Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިޔާގެ ޕާލިއަމެންޓް

ރިޝީ ސުނަކްގެ މައިދައިތަ ވެސް ޕާލިއަމެންޓަށް

ސުދާމުރުތީ ވަނީ ގިނަ ފޮތްތަކެއް ލިއުއްވާ އަދި އަންހެނުން ބާރުވެރި ކުރެއްވުމުގެ ގޮތުން ތަފާތު ޕްލެޓްފޯތަކުގައި ތަގްރީރުތައް ދެއްވާފައެވެ.  

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 9 މާރިޗު 2024 | ހޮނިހިރު 05:10
އިންޑިޔާ ގެ ފިލަންތްރޮފިސްޓް ސުދާ މުރުތީ

އިންޑިޔާ ގެ ފިލަންތްރޮފިސްޓް ސުދާ މުރުތީ

އިގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކްގެ މައިދައިތަ ސުދާ މުރުތީ އިންޑިޔާގެ ޕާލިއަމެންޓަށް ވެންނެވުމަށް ނޮމިނޭޓްވެ ވަޑައިގެންފިއެވެ. ފިލަންތްރޮފިސްޓް، އުމުރުފުޅުން 73 އަހަރުގެ ސުދާ މުރުތީ އަކީ އިންޑިޔާގެ ބިލިއަނަރ އަދި ބިޔަ ޓެކް ކުންފުނި "އިންފޯސިސް" ގެ ކޯފައުންޑަރ ނަރަޔާނަން މުރުތީ ގެ އަނބިކަނބަލުންނެވެ.  ސުދާ އަދި މރ. ނަރަޔާނަން ގެ ދަރިކަނބަލުން އަކްޝަތާ އަކީ ސުނަކްގެ އަނބި ކަނބަލުންނެވެ.

އިންޑިޔާގެ މަޖިލީހުގެ މަތިގެ ނުވަތަ ސެނެޓަށް މެންބަރުން ހޮވަނީ ވޯޓުންނެވެ. ނަމަވެސް 12 މެމްބަރުން ހޮވުމުގެ އިޚްތިޔާރު ރައީސަށް ލިބިގެންވެއެވެ. މިގޮތުން ހޮވާ ބޭފުޅުންނަކީ ފާހަކަގަކޮށްލެވޭ ކާމިޔާބީތައް ހޯއްދަވާފައިވާ އަދި ގައުމަށް ރީތިނަން ހޯދާދީފައިވާ ފަރާތްތައް ކަމަށް ވެއެވެ.

ސުދާ މުރުތީ މަޖިލީހަށް ހޮވިވަޑައިގަތުމުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ސުދާ ހޮވިވަޑައިގަތުމަކީ "ނާރީ ޝަކްތީ" ނުވަތަ އަންހެނުންގެ ބާރު ދައްކާދޭ މިސާލެއް ކަމަށެވެ.އަދި ގައުމުގެ މުސްތަގްބަލް ކަނޑައެޅުމުގައި އަންހެނުންގެ ދައުރު ދައްކާދޭ ކަމެއްކަމަށް ވިދާޅުވިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ އިތުރަށް ވިދާޅުވީ އިޖްތިމާއީ،ތައުލީމީ އަދި ފިލަންތްރޮފީ ފަދަ ތަފާތު ދާއިރާ ތަކުން ސުދާމުރުތީ ގައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ ފާހަގަ ކޮށްލެވޭ އެކަމުން ހިތްވަރު އާލާވާފަދަ ޚިދުމަތް ތަކެއް ކަމުގައެވެ.

ސުދާ މުރުތީ ވެސް ވަނީ ގައުމަށް ޚިދުމަތް ކުރެއްވުމަށް މިފަދަ ފުރުސަތެއް ލިބިވަޑައިގެންނެވީތީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. ދަ ހިންދޫ ނޫހަށް ސުދާ ވިދާޅުވީ މަޖިލީހަށް ނޮމިނޭޓްވިކަން އެނގިވަޑައިގަތުމުން "ސަރޕްރައިޒް" ވި ކަމަށާ ޚާއްސަ ކޮން އަންހެނުންގެ ދުވަހު އެކަން ލިބުމަކީ ޚާއްސަ ޝަރަފެއް ކަމުގައެވެ. މީގެ އިތުރުން ޕާލިއަމެންޓްގެ ދައުރުގައި ކުރައްވާނެ މަސައްކަތްތައް އަދި ކަނޑަނާޅުއްވާ ކަމަށާ ނަމަވެސް އިންޑިޔާގެ ރައްޔިތުންނަށް އެންމެ ރަގަޅަށް ޚިދުމަތް ކޮށްދެވޭނީ ކޮން ގޮތްތަކަކުންތޯ ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.

ސުދާމުރުތީ ވަނީ ގިނަ ފޮތްތަކެއް ލިއުއްވާ އަދި އަންހެނުން ބާރުވެރި ކުރެއްވުމުގެ ގޮތުން ތަފާތު ޕްލެޓްފޯތަކުގައި ތަގްރީރުތައް ދެއްވާފައެވެ.  

ފޯބްސް މަޖައްލާއިން ބުނާ ގޮތުގައި ސުދާގެ ފިރިކަލުން ނަރަޔާނަން މުރުތީގެ މުދަލުގެ އަގު 4.7 ބިލިއަން ޑޮލަރަށް އަރައެވެ. އޭނަ އުފެއްދެވި ޓެކް ކުންފުނި އިންފޯސިސް އަކީ މިއަދު އިންޑިޔާގެ ހަތް ވަނަޔަށް އެންމެ ބޮޑު ކުންފުންޏެވެ. އަދި އިންފޯސިސްއަކީ ނިއުޔޯކް ސްޓޮކް އެކްސްޗޭންޖްގައި ފުރަތަމަޔަށް ލިސްޓް ކުރެވުނު އިންޑިޔާގެ ކުންފުންޏެކެވެ.

ތައުލީމީ ހަޔާތް ނިންމަވާލެއްވުމަށް ފަހު ސުދާ މުރުތީ ތަމްރީން ވެވަޑައިގަތީ އެންޖިމިއަރިންގ ގެ ރޮގުންނެވެ. އޭރު މުޅި ބެޗްގައިވެސް އަންހެނަކަށް ހުންނެވީ ސުދާއެކަނި ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މިދިޔަ އަހަރު ސަރުކާރުން ވަނީ ސުދާ މުރުތީ އަށް ޕަދްމާ ބޫޝަން ނުވަތަ ތިންވަނަޔަށް އެންމެ މަތީ ސިވިލިއަން އޮނާ އަރުވާފައެވެ. އެއީ އިޖްތިމާއީ ދާއިރާއިން މީހުން ހޭލުންތެރި ކުރެއްވުމަށް ސުދާ ކުރައްވަމުން ގެންދަވާ މަސައްކަތް ޕުޅަށެވެ.

ސުދާމުރުތީ އަކީ ގިނަ ޓޯލްޝޯތަކަކުން ފެންނަ މޫނެއްކަމުން އިންޑިޔާގެ ގިނަބަޔަކު ދަންނަ މޫނެކެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޝީ ސުނަކް ޔޫކްރެއިނަށް ވަޑައިގެންފި

ރިޝީ ސުނަކް ޔޫކްރެއިނަށް ވަޑައިގެންފި

20 ނޮވެމްބަރު 2022
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ރިޝީ ސުނާކް

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ރިޝީ ސުނާކް

24 އޮކްޓޯބަރު 2022
ރަނގަޅަށް މަސައްކަތް ނުކުރާނަމަ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިން އެބައި އުނިކުރާނެކަމަށް ރިޝީ ސުނާކު ވިދާޅުވެއްޖެ

ރަނގަޅަށް މަސައްކަތް ނުކުރާނަމަ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިން އެބައި އުނިކުރާނެކަމަށް ރިޝީ ސުނާކު ވިދާޅުވެއްޖެ

16 އޯގަސްޓު 2022
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް އެ ޤައުމުގެ ކުރީގެ ފިނޭންސް މިނިސްޓަރ ރިޝީ ސުނާކް ވާދަކުރައްވަން ނިންމަވައިފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް އެ ޤައުމުގެ ކުރީގެ ފިނޭންސް މިނިސްޓަރ ރިޝީ ސުނާކް ވާދަކުރައްވަން ނިންމަވައިފި

08 ޖުލައި 2022
ބޮލީވުޑްގެ ތަރި ރިޝީ ކަޕޫރު މަރުވެއްޖެ

ބޮލީވުޑްގެ ތަރި ރިޝީ ކަޕޫރު މަރުވެއްޖެ

30 އެޕްރީލު 2020

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު