Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ޒުވާން ކުޅުންތެރިންނާއެކު ޗެލްސީން ކުރަމުން ދަނީ ތަފާތު މަސައްކަތެއް: ޕޮޗެޓީނޯ

އޭނާ ބުނީ ޗެލްސީން މިހާރު މަސައްކަތް ކުރަމުން ދަނީ މުޅިން ތަފާތު، އެހެން ޕްރޮޖެކްޓެއްގައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 މާރިޗު 2024 | ބުދަ 00:30
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޒުވާން ކުޅުންތެރިންނާއެކު ޗެލްސީން ކުރަމުން ދަނީ ތަފާތު މަސައްކަތެއް ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ޕޮޗެޓީނޯ މިހެން ބުނީ، އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އަމިއްލަ ދަނޑުގައި ނިއުކާސަލާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ވަނީ މޮޅުވެފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ، ޗެލްސީގައި ތިބި ގިނަ ކުޅުންތެރިންނަކީ ޒުވާން ކުޅުންތެރިން ކަމަށާއި، އެ ކުޅުންތެރިންނާއެކު ކުރިއަށް ދާން ވަގުތު ނަގާނެކަން އެންމެން ވެސް ޤަބޫލު ކުރަން ޖެހޭ ކަަމަށެވެ. އޭނާ ބުނީ ޗެލްސީން މިހާރު މަސައްކަތް ކުރަމުން ދަނީ މުޅިން ތަފާތު، އެހެން ޕްރޮޖެކްޓެއްގައި ކަމަށެވެ.

އިތުރަށް އޭނާ ބުނީ މިހާރު އޮތް ޗެލްސީ އަކީ، މީގެ ކުރިން އޮތް ޗެލްސީއާ ވަރަށް ތަފާތު ޗެލްސީއެއް ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކަށް އެކަން އޮޅިފައިވާކަން ފާހަގަކޮށް ޕޮޗެޓީނޯ ބުނީ، އޭނާ އާއި ޗެލްސީގެ ކުޅުންތެރިން މަސައްކަތް ކުރަމުން ދަނީ ޓީމު ކުރިއަށް ގެންގޮސް، ކާމިޔާބުގެ މަގަށް ވާސިލްވުމަށެވެ.

ޕޮޗެޓީނޯ ބުނީ، ޗެލްސީގެ އިސްވެރިންނާ އޭނާއާ އޮންނަ ގުޅުން ރަނގަޅު ކަމަށެވެ. ކުލަބުގެ އެންމެހާ ވެރިންނާއެކު ވެސް އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، ވެރިން ވެސް ތިބީ ޓީމުގެ ކޯޗިން އޮފިޝަލުން އަދި ކުޅުންތެރިންނަށް ހިތްވަރުދީ ކުރިއަށް ދާން ކަމަށް ވެސް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

މި ސީޒަންގައި ވެސް ޗެލްސީގެ ނަތީޖާތައް ދަށްވެފައިވާއިރު، ޕްރިމިއާ ލީގުގަައި އެ ޓީމު އޮތީ ވެސް 11 ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 27 މެޗުން 39 ޕޮއިންޓު ހޯދައިގެންނެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި ޗެލްސީން 27 މެޗު ކުޅެފައިވާއިރު، މޮޅުވެފައި ވަނީ 11 މެޗުންނެވެ. 10 މެޗުން ބަލިވެފައިވާއިރު، ހަ މެޗުން ވަނީ އެއްވަރުވެފަ އެވެ.

ޗެލްސީމައުރީސިއޯ ޕޮޗެޓީނޯ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު