Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޖައްވު ސާފުކުރާ ރޮބޮޓް

ފޭހުނު އިލޮށިގަނޑު ލޮލަށް: ޖައްވަށް ދޫކުރާ ކުނިބުނީގެ ނުރައްކާ އިންސާނީ ޙަޟާރާތަށް!

މި ރޮބޮޓް އަތް އީޖާދު ކޮށްފައި ވަނީ، ދުނިޔޭގެ އޯބިޓުން ކުނިބުނި ހޮވުމުގެ މަޤްޞަދުގައި އުފެއްދި ޒުވާން ކުންފުންޏެއް ކަމަށްވާ 'އެސްޓްރޯސްކޭލް' އިން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 24 މާރިޗު 2024 | އާދީއްތަ 06:22
ނިކް ޝޭވް؛ އެސްޓްރޯސްކޭލް ޔޫކޭގެ އެމްޑީ

ނިކް ޝޭވް؛ އެސްޓްރޯސްކޭލް ޔޫކޭގެ އެމްޑީ

ތަރައްޤީއާއި ތަމައްދުނުގެ ރޭހުގައި އިންސާނީ ޙަޟާރާތު ކުރިއަރާ ދިޔައީ "އެއްގަނޑުން"، ނޫން ހެއްޔެވެ؟ ޓެކްނޮލޮޖީއާއި "ތަހުޒީބު"ގެ އަޅަކަށް އިންސާނާ ވެ، އެ ކަސްތޮޅުގައި ބެދެމުން ދިޔަ ވަރަކަށް އިންސާނާއަށް ލިބިފައި ވާ އެންމެ އަގުބޮޑު ނިޢުމަތް ކަމުގައި ވާ ވިސްނުމާއި ހިކުމަތުގެ ބޭނުން ކުރާ މިންވަރު ދިޔައީ ދަށްވަމުންނެވެ. އަތަށް މޮޅު ފޯނެއް އަރަނިކޮށް އެ ވީއެވެ. ފޯނު ފޮށިގަނޑާއި، އޭގައި ދެންވެސް ހިމެނޭ ކުދިކުދި ސާމާނުތައް ބަންދުކޮށްފައި ހުންނަ ރަބަރު ޕެކެޓްތައް އެއްލާލަނީ އެޔެއް މިޔެއް ނުބަލައެވެ. މިފަދަ ގޮތަކަށް ދިރިއުޅުން ބައްޓަމުން ކުރަމުން ގޮސް، ތަޣައްޔަރު ކުރީ ހަމަ އެކަނި މި ދުނިޔެއެއް ނޫނެވެ. ޖައްވާއި ފަޒާގައިވެސް އިންސާނުންގެ ކުނިބުންޏެވެ.

ދައްކަން މި އުޅެނީ ސައެންސްގެ ރޮނގުން ކުރިއެރުންތައް ހޯދުމުގެ ނަމުގައި ޖައްވު ތެރެއަށް ފޮނުވާލާ އެކިއެކި އުޅަނދުތަކުގެ ވާހަކައެވެ. ކެޔޮގަނޑު ކަނޑާލީމާ، ގަހުގެ ބޭނުމެއް ނެތޭ ބުނެއުޅެއެވެ. އޭރު ކެޔޮގަހެވެ. މިއަދު މާސިންގާ ޖައްވީ އުޅަނދުފަހަރެވެ. މިޝަން ނިމުމުން ނުވަތަ މިޝަންގެ ވަކި ހިސާބަކުން އުޅަނދާއި އެ ނޫންވެސް ޢާލާތްތައް ހަލާކުވުމުން ޖައްވު ތެރެއަށް ދޫކޮށްލުމަކީ އާދައެވެ. އެކަމަކާ ހުރެ، ދުނިޔޭގެ އޯބިޓްގައި އެނބުރެމުންދާ ކުނިބުނީގެ ޢަދަދު އިންތިހާއެވެ. ތިމާވެށި ހިމާޔަތް ކުރުމަށް އަންބާ ކިޔާ، ބަޔަކު މަސައްކަތް ކުރަމުން ދާ ފަދައިން، ޖައްވު ތެރެއަށް އިންސާނުން ދޫކޮށްފައި ވާ ކުނިބުނި ސާފު ކުރުމުގެ މަސައްކަތްވެސް އޮތީ ކުރަން މަޖުބޫރުވެފައެވެ.

އިންސާނުން ތަޣައްޔަރު ކުރި ޖައްވު ސާފު ކުރުމުގެ ޒިންމާ އުފުލަން ތައްޔާރު ވަމުން ދަނީ ރޮބޮޓް އަތެކެވެ. މާ ލަސްތަކެއް ނުވެ، ޖައްވަށް ދަތުރު ފަށަން އޮތީ ހަމަޖެހިފައެވެ. މި ރޮބޮޓް އަތުގެ ޒިންމާއަކީ، ޖައްވު ތެރޭގައި ހުރި ބާ ސެޓެލައިޓްތަކާއި އެ ނޫންވެސް އެފަދަ ކުނިބުނި ހޮވާ، ސާފު ކުރުމެވެ. ދުނިޔޭގެ އޯބިޓްގައި އެނބުރެމުންދާ އެފަދަ ކުނިބުންޏަކީ، އަހަރެމެން އެންމެންނަށްވެސް ކުރިމަތިލާން ޖެހިފައި  އޮތް ބޮޑު މައްސަލައެކެވެ. އިޙްސާސް ނުކުރެވުނުކަމުގައި ވިއަސްމެއެވެ.

މި ރޮބޮޓް އަތް އީޖާދު ކޮށްފައި ވަނީ، ދުނިޔޭގެ އޯބިޓުން ކުނިބުނި ހޮވުމުގެ މަޤްޞަދުގައި އުފެއްދި ޒުވާން ކުންފުންޏެއް ކަމަށްވާ 'އެސްޓްރޯސްކޭލް' އިންނެވެ. އެސްޓްރޯސްކޭލްގެ ތަޞައްވުރަކީ، ޖައްވީ ތަރައްޤީގެ ރޭހަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި މޭރުމަކުން ހިނގާ ކަމަކަށް ހެދުމެވެ.

މީލާދީން އޮނަވިހިސަތޭކަ ފަންސާސް ހަތް ވަނަ އަހަރު، އަހަރެމެން އިންސާނުން ޖައްވީ ދަތުރުތައް ފެށީއްސުރެ، ޖައްވު ތެރެއަށް ކުނި އެޅުމަކީ "ޘަޤާފަތަކަށް" ވެފައި އޮތް ކަމެކެވެ. އެސްޓްރޯސްކޭލް ޔޫކޭގެ މެނޭޖިންގް ޑައިރެކްޓަރ ނިކް ޝޭވް ބުނި ގޮތުގައި، ޖައްވުގެ އެކި އޯބޮޓްތަކުގައި 10000 ޓަނުގެ ކުނިބުނި ދަނީ އެނބުރެމުންނެވެ. މި ދައްކަނީ އާދައިގެ ޕްލާސްޓިކް ކޮތަޅުކޮޅެއް ކަހަލަ އެއްޗެއްގެ ވާހަކައެއް ނޫނެވެ. މާސިންގާ ސެޓެލައިޓް ފަދަ އެއްޗެހީގެ ވާހަކައެވެ. ޖައްވީ ކުނިބުނި ގިނަވެގެން ގޮސް، ބައެއް ފަހަރު އެކަތި އަނެއްކައްޗާ މުޑިއަރާ "އެކްސިޑެންޓް"ވެފައިވެސް އެބަ ހުއްޓެވެ.

ދާދި ފަހަކާ ޖެހެންދެން، ޖައްވީ ދަތުރުތަކުގެ މައިގަނޑު ޢަމާޒަކަށް ވެފައި އޮތީ ސައެންސްއާއި ޓެކްނޮލޮޖީގެ ރޮނގުން ކުރިއެރުންތައް ހޯދުން ކަމުގައި ވީ ނަމަވެސް، މިދިޔަ 10 ވަރަކަށް އަހަރު ދުވަހަށް ބަލާއިރު، ޖައްވު ތެރޭގައި ޤައުމުތަކުގެ އަސްކަރީ ބާރުވެރިކަން ވަރުގަދަ ކުރާ މަންޒަރުވެސް ވަނީ ފެންނަން ފަށާފައެވެ. ނަމަވެސް ޖައްވު ތެރޭގައި އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތުގެ ޤަވައިދެއް، އުސޫލެއް އަދި އެކުލަވާލެވިފައި ނެތުމުން، ޖައްވު ތެރޭގައި ދައުރުވާ ކުނިބުނީގެ ލިސްޓަށް، އަސްކަރީ ހަތިޔާރުތަކެއް އިތުރުވުމުގެ ބިރުވެސް އެބަ އޮތެވެ.

ސަރުކާރުތަކާއި އިންވެސްޓަރުންވެސް ދަނީ ކުނިބުނިން ފުނިޖެހެމުންދާ ޖައްވުތެރެ ސާފު ކުރާނެ ގޮތަކާ، އެކަމަށް ހޯދިދާނެ ޙައްލުތަކާ މެދު ވިސްނާ ފިކުރު ކުރަމުންނެވެ.

އެސްޓްރޯސްކޭލްއަކީ ޖަޕާނުގެ ޓޯކިޔޯގައި މަރުކަޒުކޮށް، އެމެރިކާއާއި އިނގިރޭސިވިލާތުގައިވެސް އޮޕަރޭޓް ކުރާ ކުންފުންޏެކެވެ. ޖައްވު ސާފު ކުރުމަށް އެސްޓްރޯސްކޭލްއިން އީޖާދު ކުރި ރޮބޮޓް އަތަށް ދީފައި ވާ ނަމަކީ 'އެކްޓިވް ޑެބްރީ ރިމޫވަލް' ނުވަތަ އޭޑީއާރްއެވެ. މިހާރު ކުރިއަށް ދަނީ ޑިވައިސް ޓެސްޓު ކުރުމުގެ މަސައްކަތެވެ.

އޭޑީއާރް ފަރުމާކޮށްފައި ވަނީ ބޭނުން ނުކުރާ ސެޓެލައިޓްތަކުގައި 'ވަކި' ހިއްޕާލުމަށްފަހު ދުނިޔޭގެ ވައިގެ ފަށަލައާ ދިމާއަށް އެ 'ކުނިގަނޑެއް' ދަމާ، ކޫއްތަމުން ގެންނަ ފަދަ ގޮތަކަށެވެ. ދުނިޔޭގެ ވައިގެ ފަށަލަ، ނުވަތަ އެޓްމޮސްފިޔަރގައި ޖެހޭ ހިސާބުން އެ އެއްޗެއް އަނދާ ހުލުވިއެވެ. ދެތިން ޖުމުލައަކުން ކިޔައިދެވުނެއް ކަމަކު، އެއީ ކުރަން މާ ފަސޭހަ ކަމެއް ނޫނެވެ.

އެސްޓްރޯސްކޭލްއިން ދަނީ، ޖައްވު ތެރޭގައި ވާ ސެޓެލައިޓްތައް، އެ އެއްޗަކަށް ޚާއްޞަ މަޤާމުގައި ވަނިކޮށް ތެޔޮ އެޅޭނެ، ނުވަތަ ރީފިއުލް ކުރެވޭނެ ގޮތްތައް ބަލާ، ހޯދާ، ދިރާސާ ކުރަމުންނެވެ. އަދުގެ ޙާލަތަށް ބަލާ އިރު، ސެޓެލައިޓުން ހަކަތަ ހުސްވާ ހިސާބުން، އެ ސެޓެލައިޓެއްގެ މިޝަން ނިމުނީއެވެ.

ޖައްވަށް ދޫކުރަމުން ދާ، މި ހުރިހާ ކުނިބުންޏެއްގެ ނުރައްކާ އޮތީ ހަމަ އަހަރެމެން އިންސާނުންނަށެވެ. ދިރިއުޅުމުގެ އެތައް ކަމަކަށް ލުއިފަސޭހަކަން ހޯދުމުގެ ނިޔަތުގައި، ޖައްވު ތެރޭގައި އިންވެސްޓްކޮށްފައި ވާ އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި އެސެޓްތަކާއެވެ. ދުނިޔޭގެ އޯބިޓްގައިވާ ސެޓެލައިޓްތަކަކީ ދުނިޔެ ތެރޭގައި އަހަރެމެން މި ކުރާ ދަތުރުފަތުރާ، ސްމަރޓްފޯނާއި، ރާސްތާ ބަޔާންކޮށްދޭ ޗާޓުތަކާ، މެސެޖު ކުރުމާއި، ފޯނު ކުރުމާއި، އިންޓަރނެޓް ކަނެކްޝަން ފަދަ އެތައް ކަމެއްގެ މައި މަރުކަޒެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ސިނާޢަތްތަކުން އެ އެއްޗެއްސަށް ބަރޯސާވާ ސާމާނުތަކެކެވެ.

ޖައްވު ސާފު ކުރާ ރޮބެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އުށްބައްތިން ޖައްވަށް؟

އުށްބައްތިން ޖައްވަށް؟

08 މެއި 2024
އުރަމަތީ ކެންސަރަށް ފަރުވާއެއް ފެނޭތޯ ރައްޔާނާގެ ދަތުރު، ޖައްވަށް!

އުރަމަތީ ކެންސަރަށް ފަރުވާއެއް ފެނޭތޯ ރައްޔާނާގެ ދަތުރު، ޖައްވަށް!

22 މެއި 2023
ބެޓެރީ ދޫކުރާ ސްޓޭޝަންތަކާއެކު ކެންޏާގެ ސައިކަލު ސިނާޢަތަށް ބޮޑު އިންޤިލާބެއް

ބެޓެރީ ދޫކުރާ ސްޓޭޝަންތަކާއެކު ކެންޏާގެ ސައިކަލު ސިނާޢަތަށް ބޮޑު އިންޤިލާބެއް

28 ޑިސެމްބަރު 2022
އިހުގެ ފިލްމީ މަންޒަރެއް ހަމަ ލޮލަށް

އިހުގެ ފިލްމީ މަންޒަރެއް ހަމަ ލޮލަށް

06 ނޮވެމްބަރު 2022
"ބާހުބަލީ" ގެ އެކްޓަރުގެ އެއްލޮލަށް ނުފެންނަކަން އެނގޭތަ؟

"ބާހުބަލީ" ގެ އެކްޓަރުގެ އެއްލޮލަށް ނުފެންނަކަން އެނގޭތަ؟

02 މެއި 2017

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު