Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މިސްޓަ މޯލްޑިވްސް

މިސްޓަ މޯލްޑިވްސް އަކަށް މި އަހަރު ހޮވުނީ ޔާމްބެ

ޔާމްބެ އަށް ވަނީ އިނާމެއްގެ ގޮތުގައި 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 3 އޯގަސްޓު 2017 | ބުރާސްފަތި 22:15
މިސްޓަ މޯލްޑިވްސް އަކަށް ހޮވުނު މުހައްމަދު ޔާމީން (ޔާމްބެ) (ވ) އަދި އޭޑީކޭ ގްރޫޕްގެ ސީއީއޯ އަހުމަދު ނާޝިދު (ކ)

މިސްޓަ މޯލްޑިވްސް އަކަށް ހޮވުނު މުހައްމަދު ޔާމީން (ޔާމްބެ) (ވ) އަދި އޭޑީކޭ ގްރޫޕްގެ ސީއީއޯ އަހުމަދު ނާޝިދު (ކ)

ބޮޑީބިލްޑިން ފެޑެރޭޝަން (ބީބީއެފް) އިން އިންތިޒާމުކޮށްގެން ބޭއްވި ބޭޑްލެބް މިސްޓަ މޯލްޑިވްސް ބޮޑީބިލްޑިން މުބާރާތުގެ މިސްޓަ މޯލްޑިވްސް އަކަށް މި އަހަރު މުހައްމަދު ޔާމީން (ޔާމްބެ) ހޮވިއްޖެ އެވެ.

މިސްޓަ މޯލްޑިވްސްގެ މަގާމަށް ޔާމްބެ ހޮވުމާއެކު، އޭނާ އަށް ވަނީ އިނާމެއްގެ ގޮތުގައި 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ. މި އިނާމު އޭނާއާ ހަވާލުކުރެއްވީ އޭޑިކޭ ގްރޫޕްގެ ސީއީއޯ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އެވެ.

ނެޝަނަލް އާޓް ގެލަރީގައި ކުރިޔަށް ދިޔަ މި މުބާރާތުގެ ޓައިޓަލް ވިނާއަކަށް ޔާމްބެ ހޮވިފައިވާ އިރު، އޭނާ ވަނީ ބޮޑީ ބިލްޑިން ކެޓަގަރީގެ ހެވީ ވެއިޓް ބައިންވެސް ޓައިޓަލް ވިނާކަން ހޯދާފައެވެ. ހެވީ ވެއިޓް ބައިގައި ޔާމްބެ ވާދަކޮށްފައިވަނީ ގިޔާސް އިބްރާހިމްއާ އެވެ.

މިސްޓަ މޯލްޑިވްސްގެ މަގާމު ޔާމްބެ ހޯދީ ލައިޓް ވެއިޓް ބައިން އެއްވަނަ ޓައިޓަލް ވިނާކަން ހޯދި ޝާހީން އިބްރާހިމްއާ ވާދަކޮށްގެންނެވެ. ޝާހީން ވަނީ މިދިޔަ އަހަރު ވެސް މި މުބާރާތުގެ ދެވަނަ ހޯދި ފަރާތެވެ. މިޑްލް ވެއިޓް ބައިން އެއް ވަނަ ހޯދި މުހައްމަދު އިބްރާހިމަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް މިސްޓަ މޯލްޑިވްސް ކަނޑައެޅުމުގެ ފައިނަލު ބުރުގައި ވާދަ އެއް ނުކުރެވުނެވެ.

މިޑިލް ވެއިޓް ކެޓަގަރީގެ ފުރަތަމަ ރަނަރަޕަށް މުހައްމަދު ނައިހާން ހާން ހޮވުނުއިރު، ދެވަނަ ރަނަރަޕަށް ހޮވުނީ ނިހާދު ރަޝީދު އެވެ. މި ކެޓަގަރީގައި ޖުމްލަ ހަތަރު ބައިވެރިން ވަނީ ވާދަ ކޮށްފަ އެވެ. މި ކެޓަގަރީގައި މި ބޮޑީބިލްޑަރުންގެ އިތުރުން ދެން ވާދަ ކޮށްފައި ވަނީމުހައްމަދު އަބްދު ރަހްމާން އެވެ.

މިސްޓަ މޯލްޑިވްސްގެ ޓައިޓަލް އުފުލާލުމަށްފަހު ރާއްޖެއެމްވީއަށް ދިން އިންޓަވިއުއެއްގައި ޔާމްބެ ބުނީ މިދިޔަ އަހަރު އޮތް މިސްޓަ މޯލްޑިވްސް އަށްފަހު މި އަހަރުގެ މުބާރާތަށް އޭނާ މަސައްކަތް ފެށި ކަމަށާއި، މިއީ އެ ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

މުބާރާތުގެ މިސްޓަ ފިޒީކްގެ އަކަށް ހޮވިފައިވަނީ ފާލިހު މުހައްމަދެވެ. މިދިޔަ އަހަރު ވެސް މިސްޓަ ފިޒީކް އަކަށް ހޮވުނީ އޭނާއެވެ. މިސްޓަ ފިޒީކްގެ މަގާމާއެކު ފާލިހް އަށް ވަނީ 30،000 ރުފިޔާގެ ފައިސާ އިނާމެއް ލިބިފައެވެ.

މިސްޓަ ފިޒީކްގެ މަގާމު އުފުލާލުމަށްފަހު ފާލިހު ބުނީ މިއަހަރުގެ މުބާރާތް ވަރަށް ވާދަވެރި ކަމަށާއި، ކުރިޔަށް އޮތްތަނުގައި އިތުރަށް ވާދަވެރިވާނެ ކަމަށް އޭނާއަށް ގަބޫލުކުރެވޭ ކަމަށެވެ.

ރާއްޖޭގެ ބޮޑީބިލްޑިން ފެޑަރޭޝަނުން ދިން ދައުވަތަކަށް މިއަހަރުގެ މުބާރާތުގެ އިސް ޖަޖައްގެ ގޮތުގައި ސީންގަޕޫރުގެ ބޮޑީ ބިޔުލްޑް ފެޑްރޭޝަންގެ ރައީސް ޕްރަދީޕް ސްބުރަމާނިއަމް އެވެ.

ރާއްޖޭގައި ބޮޑީބިލްޑިން ދާއިރާއިން މަޝްހޫރުކަން ހޯދާފައިވާ އަދި ދެފަހަރެއްގެ މަތިން މިސްޓަ މޯލްޑިވްސްކަން ހޯދާފައިވާ މުހައްމަދު އަފްރާހް ހަލީލަށް ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް އަރުވާފައިވާއިރު، މުބާރާތުގެ އެންމެ ގިނަ ބައިވެރިން ބައިވެރި އެކްސްޓްރީމް ފިޓްނަސް އަށް ވަނީ އަގުވަޒަން ކުރުމުގެ ފިލައެއްވެސް ދީފަ އެވެ.

މިދިޔަ އަހަރު މިސްޓަ މޯލްޑިވްސް އަކަށް ހޮވިފައިވަނީ މުހައްމަދު ރަޝީދު (ރަޗޭ) އެވެ. އޭނާ ވަނީ މި މުބާރާތް ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. މި އަހަރުގެ މިސްޓަ މޯލްޑިވްސްގައި އޭނާގެ ހާއްސަ ހަރަކާތެއްވެސް ވަނީ ބާއްވާފައެވެ.

މި އަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އޭޑީކޭ އިން ވިއްކާ "ބޭޑްލެބް" ބްރޭންޑުގެ ކޮސްމެޓިކްސް އެވެ. އަދި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު