Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާ ލެވަކޫސަން

ލިބުނީ މުހިންމު މޮޅެއް، މިހުރީ ވަރަށް ހިތްހަމަ ޖެހިފައި: އަލޮންސޯ

ލެވަކޫސަން ވަނީ މިހާރު ކުރިއަށްދާ ސީޒަންގެ މިހާތަނަށް ބަލި ނުވެ 32 މެޗު ހަމަކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ފެބުރުއަރީ 2024 | ހޯމަ 02:42
ލެވަކޫސަނަށް އިރުޝާދު ދެމުން އަންނަ އަލޮންސޯ

ލެވަކޫސަނަށް އިރުޝާދު ދެމުން އަންނަ އަލޮންސޯ

ޖަރުމަނު ލީގުގައި އެފްސީ ހެއިޑެންހައިމާ ދެކޮޅަށް ކުޅުނު މެޗުން ލިބުނީ ވަރަށް މުހިންމު މޮޅެއް ކަމަށާއި، އެ މެޗާ މެދު ވަރަށް ހިތްހަަމަ ޖެހޭ ކަމަށް ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ ހޮނިހިރު ދުވަހުގެ ރޭ ހެއިޑެންހައިމްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މޮޅާއެކު ލެވަކޫސަން ވަނީ މިހާރު ކުރިއަށްދާ ސީޒަންގެ މިހާތަނަށް ބަލި ނުވެ 32 މެޗު ހަމަކޮށްފަ އެވެ. އެއާއެކު އެ ޓީމު ވަނީ މީގެ ކުރިން ބަޔާން މިއުނިކުން ހަދާފައިވާ ރެކޯޑާ އަރާ ހަމަކޮށްފަ އެވެ.

އަލޮންސޯ ބުނީ ލެވަކޫސަނަށް ލިބުނޫ ވަރަށް މުހިންމު މޮޅެއް ކަމަށެވެ. ޚާއްސަކޮށް ހެއިޑެންހައިމްގެ ދަނޑުގައި މޮޅުވުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި، އެހެން ނަމަވެސް ލެވަކޫސަންގެ އެންމެހައި ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ލިބުނީ ރަނގަޅު ނަތީޖާއެއް ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ މެޗުގެ ކުރިން އުންމީދު ކުރި ގޮތާއި، މެޗު ރާވަލި ގޮތަށް ގިނަ ކަންކަން ދިޔަ ކަމަށެވެ. އެހެންކަމުން ޖުމުލަ ގޮތެއްގައި އެ މެޗުގައި ލެވަކޫސަންގެ ކުޅުންތެރިން ދެއްކި ކުޅުން އަދި މެޗުގެ ނަތީޖާއާ މެދު ވެސް ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމުގައި އަލޮންސޯ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ، ކުރިއަށް އޮތް ތިން މަސް ނުވަތަ ހަތަރު މަސް ދުވަސް ވަންދެން، މިހާރު ތިބި ކޮންމެ ކުޅުންތެރިޔެއް ވެސް އޭނާ ބޭނުންވާ ކަމަށެވެ. ބައެއް ޙާލަތްތަކުގައި ކުޅޭނެ ކުޅުންތެރިން ކަނޑައެޅުމުގައި ވެސް އޭނާ އަށް އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށް އަލޮންސޯ ވަނީ ފާހަގަކޮށްފަ އެވެ. އޭގެ އިތުރަށް އޭނާ ބުނީ، ކޮންމެ ކުޅުންތެރިޔަކު ވެސް، އެ ކުޅުންތެރިޔަކަށް ނުކުޅެވިއްޖެ ނަމަ، ޙާލަތު ވަރަށް ރަނގަޅަށް ޤަބޫލު ކުރާ ކަމަށެވެ. ނުވަތަ އެ ޙާލަތާ މެދު ހިތްހަމަ ނުޖެހޭ ނަމަ، ނުވަތަ ނުތަނަވަސްކަމެއް އޮތް ނަމަ، ސީދާ އޭނާއާ ވާހަކަ ދެއްކޭނެ ކަމަށް އަލޮންސޯ ބުންޏެވެ.

ލެވަކޫސަނާ ހަވާލުވެ ސްޕެއިންގެ އަލޮންސޯ އަންނަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. މި ސީޒަންގެ ޖަރުމަނު ލީގުގައި އެ ޓީމުން ނެރެމުން އަންނަ ނަތީޖާ އާއެކު، ލެވަކޫސަން އަކީ މިހާރު ލީގަށް ވާދަކުރަމުން އަންނަ ޓީމެކެވެ. މިހާތަނަށް ކުޅުނު 22 މެޗުން 58 ޕޮއިންޓު ހޯދައިގެން ލެވަކޫސަން އޮތީ ވެސް އެއް ވަނައިގަ އެވެ. މި ސީޒަންގެ ޖަރުމަނު ލީގުގައި ބަލި ނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް ލެވަކޫސަން އެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު