Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ ބަޔާނުގެ ޖަވާބު

ރިޔާސީ ބަޔާނުގައި ބޯހިޔާވަހިކަމާ ގުޅޭގޮތުން ވީ ވައުދުތަކަކީ މުޅިންވެސް ކުރީ ސަރުކާރުން ކޮށްފައި ހުރި ކަންކަން

ފުލުހުންނާ ސިފައިންގެ ފެލެޓުތަކުގެ ކުލި ކުޑަ ކުރެއްވި ވާހަކަ ވިދާޅުވިއިރު، މިއީވެސް ކުރީ ސަރުކާރުން ކޮށް ނިންމާފައިވާ ކަމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ފެބުރުއަރީ 2024 | ހޯމަ 06:22
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ

ރިޔާސީ ބަޔާނުގައި ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭގޮތުން ވީ ވައުދުތަކަކީ މުޅިންވެސް ކުރީ ސަރުކާރުން ކޮށްފައި ހުރި ކަންކަންކަމަށް ރިޔާސީ ބަޔާނުގެ ޖަވާބުގައި އެމްޑީޕީން ބުނެފިއެވެ.

ހޯމަ ދުވަހު އޮތް ޖަލްސާއަށް ރިޔާސީ ބަޔާނުގެ ޖަވާބު ހުށަހަޅުއްވައިދެއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

ބޯހިޔާވަހިކަމަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، އެއީ މާލެއަށް އެކަނި ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށާއި އެއީ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށްވެސް މިއަދު ދިމާވެފައިވާ ހައްސާސް މައްސަލައެއް ކަމަށެވެ.

މެމްބަރު ވަނީ ނިމި ދިޔަ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙްގެ ސަރުކާރުން މިކަންކަން ކުރިއަށް ގެންގޮސްދެއްވާފައިވާ މިންވަރަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ސަރުކާރު ބަދަލުވީއިރު ޖުމްލަ 24,200 ހައުސިން ޔުނިޓުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށާއި، މީގެ ތެރެއިން 12,222 ޔުނިޓު އެއީ އެޗްޑީސީ އަދި އެފްޑީސީ ގުޅިގެން ތަރައްގީ ކުރަމުން އަންނަ ހައުސިން ޕްރޮޖެކްޓުތައްކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން،ކުރީ ސަރުކާރުން ދޭން ނިންމި ފްލްޓުތަކާއި ބިންތައް ރައްޔިތުންނާ ހަވާލު ކުރައްވާނެކަމަށް ރައީސްގެ ރިޔާސީ ބަޔާނުގައި ވަރަށް ސާފުކޮށް ވިދާޅުވިކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، ވެރިކަމަށް 100 ދުވަސްވާން ގާތްވާއިރު އެކަން ކުރާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ރައްޔިތުންނަށް ނުލިބޭ ކަމަށެވެ.

އަދި މި ސަރުކާރުން މުޅިންވެސް ކަންކަން ކުރައްވާފައިވަނީ ރައްޔިތުން މާޔޫސްވާ ގޮތަށްކަމަށް މެމްބަރު ވިދާޅުވިއެވެ.

އޭގެ އިތުރުން، ގެދޮރުގެ ކަންކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ލުއި އިންޓްރަސްޓް ރޭޓުގައި ގެދޮރު އެޅުމަށާއި މަރާމާތު ކުރުމަށް ލޯނު ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވީއިރު، އެއީ މިހާރުވެސް ހިނގަހިނގާ އޮތް ސަރުކާރުގެ ޕްރޮގްރާމެއް ކަމެއް އެނގިވަޑައިނުގަތީތޯވެސް މެމްބަރު ވަނީ ސުވާލު ކުރައްވާފައެވެ.

އެކަން ސާފުކޮށްދެއްވައި މެމްބަރު ވިދާޅުވީ، ރަށްރަށުގައި ނުހެދިފައި ހުރި ގޯތިގެދޮރު ހެދުމަށް ލުއި ލޯނު ސްކީމެއް ގޮތުގައި "ގެދޮރުވެރިޔާ ލޯން" ތަޢާރަފްކޮށް 2021 ވަނަ އަހަރު ލޯނު ދޫކުރަން ފަށާފައިވާ ކަމަށެވެ.

މެމްބަރު އިތުރަށް ވިދާޅުވީ، ގެދޮރުވެރިކަމާ ގުޅޭ ގޮތުން ދެންވެސް ވިދާޅުވީ ހަމަ ކުރީ ސަރުކާރުން ކޮށް ނިންމާފައިވާ ކަމެއްގެ ވާހަކަ ކަމަށެވެ. އެގޮތުން ހައުސިން އެޕްލިކޭޝަން ޕްރޮސެސް ފަސޭހަ ކުރުމަށް ޕޯޓަލެއް ތައާރަފްކުރައްވާނެ ކަމަށް ވިދާޅުވިއިރު، ގެދޮރުވެރިޔާ ޕޯޓަލްއަކީ މިހާރުވެސް ބޭނުންކުރަމުންދާ ޕޯޓަލްއެއްކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު، ފުލުހުންނާ ސިފައިންގެ ފެލެޓުތަކުގެ ކުލި ކުޑަ ކުރެއްވި ވާހަކަ ވިދާޅުވިއިރު، މިއީވެސް ކުރީ ސަރުކާރުން ކޮށް ނިންމާފައިވާ ކަމެއް ކަން މެމްބަރު ވަނީ ފާހަގަ ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު