާއްމު ރައްޔިތެއް ދެންނެވި ސުވާލަށް ރައީސް މުއިއްޒު ވިދާޅުވީ މިމުޖުތަމައުގައި އެންމެ ބޮޑުވެފައިވާ އެއް މައްސަލައަކީ ޑްރަގްގެ މައްސަލަ ކަމަށާއި، މިމައްސަލައަކީ އެތައް އަހަރެއް ވެފައިވާ އެކަށީގެންވާ ވަރުގެ ހައްލެއް ގެނެސްނުދެވިފައިވާ ބޮޑު މައްސަލައެއް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުން މުޖުތަމައުއަށް ނެރުމަށް އެންމެ ރަނގަޅު މުހިންމު ހައްލަކީ ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން ކަމަށާއި، އެގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރިހިބްލިޓޭޝަން މަރުކަޒުތައް ގާއިމްކުރާނެކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ރަނގަޅު ފެންވަރުގައި ކުދިން އަނބުރާ ރަނގަޅުކޮށް މުޖުތަމައުއަށް ނެރޭވޭނެ ގޮތަށް އެމަރުކަޒުތައް ގާއިމްކުރާނެ ކަމަށެވެ. އަދި އެމަރުކަޒުތައް އެޅުމަށް ވަކި ރަށްތަކެއް ކަނޑައަޅާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން 02 ޖެނުއަރީ 2024 ގައި ކ.ކާށިދޫ، ނ.ވެލިދޫ އަދި ލ.އަތޮޅުގައި ރިހިބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒު ގާއިމު ކުރުމަށާއި، ގާނޫނާ އެއްގޮތަށް ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ހުއްދަ ދިނުމަށް ވެސް ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ވެސް ވަނީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އަމާޒުކޮށް، ފަރުވާގެ ގިނަ ޕްރޮގްރާމްތައް ހިންގާފައެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުން ފަރުވާ ފުރިހަމަ ކުރުމަށްފަހު މުޖުމަތައުއަށް ނުކުމެފައިވެއެވެ. އަދި ރާއްޖޭގެ އެކިސަރަހައްދުތަކުގައި ފަރުވާ ދެވޭނެ ނިޒާމު ގާއިމްކުރުމުގެ ގޮތުން ޚާއްސަ ސެންޓަރުތައް ގާއިމްކޮށްފައިވެއެވެ. އެގޮތުން ގަން ކްލިނިކްގައި ފަރުވާދެވޭ ގޮތް ހަމަޖައްސާފައިވާއިރު، ކ. ހިންމަފުށީ ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރާއި، ކ. ގުޅި ސެންޓްރަލް ޑިޓޮކްސިފިކޭޝަން ސެންޓަރު ޚިދުމަތް ފުޅާކޮށްފައިވެއެވެ.

ސ. ހުޅުދޫގައި ވިލުނު ނަމުގައި ސެންޓަރެއް، ގއ. ވިލިނގިލި ދަގެނާ ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް، ހުޅުދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު، ފުވައްމުލަކު ސިޓީގެ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު އަދި ހިތަދޫ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮސްކްސިފިކޭޝަން ސެންޓަރު ގާއިމްކޮށް ޚިދުމަތްތައް ދޭން ފަށާފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

މަސްތުވާތަކެތި އެތެރެކުރި ބޯޓެއްގެ އިންޑިއާ ކެޕްޓަންގެ މައްޗަށް ކުރި އުމުރު ދުވަހުގެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

27 އެޕްރީލު 2017
މަސްތުވާތަކެތި އެތެރެކުރި ބޯޓެއްގެ އިންޑިއާ ކެޕްޓަންގެ މައްޗަށް ކުރި އުމުރު ދުވަހުގެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި
26 އެޕްރީލު 2017

ދީން ހަތިޔާރަކަށް ބޭނުންކުރާނަމަ ނުރައްކާވާނެ: ޝިފާ

26 އެޕްރީލު 2017
ދީން ހަތިޔާރަކަށް ބޭނުންކުރާނަމަ ނުރައްކާވާނެ: ޝިފާ
16 އެޕްރީލު 2017

1.3 ކިލޯގެ މަސްތުވާތަކެތި ފުުލުހުން އަތުލައިގެންފި

16 އެޕްރީލު 2017
1.3 ކިލޯގެ މަސްތުވާތަކެތި ފުުލުހުން އަތުލައިގެންފި
08 އެޕްރީލު 2017

ނޫސްވެރިންނާ ދެކޮޅަށް ގަސްތުގައި ފުލުހުން ބާރުގެ ބޭނުންކުރާނެ ކަމަށް ގަބޫލެއް ނުކުރަން: ފުލުހުން

08 އެޕްރީލު 2017
ނޫސްވެރިންނާ ދެކޮޅަށް ގަސްތުގައި ފުލުހުން ބާރުގެ ބޭނުންކުރާނެ ކަމަށް ގަބޫލެއް ނުކުރަން: ފުލުހުން
21 މާރިޗު 2017

ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

21 މާރިޗު 2017
ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި
12 މާރިޗު 2017

ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

12 މާރިޗު 2017
ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް