Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސްގެ މައްސަލަ

ފާރިސް ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތަށް ނިންމާ ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމާނެ: ވަކީލުން

މުއްދަތު އަމުރުގެ އިސްތުޢުނާފުގެ މައްސަލަ އިގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރުން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 3 އޯގަސްޓު 2017 | ބުރާސްފަތި 14:49
ފާރިސްގެ ވަކީލު މައުމޫނު ހަމީދު

ފާރިސްގެ ވަކީލު މައުމޫނު ހަމީދު

ފާރިސް ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާ ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމާނެކަމަށް ފާރިސްގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

ފާރިސް ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި އަދި އެ އަމުރުގެ ދަށުން ހައްޔަރުކޮށް، ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ނެރުނު މުއްދަތު އަމުރުގެ އިސްތުޢުނާފުގެ މައްސަލަ އިގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރުންނެވެ.

Advertisement - newsAdvertisement

ހ. ތެމާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސްގެ ވަކީލުން ވިދާޅުވީ، ފާރިސް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ އެކޯޓުން އަމަލު ކުރަމުންދާ އިޖުރާއަތު ތަކާއި އަދި ޖިނާއއީ އިޖުރާއަތުގެ ގާނޫނާއި ޚިލާފަށް އަދި އެ އަމުރު ނެރެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނާއި ޚިލާފަށް ކަމަށް ފާހަގަކޮށްފައިވާނޭ ކަމަށެެވެ.

"މިއަދު އެންމެ ފުރަތަމަ އަޅުގަނޑުމެން ފާހަގަކުރިން ފާރިސްގެ ޝަރީއަތް ހައިކޯޓްގައި ކުރިއަށް ގެންދިޔައީ ސިއްރުން ކަމަށްވާތީ، އެއީ ގާނޫނު އަސާސީ ލިބިދީފައިވާ ހައްގެއް ހިފެހެއްޓީކަމަށް" ވަކީލުން ފާހަގަކުރެއްވިއެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެއެހުމުގައި ފާރިސް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އެކި ފަހަރު އަމުރުތައް ނެރެފައިވަނީ އެކި ގާޒީން ސޮއިކޮށް، ކުރިން އެ ކޯޓުން އަމަލުކުރަމުންދާ އުސޫލާއި ޚިލާފަށް ކަމަށް ވާތީ އެކަންކަން ފާހަގަ ކޮށްފައިވާނެ ކަމަށް ވަކީލުން ވަނީ ވިދާޅުވެފައެވެ.

މައްސަލައިގައި ވަކިގޮތެއް ކަނޑައަޅަންދެން ފާރިސް ވަގުތީގޮތުން ބަންދުން ވީއްލުމަށް އެދުމުން އެކަމާއި މެދު ފަހުން ގޮތެއް ނިންމަވާނެކަމަށް ފަނޑިޔާރުން ވިދާޅުވިކަމަށް ވަކީލުން ވަނީ ފާހަގަ ކުރައްވާފައެވެ.

ފާރިސް ހައްޔަރުކުރުމުގެ ކުރިން 4 ޖުލައިގައި ފުލުހުން ބޭއްވި ޕްރެސްއެއްގައި މެންބަރުންނަށް ފާރިސް މައުމޫނު ރިޝްވަތު ދެއްވަން އުޅުއްވިކަމަށް މުޅިގައުމަށް އިވޭވަރަށް ވިދާޅުވެ، 18 ޖުލައި އާއި ހަމައަށް އެވީ ދުވަސްތަކުގައި، ފާރިސް ހައްޔަރު ނުކޮށް މަޑުކޮށްގެން ތިއްބެވީ ކީއްވެތޯ ވަކީލުން ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ފާރިސް އަކީ މުޖުތަމައުއަށް އެފަދަ ނުރަށްކާތެރި ފަރާތެއްނަމަ އެވިދާޅުވާ ހެއްކާއި ގަރީނާ ހުރި އިރު ހައްޔަރުނުކޮށް ކުރީ ކީއްވެތޯ ވަކީލުން ސުވާލުކުރެއްވިއެވެ.

ހެކި ހުރީ، ފުލުހުން އަތުގައިކަމަށް ވާއިރު ދެން އެ ހެއްކަން ފާރިސްއަށް ނުފޫޒު ފޯރުވޭނޭ ގޮތެއްވެސް ވިސްނިވަޑައި ނުގަންނަވާކަމަށް ވަކީލުން ވިދާޅުވިއެވެ. އެހެންކަމުން ހެއްކަށް ނުފޫޒު ފޯރުވާނެކަމަށް ބަލައި އަދި މުޖުތަމައުއަށް ނުރައްކާތެރި މީހެއްކަމަށް ނިންމާ ފާރިސް ބަންދުކޮށްގެން ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެކަމަށް ވަކީލުން ވަނީ ފާހަގަ ކުރައްވާފައެވެ.

ފާރިސް ހައްޔަރު ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލިހަށް ހުށަހެޅީ 42 މެންބަރުންގެ ސޮޔާއެކު ކަމަށް، އޭޕްރީލް 17 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް، 42 މެންބަރުންގެ ސޮއި ހޯދުމަށް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމުގެ ތުހުމަތުގަ އެވެ.

އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދު ކޮށްފައިވާއިރު، ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތެއް ދަނީ ހިންގަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު