Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޙުކުމް ތަންފީޒުކުރުން

ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޒުކުރުމަކީ ބަޔަކު ބޭނުންވި ގޮތަކަށް ބޭނުންވި މިންގަނޑަކަށް ކުރަން އޮންނަ ކަމެއްތޯ؟

12 މާރިޗު 2024 | އަންގާރަ 09:55

ޙުކުމް ތަންފީޒު ކުރަމުންދާ އާންމު ރައްޔިތުންނާއި އެމީހުންގެ އާއިލާތަކަށް މިއީ އިންސާފުވެރި ގޮތެއްތޯ؟

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 މާރިޗު 2024 | އަންގާރަ 09:55
ޝަރުއީ ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޒީ އިދާރާތަކުން ތަންފީޒު ކުރުމަށް ބަލާލިނަމަވެސް ފެންނަން އޮތީ ބޮޑެތި ތަފާތުކުރުންތައް

ޝަރުއީ ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޒީ އިދާރާތަކުން ތަންފީޒު ކުރުމަށް ބަލާލިނަމަވެސް ފެންނަން އޮތީ ބޮޑެތި ތަފާތުކުރުންތައް

ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ ޤާނޫނުގެ ކުރިމަތީގައި އެންމެންވެސް ހަމަހަމަ ކަމަށެވެ. ޤާނޫނުން ލިބިދޭ ޙައްޤުތައް ލިބިދިނުމުގައި ތަފާތު ކުރުމެއް ނޯންނާނެ ކަމަށެވެ.

އެހެންނަމަވެސް ކަން ހިނގަނީ އެހެންތޯއެވެ؟ ޝަރުއީ ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޒީ އިދާރާތަކުން ތަންފީޒު ކުރުމަށް ބަލާލިނަމަވެސް ފެންނަން އޮތީ ބޮޑެތި ތަފާތުކުރުންތަކެކެވެ.

ދާދި ފަހުން ހައިކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމެއްގައި ދެކެވުނު ވާހަކައެކެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށް ލާފައިވާ މީހަކަށް މިދިޔަ ސަރުކާރުގައި މާފު ދިން ވާހަކައާއި، އެކަމާ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުންވެސް އަދި ޝަރީއަތުންވެސް ހިތްހަމަ ނުޖެހޭ ވާހަކައެވެ.

އޭނާއަށް އިއްވާފައިވާ ޙުކުމާއި ގުޅިގެން މާފު ދެވެން އޮތީވެސް ޚާއްސަ ޙާލަތްތަކެއްގައެވެ. އެއީވެސް އިއްވާފައިވާ ހުކުމެއްގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒު ކޮށްފައިވާނަމައެވެ. ނަމަވެސް އޭނާއަށް މާފު ލިބުނުއިރު ޙުކުމުގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމިފައެއްވެސް ނުވެއެވެ.

އެކަމާ ނުރުހުންވެ ފަނޑިޔާރުންވެސް ވަނީ  ޕީޖީން ދައުވާކޮށްގެން ރާއްޖޭގެ މަސްތުވާތަކެތި އެތެރެކުރާ މީހުން ޕްރޮސިކިއުޓް ކުރުމަށް، ކޯޓުތަކުން ދައުވާތަކެއް ސާބިތުކުރުމުން ހުކުމް ތަންފީޒު ނުކުރެވޭނަމަ، މިއީ ކީއްކުރަން ކުރާ ކަމެއްތޯ ސުވާލު ކުރައްވާފައެވެ. ފަނޑިޔާރު ވަނީ މިއީ ކޯޓުތައް މެދުވެރިކޮށް ކީއްކުރަން ކުޅޭ ޑްރާމާއެއްތޯވެސް އައްސަވާފައެވެ؟

ހަގީގަތަކީ މިއީ އަބަދުވެސް ކަން ހިނގާ އުސޫލުކަމެވެ. ކޮންމެ ސަރުކާރެއް އޮތް ކަމުގައިވީނަމަވެސް ފެންނަމުންދަނީ ހައްގުތަކާއި މިނިވަންކަމާއި ޒިންމާތަކަކީ ވަކި ބަޔަކަށް އޮންނަ ކަމެއް ކަމެވެ. އެބަޔަކު ބޭނުންވާ ގޮތަށް ފުއްގަނޑެއްހެން މޮޑެން އޮންނަ އެއްޗެއް ކަމެވެ.

މިއަދުވެސް ފެންނަނީ އެ މަންޒަރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޙުކުމް އެމަނިކުފާނު ތަންފީޒު ކުރައްވަމުން އެ ގެންދަވަނީ ބައެއް ފަހަރު ޖަލްސާތަކުގެ އޯޑިއަންސްގައި އިންނަވައެވެ. ބައެއް ފަހަރު ހުޅުމާލޭގައި ބާއްވާ ކެމްޕޭނު ޖަލްސާތަކުގައި އިންނަވައެވެ. ބައެއް ފަހަރު ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތަކުގައި އިންނަވައެވެ. ސުވާލަކީ މިއީ ޤާނޫނުގައި އެ ބުނާ ހަމަހަމަކަންތޯއެވެ؟

ޝަރުއީ ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޒު ކުރުމަކީ އެބަޔަކު އޭރަކު ބޭނުންވި ގޮތަކަށް، ބޭނުންވި މިންގަނޑަކަށް ކުރަން އޮންނަ ކަމެއްތޯއެވެ؟

ޖަލުގައި އެކި މައްސަލަތަކުގައި ޙުކުމް ތަންފީޒު ކުރަމުންދާ އާންމު ރައްޔިތުންނާއި އެމީހުންގެ އާއިލާތަކަށް މިއީ އިންސާފުވެރި ގޮތެއްތޯއެވެ؟

ސަރުކާރު ތެރެއިން ނުވަތަ ދައުލަތުގެ އިދާރާއެއްގެ ތެރެއިން ނުވަތަ ޤާނޫނުގެ ބާގަނޑެއްގެ ތެރެއިން ބޮޑެތި ޙުކުމްތަކުގައި ތިބޭ މީހުން މިނިވަންވާއިރު، އަނެއްކޮޅުން ދައުލަތުގެ މަތީ މަޤާމުތައް ފުރުއްވާފައިވާ މީހުންނަށްވެސް މިކަންކަން އޮންނަނީ ނިކަން ފަސޭހަކޮށެވެ. މިއީ އަޖައިބެއް ކަހަލަ އިންސާފެކެވެ.

ކޯޓު

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް

30 ނޮވެމްބަރު 2025
މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް
06 ސެޕްޓެމްބަރު 2025

މަސްތުވާތަކެތީގެ ތުހުމަތުގައި މ. މުލިން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް އިތުރުކޮށްފި

06 ސެޕްޓެމްބަރު 2025
މަސްތުވާތަކެތީގެ ތުހުމަތުގައި މ. މުލިން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް އިތުރުކޮށްފި
16 ފެބުރުއަރީ 2025

މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

16 ފެބުރުއަރީ 2025
މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި
20 މާރިޗު 2018

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

20 މާރިޗު 2018
ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
12 ޑިސެމްބަރު 2017

ޒަޔަނިސްޓުން ކިތަންމެ ބޭނުންވިޔަސް، ފަލަސްތީނަކީ ޔަހޫދީންގެ ތަނަކަށް ނެހެދޭނެ!

12 ޑިސެމްބަރު 2017
ޒަޔަނިސްޓުން ކިތަންމެ ބޭނުންވިޔަސް، ފަލަސްތީނަކީ ޔަހޫދީންގެ ތަނަކަށް ނެހެދޭނެ!
09 ޑިސެމްބަރު 2017

ބިލެއްދޫއިން މަގޫދޫއަށް ފަތާފައި ކުރި ދަތުރު، އެތައް ބަޔަކު ހައިރާންކޮށްލި ހަރަކާތެއް

09 ޑިސެމްބަރު 2017
ބިލެއްދޫއިން މަގޫދޫއަށް ފަތާފައި ކުރި ދަތުރު، އެތައް ބަޔަކު ހައިރާންކޮށްލި ހަރަކާތެއް
02 ޑިސެމްބަރު 2017

ފަތުރުވެރިކަމަށް ކޭލަކުނު ދޫކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި

02 ޑިސެމްބަރު 2017
ފަތުރުވެރިކަމަށް ކޭލަކުނު ދޫކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި
18 ސެޕްޓެމްބަރު 2017

ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!

18 ސެޕްޓެމްބަރު 2017
ތަރައްގީގައި ސިންގަޕޫރަށް ވާން ބޭނުންވި ނަމަވެސް ސިޔާސީ ގޮތުން ސިންގަޕޫރަށް ވާކަށް ބޭނުމެއް ނޫން!
30 އޯގަސްޓު 2017

ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!

30 އޯގަސްޓު 2017
ޢީދު ބަންދަށް މާލެއިން ގިނަ ބަޔަކު އަތޮޅު ތެރެއަށް، މިއީ ބަދަލު ނުވާ ސަގާފަތެއް!
23 ޖުލައި 2017

މަގަ ރީއްޗޭ، އެކަމަކު ބަލަހައްޓާން ބަޔަކު ނެތް، މިއޯ އަރަތެއް ؟

23 ޖުލައި 2017
މަގަ ރީއްޗޭ، އެކަމަކު ބަލަހައްޓާން ބަޔަކު ނެތް، މިއޯ އަރަތެއް ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް