Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

މެންޗެސްޓަރ ސިޓީ ކްއާޓާ ފައިނަލަށް

ދެވަނަ ލެގު ކާމިޔާބުކުރީ 3-1 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 7 މާރިޗު 2024 | ބުރާސްފަތި 01:24
ސިޓީގެ ދެވަނަ ލަނޑު ޖެހުމަށްފަހު އަލްވަރޭޒް އުފާފާޅުކުރަނީ

ސިޓީގެ ދެވަނަ ލަނޑު ޖެހުމަށްފަހު އަލްވަރޭޒް އުފާފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން މެންޗސްޓަރ ސިޓީ ޖާގަ ޔަގީން ކޮށްފިއެވެ.

ކްއާޓާ ފައިނަލްގެ ޖާގަ ސިޓީން ޔަގީން ކުރީ ދެވަނަ ބުރުގެ ދެވަނަ ލެގުގައިވެސް އެފްސީ ކޯޕަން ހޭގަން ފަސޭހައިން ބަލިކޮށްގެންނެވެ. ސިޓީގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު ކާމިޔާބުކުރީ 3-1 ނެވެ. ފުރަތަމަ ލެގު ކާމިޔާބުކުރީވެސް ހަމަ މިނަތީޖާއިންނެވެ. ދެވަނަ ލެގުގައި ސިޓީން ތިން ލަނޑު ވެސް ޖެހީ ފުރަތަމަ ހާފްގައެވެ. ފުރަތަމަ ލަނޑު ޖަހާ ލީޑް ނަގައިދިނީ ޑިފެންޑަރ އަކަންޖީ އެވެ. އޭނާ ލީޑް ނެގީ 5 ވަނަ މިނިޓްގައެވެ. އޭގެ ތިން މިނިޓް ފަހުން ދެވަނަ ލަނޑު ޖެހީ އަލްވަރޭޒް އެވެ. ފުރަތަމަ ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީވެސް އަލްވަރޭޒް އެވެ. 29 ވަނަ މިނިޓްގައި ކޯޕަން ހޭގަންއިން ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައި ވަނިކޮށް, ސިޓީން އަލުން ލީޑް ފުޅާކުރީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައެވެ. ރޮޑްރީ ތަނަަވަސްކޮށްދިން ފުރުޞަތަކުން ލަނޑު ޖެހީ ހާލަންޑެވެ. މިއީ މުބާރާތުގައި ހާލަންޑްގެ ހަ ވަނަ ގޯލެވެ. މިއަދަދަށް މުބާރާތުގައި ދެން ލަނޑު ޖަހާފައިވަނީ ބަޔާންގެ ހެރީ ކޭންއާއި ޕީއެސްޖީގެ އެމްބާޕޭ އެވެ. ސީޒަންގައި ހާލަންޑްގެ ޖުމްލަ އަކީ 29 އެވެ.

މިއީ ސިޓީން މުބާރާތުގެ ކްއާޓާ ފައިނަލަށް ދަތުރުކުރި ހަތްވަނަ ފަހަރެވެ. އަދި ޗެމްޕިއަންސް ލީގުގައި ވިދިވިދިގެން ހޯދި 10 ވަނަ މޮޅެވެ. މުބާރާތުގައި ވިދިވިދިގެން 10 މޮޅު ހޯދި އިނގިރޭސި ހަމައެކަނި ޓީމަކީވެސް ސިޓީއެވެ. ސިޓީއަށް ކުރިއަށް އޮތީ ޕްރިމިއަރ ލީގުގައި ލިވަޕޫލާ ވާދަކުރާ މެޗެވެ. ޕޮއިންޓެއްގެ ފަރަގަކާއެކު މިވަގުތު ލީގު ތާވަލްގެ އެއްވަނައިގައި އޮތީ ލިވަޕޫލެވެ. ސިޓީ އޮތީ ދެވަނައިގަ އެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު