Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ލޫޓަން ޓައުން ބަލިކޮށް، ޓޮޓެންހަމުން އުންމީދުގައި

މެޗުން މޮޅުވެ ޓޮޓެންހަމް އޮތީ ފަސް ވަނައިގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 މާރިޗު 2024 | ހޮނިހިރު 22:26
މެޗުގައި ލަނޑު ޖެހުމަށްފަހު ޓޮޓެންހަމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޓޮޓެންހަމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ލޫޓަން ޓައުނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޓޮޓެންހަމުން ގަދަ ހަތަރެއްގެ އުންމީދު ހިފަހައްޓައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މެޗުގައި ލޫޓަން ޓައުން އިން ލަނޑު ޖަހާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ލޫޓަން ޓައުން އިން ލީޑު ނެގި އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ތަހިތު ޗޮންގް އެވެ. ނަމަވެސް ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ލޫޓަން ޓައުންގެ އިސާ ކަބޯ އަތުން ބައި ކޮޅަށް ވަތް ލަނޑުން ޓޮޓެންހަމަށް މެޗުގެ ނަތީޖާ ހަމަހަމަވީ އެވެ. އޭގެ ފަހުން މެޗުގެ 86 ވަނަ މިނެޓުގައި މެޗުން ޓޮޓެންހަމް މޮޅުކޮށްދިނީ ސޮން ހެއުން މިން އެވެ. އޭނާ އެ ލަނޑު ޖެހީ ބްރެނާން ޖޯންސަން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުން މޮޅުވެ ޓޮޓެންހަމް އޮތީ ފަސް ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގަައި ކުޅުނު 29 މެޗުން 56 ޕޮއިންޓާއެކު އެވެ. ހަތަރު ވަނައިގައި އޮތީ އެސްޓަން ވިލާ އެވެ. ޓޮޓެންހަމް އަތުން ބަލިވި ލޫޓަން ޓައުން އޮތީ 22 ޕޮއިންޓާއެކު ރެލިގޭޝަން ޒޯނުގަ އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު