Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ޕޮޗެޓީނޯ ބުނަނީ ޗެލްސީ އަށް ބޭނުން ވަނީ އިތުބާރު ކަމަށް!

ފާއިތުވެ ދިޔަ ނުވަ މަސް ދުވަހަށް ބަލާއިރު، ތަފާތު ދެ މުބާރާތެއްގައި ޗެލްސީން ވެމްބްލީ ސްޓޭޑިއަމަށް ދާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 މާރިޗު 2024 | އަންގާރަ 00:42
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީ އަށް ބޭނުން ވަނީ އިތުބާރު ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ކުޅުނު މެޗުން މޮޅުވެ، ޗެލްސީން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައި ވަނިކޮށެވެ. އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ ސެމީ ފައިނަލް މެޗުގައި ޗެލްސީ ނިކުންނާނީ، މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ.

ޗެލްސީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ، އެމީހުން މަސައްކަތް ކުރަމުން ދަނީ މުޅިން އައު ޗެލްސީއެއް ބިނާ ކުރުން ކަމަށް މީހުން ޤަބޫލު ކުރަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ މި ފާއިތުވެ ދިޔަ ނުވަ މަސް ދުވަހަށް ބަލާއިރު، ތަފާތު ދެ މުބާރާތެއްގައި ޗެލްސީން ވެމްބްލީ ސްޓޭޑިއަމަށްދާ ކަމަށެވެ. މީގެ ކުރިން ޗެލްސީން ވަނީ ކަރަބޯ ކަޕްގެ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ. ވެމްބްލީ ސްޓޭޑިއަމްގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވީ 1-0 އިންނެވެ.

މީގެ އިތުރުން ޕޮޗެޓީނޯ ބުނީ، ޗެލްސީ އަށް ލިބިފައިވާ ވަގުތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ޖެހޭނެ ކަމަށެވެ. އަދި ކުރިއަށް ދާން ޗެލްސީން ކުރަމުން އަންނަ މަސައްކަތުގައި އެންމެ ބޮޑަށް ބޭނުން ވަނީ އިތުބާރު ކަމަށް ވެސް އޭނާ ބުންޏެވެ. އިތުބާރާއެކު ކުރާ ކޮންމެ މަސައްކަތެއްގައި ވެސް ކާމިޔާބު އޮންނާނެ ކަމަށް ވެސް ޕޮޗެޓީނޯ ވަނީ ފާހަގަކޮށްފަ އެވެ.

މިދިޔަ ސީޒަންގައި ވެސް ނަތީޖާތައް ދަށްވެފައި އޮތް ޗެލްސީގެ ކޯޗުކަމަށް، ޕޮޗެޓީނޯ ހަމަޖެއްސީ އައު ސީޒަނާ ދިމާކޮށެވެ. ނަމަވެސް އޭނާގެ އިރުޝާދުގެ ދަށުން ވެސް ޗެލްސީ އަށް ނަތީޖާ ނުނެރެވޭތީ ކުލަބުގެ ސަޕޯޓަރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޚާއްސަކޮށް މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަށް ނަތީޖާ ނުނެރެވެ އެވެ. ލީގުގައި ޗެލްސީ އޮތީ ވެސް 11 ވަނައިގަ އެވެ.

ޗެލްސީމައުރީސިއޯ ޕޮޗެޓީނޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު