Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

އަހަރެންނަކީ މައުސޫމު މީހެއް: އަންޗެލޮޓީ

2014 ވަނަ އަހަރުން ފެށިގެން، 2015 ވަނަ އަހަރާ ހަމައަށް، އަންޗެލޮޓީ އެއް މިލިއަން ޔޫރޯ ނުވަތަ 1.1 މިލިއަން ޑޮލަރު ނުދައްކާ އޮތް ކަމަށް ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މާރިޗު 2024 | ބުރާސްފަތި 06:22
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

އޭނާ އަކީ މައުސޫމު މީހެއް ކަމަށް ބުނެ، ރެއާލް މެޑްރިޑަށް އިރުޝާދު ދެމުން އަންނަ ކާލޯ އަންޗެލޮޓީއާ ދެކޮޅަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކޮށްފި އެވެ.

އަންޗެލޮޓީގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ އެންމެ ފުރަތަމަ ރެއާލްގެ ކޯޗުކަމުގަައި އޭނާ ހުރި ދުވަސްވަރު، އިމޭޖް ރައިޓްސް އާމްދަނީން ޓެކްސް ނުދައްކާ އޮތް ކަމުގެ ތުހަމަތެކެވެ. އެގޮތުން 2014 ވަނަ އަހަރުން ފެށިގެން، 2015 ވަނަ އަހަރާ ހަމައަށް، އަންޗެލޮޓީ އެއް މިލިއަން ޔޫރޯ ނުވަތަ 1.1 މިލިއަން ޑޮލަރު ނުދައްކާ އޮތް ކަމަށް ވަނީ ބުނެފަ އެވެ. އެހެންކަމުން އޭނާގެ މައްޗަށް ހަތަރު އަހަރާއި، ނުވަ މަސް ދުވަހުގެ ޖަލު ޙުކުމެއް އިއްވައި ދިނުމަށް ވެސް ޕްރޮސެކިއުޓަރު ވަނީ އެދިފަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި ރެއާލުން ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، އެއީ ވަރަށް ދުވަސްވެފައިވާ ވާހަކައެއް ކަމަށާއި، އެއީ މީގެ އަށް ވަރަކަށް އަހަރު ކުރީގެ ވާހަކައެއް ކަމަށެވެ. އަދި އޭނާ އޭރު ހުރީ ސްޕެއިންގެ ރައްޔިތެއްގެ ގޮތުގައި ހުރި މީހެއް ކަމަށް ޕްރޮސެކިއުޓަރުގެ އޮފީހަށް ޤަބޫލު ކުރެވުނު ނަަމަވެސް، އޭނާ ހުރީ ސްޕެއިންގެ ރައްޔިތެެއްގެ ގޮތުގައި ނޫން ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ. އޭނާ ބުނީ މިހާރު އޮންނާނީ އެކަމުގެ ސަބަބުން ދައްކަން ޖެހުނު ޖޫރިމަނާ ވެސް ދައްކާފައި ކަަމަށާއި، އެހެންކަމުން އޭނާ އަކީ މައުސޫމު މީހެއް ކަމަށެވެ.

ޕްރޮސެކިއުޓަރުގެ ފަރާތުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިޓަލީ އަށް ނިސްބްތާ އަންޗެލޮޓީ ސްޕެއިންގައި ދިރިއުޅެމުން އައި ދުވަސްވަރު ޓެކްސް ބަޔާން ހުށަހެޅި ނަމަވެސް، އޭނާގެ އިމޭޖް ރައިޓްސް މެދުވެރިކޮށް ލިބުނު އާމްދަނީ އުނިކޮށްފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2019

ގެއްލުނު ޖެޓުތެރެއިން މީހެއްގެ ހަށިގަނޑު ފެނިއްޖެ!

05 ފެބުރުއަރީ 2019
ގެއްލުނު ޖެޓުތެރެއިން މީހެއްގެ ހަށިގަނޑު ފެނިއްޖެ!
16 ޖޫން 2018

އަހަރެންނަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ، މެސީ އަދި ރޮނާލްޑޯ ނިސްބަތްވަނީ އެހެން ޕްލެނެޓަކަށް: ނޭމާ

16 ޖޫން 2018
އަހަރެންނަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ، މެސީ އަދި ރޮނާލްޑޯ ނިސްބަތްވަނީ އެހެން ޕްލެނެޓަކަށް: ނޭމާ
05 ޖޫން 2018

އަހަރެންނަކީ ތަފާތު ކުޅުންތެރިޔެއް ނޫން: މެސީ

05 ޖޫން 2018
އަހަރެންނަކީ ތަފާތު ކުޅުންތެރިޔެއް ނޫން: މެސީ
20 މާރިޗު 2018

އަހަރެންނަކީ އެންމެ މޮޅު ކުޅުންތެރިޔާކަން އަބަދުވެސް ސާބިތުކޮށްދެން: ރޮނާލްޑޯ

20 މާރިޗު 2018
އަހަރެންނަކީ އެންމެ މޮޅު ކުޅުންތެރިޔާކަން އަބަދުވެސް ސާބިތުކޮށްދެން: ރޮނާލްޑޯ
29 ޖޫން 2017

އެމްބަޕޭ އަކީ "ޕްރައިޒްލެސް" މީހެއްހެން ދޭހަވާގޮތަށް އޭނާގެ ޓްވީޓާ އެކައުންޓްގެ ކަވާ ބަދަލުކޮށްފި

29 ޖޫން 2017
އެމްބަޕޭ އަކީ "ޕްރައިޒްލެސް" މީހެއްހެން ދޭހަވާގޮތަށް އޭނާގެ ޓްވީޓާ އެކައުންޓްގެ ކަވާ ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު