Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

ޑި ޔޯން އަދި ޕެޑްރީ އަށް އަނިޔާވި މެޗުން ބާސެލޯނާ އެއްވަރު!

އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އޮތީ ލީގު ތާވަލްގެ ތިން ވަނަ މަގާމުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 މާރިޗު 2024 | ހޯމަ 00:59
ބާސެލޯނާ އިން ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ޑި ޔޯން ދަނޑުން ބާލަނީ

ބާސެލޯނާ އިން ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ޑި ޔޯން ދަނޑުން ބާލަނީ

ސްޕެނިޝް ލީގުގައި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އެއްވަރުވީއިރު، ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ ބިލްބާއޯގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ނަމަވެސް މެޗުގައި ބާސެލޯނާގެ މުހިންމު ދެ ކުޅުންތެރިޔަކަށް އަނިޔާވެ، ވަނީ ބަދަލު ކުރަން ޖެހިފަ އެވެ.

މެޗު ފަށައިގެން 26 ވަނަ މިނެޓުގައި، ބާސެލޯނާ އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފްރެންކީ ޑި ޔޯން އަށް ވަނީ އަނިޔާވެފަ އެވެ. ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން، މެޗުގެ ބާކީ ބައި ފުރިހަމަ ކުރެވޭ ގޮތް ޑި ޔޯން އަށް ނުވި އެވެ. އެކަމުގެ ސަބަބުން އޭނާ ބަދަލުކޮށްފައިވާއިރު، ޑި ޔޯންގެ ބަދަލުގައި ކުޅެން ނިކުމެފައި ވަނީ ފާމިން ލޮޕޭޒް އެވެ.

ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު، ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޕެޑްރީ އަށް ވެސް ވަނީ އަނިޔާވެފަ އެވެ. އަނިޔާގެ ސަބަބުން ޕެޑްރީ ވެސް ބަދަލުކޮށްފައިވާއިރު، އޭނާ ދަނޑުން ފޭބީ ރޮމުންނެވެ. ޕެޑްރީގެ ބަދަލުގައި ކުޅެން ނިކުމެފައި ވަނީ ލަމީން ޔަމާލް އެވެ.

މި ދެ ކުޅުންތެރިންނަށް އަނިޔާވެފައިވާއިރު، އެއީ ބާސެލޯނާގައި އެންމެ އިސް ދައުރެއް އަދާ ކުރަމުން އަންނަ ދެ ކުޅުންތެރިންނެވެ. ބާސެލޯނާ އަށް ދެން ކުރިއަށް އޮންނާނީ ސްޕެނިޝް ލީގުގައި، މި މަހުގެ ނުވަ ވަަނ ދުވަހު މަޔޯކާއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި އެ ޓީމު ނިކުންނާނީ އިޓަލީގެ ނަޕޯލީއާ ދެކޮޅަށެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އޮތީ ލީގު ތާވަލްގެ ތިން ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ކުޅުނު 27 މެޗުން 58 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ޖިރޯނާ އަށް 57 ޕޮއިންޓު ލިބޭއިރު، އެއް ވަނައިގައި ރެއާލް މެޑްރިޑު އޮތީ 66 ޕޮއިންޓާއެކު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

20 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

ދެވަނަ އެމްބީއޭ ކަޕް: ޔޫއެން އާއި ރެޑްވިންގްސް ކުޅުނު މެޗުން މޮޅުވެއްޖެ

12 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު