Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެފްއެސްއެމް

އެފްއެސްއެމްގެ މުވައްޒަފަކު ސަފާރީއަކަށް އިތުރަށް ތެޔޮ އެޅި މައްސަލައަކާ ގުޅިގެން ވަޒީފާއިން ވަކިކުރީ ރަނގަޅަށް

އޭނާ ބުނެފައިވަނީ ތެޔޮ ދޫކުރަން ފެށުމުގެ ކުރިން ބާޖުގެ ހޮޅި ފިލް ނުކޮށް ތެޔޮ ދޫކުރެވުނީކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2024 | އަންގާރަ 08:48
އެފްއެސްއެމް ފިއުލް ޖެޓީ

އެފްއެސްއެމް ފިއުލް ޖެޓީ

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މުވައްޒަފަކު އުޅަނދަކަށް އިތުރަށް ތެޔޮ އެޅި މައްސަލައަކާ ގުޅިގެން އޭނާ ވަޒީފާއިން ވަކިކުރީ ރަނގަޅަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.

އޭނާއަކީ 2019 އިން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ބާރޖު ކެޕްޓަނެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ.

Advertisement - newsAdvertisement

އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. އެއީ އުޅަނދަކަށް ތެޔޮ އެޅުމަށްފަހު އިތުރަށް ތެޔޮ ދޫކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލައިގައި އެފްއެސްއެމްއިންވެސް ބުނެފައިވަނީ މިއީ 08 ޖުލައި 2020 ގައި 10,000 (ދިހަހާސް) ލީޓަރު ތެޔޮ ސަފާރީއަކަށް ޑެލިވަރީ ކުރިއިރު 2,500 (ދެހާސް ފަސްސަތޭކަ) ލީޓަރު ތެޔޮ މަދުވާކަމަށް ބުނެ ސަފާރީ ހިންގާ ކުންފުނިން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް އީމެއިލްގެ ޒަރިއްޔާއިން ޝަކުވާއެއް ހުށަހެޅުމުން ބެލި މައްސަލައެއް ކަމަށެވެ.

އޭރު ތެޔޮ މަދުވާކަމަށް ބުނުމުން އޭނާ އިތުރަށް 2500 ލީޓަރު ތެޔޮ އަޅާދީފައިވާކަމަށާއި، އޭގެ ކުރިންވެސް އެކަން ތަކުރާރުވެފައިވާކަމަށް ސަފާރީ ހިންގާ ކުންފުނިން ފޮނުވި އީމެއިލްގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގައި އޭނާ ކުންފުނީގެ އޮފީހަށް ގެންގޮސް ބަޔާނެއް ނަގައި، ވަކި ގޮތެއް އަންގަންދެން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމަށް ނިންމާފައިވާކަން ލިޔުމުން އަންގާފައިވެއެވެ. އޭރު 9 މަސް ވަންދެން އޭނާ ވަޒީފާގެ މަސްއޫލިއްޔަތު ތަކުން ދުރުކޮށްފައި ހުއްޓެވެ.

އޭނާގެ ފަރާތުން ދިން ބަޔާނުގައި ބުނެފައިވަނީ، ތެޔޮ މަދުވާކަމަށް ޝަކުވާ ކުރުމުން ބެލި ބެލުމުން ތެޔޮ ދޫކުރަން ފެށުމުގެ ކުރިން ބާޖުގެ ހޮޅި ފިލް ނުކޮށް ތެޔޮ ދޫކުރެވިފައިވާކަން އެނގުނުކަމަށެވެ.

އެ ޝަކުވާ އޭރު ސަފާރީއިން ކުރި ނަމަވެސް އެކަން ލޮޖިސްޓިކް ޑިޕަރޓްމަންޓަށް އޭނާ އަންގާފައެއް ނުވެއެވެ.

އެއަށްފަހު އޭނާ ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ ކުންފުންޏަށް ގެއްލުންތަކެއް ލިބިދާނެކަމަށް އެކަށީގެންވާ ހަމަތަކުން ޤަބޫލުކުރެވޭތީކަމަށް ބުނެ ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ވަނީ ދީފައެވެ.

މި މައްސަލަ އޭނާގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުމުން ޓްރައިބިއުނަލްއިން ނިންމާފައިވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސާބިތުކޮށްދީފައިވާ ކަމަށާއި، އެހެންކަމުން އޭނާ ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ އަދުލުވެރިކަން ޤާއިމުކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް އޭނާގެ މައްސަލަ އިދާރީ ގޮތުން ތަހުޤީޤު ކޮށްފައިވާކަން ސާބިތުކޮށްދިނުމުގެ ބޭނުމަށް ތަހުޤީޤު ރިޕޯޓެއް ތައްޔާރުކޮށްފައިވާކަން އެނގެން ނެތުމުން، އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ބެލެވެން ނެތްކަމަށް ބަޔާންކޮށް ޓްރައިބިއުނަލްއިން ވަނީ އޭނާއަށް ބަދަލު ދިނުމަށް އަންގާފައެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި 17،660 ރުފިޔާ ނަގައިދިނުމަށް ޓްރައިބިއުނަލްއިން ވަނީ ނިންމާފައެވެ.

އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ބުނީ، މި މައްސަލައާ ގުޅިގެން ކުންފުނިން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އިދާރީ ތަހުގީގެއް ހިންގާފައިވާކަން އެނގެން އޮންނަ ކަމަށެވެ.

ވުމާއެކު ހައިކޯޓުން ވަނީ ޓްރައިބިއުނަލްގެ ނިންމުން ބާތިލުކޮށް، އޭނާ ވަޒީފާއިން ވަކި ކުރުމުގައި މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިިމު ކޮށްފައިވާކަަމަށް ނިންމާފައެވެެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!

ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!

22 އެޕްރީލު 2017
މިހާރު ތެޔޮ ގަންނަނީ އެސްޓީއޯއިން، މެރީޑިއަމްއިން ތެޔޮ ގަތުމާމެދު ގޮތެއް ނިންމާނީ ކޯޓުން މައްސަލަ ނިމޭ ގޮތަކުން: އެމްޕީއެލް

މިހާރު ތެޔޮ ގަންނަނީ އެސްޓީއޯއިން، މެރީޑިއަމްއިން ތެޔޮ ގަތުމާމެދު ގޮތެއް ނިންމާނީ ކޯޓުން މައްސަލަ ނިމޭ ގޮތަކުން: އެމްޕީއެލް

18 އެޕްރީލު 2017
ރައީސް ޔާމީނަށް ތާއީދު ނުކޮށްގެން ކޫއްޑޫގެ ސީނިއަރ ހަތަރު މުވައްޒަފަކު ފެލިވަރަށް ބަދަލުކޮށްފި

ރައީސް ޔާމީނަށް ތާއީދު ނުކޮށްގެން ކޫއްޑޫގެ ސީނިއަރ ހަތަރު މުވައްޒަފަކު ފެލިވަރަށް ބަދަލުކޮށްފި

17 އެޕްރީލު 2017
ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް

ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް

09 އެޕްރީލު 2017
ދުވާފަރު އެމްޑީޕީ ކެމްޕެއިން އޮފީހަށް ބަޔަކު ކަޅުތެޔޮ ޖަހައިފި

ދުވާފަރު އެމްޑީޕީ ކެމްޕެއިން އޮފީހަށް ބަޔަކު ކަޅުތެޔޮ ޖަހައިފި

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު