Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓު

11 އަހަރު ކުރިން ހިނގި އެކްސިޑެންޓެއްގައި މަރުވި މީހެއްގެ މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދިނުމަށް ހުކުމްކޮށްފި

5 މާރިޗު 2024 | އަންގާރަ 11:05

އެކްސިޑެންޓް ހިނގާފައިވަނީ 06 މެއި 2013 ގައި

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު | 5 މާރިޗު 2024 | އަންގާރަ 11:05
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

11 އަހަރު ކުރިން ހިނގި އެކްސިޑެންޓެއްގައި މަރުވީ މީހެއްގެ މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދިނުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ 2013 ވަނަ އަހަރުގައެވެ. މި އެކްސިޑެންޓުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ޅ. ނައިފަރު، ރޭދުވާގެ އަޙްމަދު ޤައްސާމުގެ މައްޗަށެވެ. އެގޮތުން އެއްގަމުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނާއި ޚިލާފުވެފައިވާތީ ޤާނޫނުލް އުޤޫބާތުގެ ދަށުން މިމީހާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ހުކުމްކުރުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ބުނެފައިވަނީ، ދައުވާއާއި ގުޅިގެން ބޭއްވުނު އަޑުއެހުމުގައި ދައުވާ ލިބޭ ޤައްސާމުގެ ބަހުންނާއި، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި، އަދި ހުށަހެޅި ޤަރީނާތަކުން ޝަރީޢަތަށް ސާބިތުވާތީ ޝަރީއަތުން ބަލައިގަނެފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގައިދިޔަ ގޮތަށް ބަލާއިރު، މި އެކްސިޑެންޓު ހިނގާފައިވަނީ 06 މެއި 2013 ވަނަ ދުވަހުގެރޭ ދަންވަރު 00:30 ހާއިރު ބުރުޒުމަހުން އިރުން ހުޅަނގަށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލު ބުރުޒުމަގާއި ބަޑިފަސްގަނޑު މަގާ ގުޅޭ ހަތަރު އަނގޮޅިން ހުރަސްކުރަން އުޅުމުގެ ތެރޭ، ބަޑިފަސްގަނޑުމަގުން އައި ސައިކަލެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގެ ސަބަބުން އަނިޔާ ލިބުނު އަންހެން މީހާއަށް ލަންކާ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. މިއީ ޤައްސާމު ބަލަންވާވަރަށް ނުބަލާ ހަތަރުއަނގޮޅިއަށް ނުކުތުމުން ހިނގައިދިޔަ އެކްސިޑެންޓެއްކަމުން މިކަމުގައި ޤައްސާމުގެ މައްޗަށް ކޮށްފައިވަނީ އަމުރަށް ނުކިޔަމަންތެރިވުމުވެ ދަޢުވާއެވެ.

ޤާނޫނު ނަންބަރު 66/1 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން، މި އެކްސިޑެންޓުގައި ނިޔާވެފައިވާ ފަރާތުގެ ވާރިޘުން މަރުގެ ދިޔަ ބޭނުންވާކަމަށް ބުނެފައިވާތީ، މަރުގެ ދިޔައިގެ ގޮތުގައި 1،000،000 ރުފިޔާ އެއް އަހަރު ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ޣައްސާމަށް ވަނީ ޙުކުމް ކޮށްފައެވެ. އަދި މީގެ އިތުރުން މި އެކްސިޑެންޓުގެ ސަބަބުން ފަރުވާދެމުންދަނިކޮށް ނިޔާވި ފަރާތުގެ ބޭސްފަރުވާ ކުރުމަށް ދިޔަ ޚަރަދާއި ގެއްލުމުގެ ބަދަލު ހޯދަން އާއިލާއިން އެދިފައިވާތީ، ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ 48 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ގެއްލުމުގެ ބަދަލު ހޯދުމަށް މަދަނީ ދަޢުވާ ކުރުމުގެ ޙައްޤު އޮތްތަކަމަށް ވަނީ ކްރިމިނަލް ކޯޓުން ކަނޑައަޅާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް