Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް އިންތިޚާބު 2024

އިންތިޚާބާބެހޭ ގާނޫނަށް ބައެއް އިސްލާހުތައް ގެނެސް، މަޖިލިސް އިންތިޚާބު ރޯދަ މަހުގެ ފަހުން ބޭއްވުމަށް ފާސްކޮށްފި

އެ އިސްލާހުތައް ފާސްކުރީ ކޮމިޓީގެ އިއްތިފާގުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2024 | ބުރާސްފަތި 10:46
ބައި އިލެކްޝަންތަކުގެ ވޯޓުލުން ވަނީ ފެށިފައި

ބައި އިލެކްޝަންތަކުގެ ވޯޓުލުން ވަނީ ފެށިފައި

އިންތިޚާބުތަކާބެހޭ ގާނޫނަށް އިތުރު ބައެއް އިސްލާހުތައް ގެނައުމަށާއި، ރައްޔިތުންގެ މަޖިލިސް އިންތިޚާބު ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ބޭއްވުމަށް ކޮމިޓީން ފާސްކޮށްފިއެވެ.

އިންތިޚާބުތަކާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކުރީ، އެ މައްސަލައިގައި ދިރާސާ ކުރުމަށް އެކުލާވާލާފައިވާ ފަސް މެމްބަރުންގެ ކޮމިޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.

ބިލަށް ގެނެސްފައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި؛ ވޯޓު ކަރުދާހުގައި ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގައެއް ކަމަށް ބެލެވޭ ނިޝާނެއް ޖަހާފައިވާނަމަ އެއީ ސައްހަ ވޯޓެއް ކަމުގައި ބަލައިގަތުން ހިމެނެއެވެ. އަދި ފާހަގަ ފުރިހަމަކުރުމުގެ ގޮތުން، އެ ފާހަގަމަތިން ފަވާލެވޭ ގޮތަށް ރަނގަޅު ފާހަގައެއް ޖަހާފައި އޮތް ނަމަވެސް ވޯޓު ބާތިލު ނުވާގޮތަށް އިސްލާހު ގެނައުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ވެސް އެ ބިލުގައި ކޮމިޓީން ވަނީ ހިމަނާފައެވެ.

އޭގެ ތެރޭގައި؛ އިންތިޚާބެއް ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓަރސް ރެޖިސްޓްރީ ގެޒެޓުކޮށް، ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރާ ގޮތަށް ގެނައި އިސްލާހާއި، ވޯޓު ކަރުދާސް ދެއްކުމަކީ ކުށެއް ކަމަށް ކަނޑައެޅުން ހިމެނެއެވެ. އަދި އެ ކުށަށް އަދަބެއް ކަނޑައެޅުމަށް ވެސް ހިމަނާފައިވެއެވެެ. އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި އިސްލާހާ ގުޅިގެން ވަގުތީ ކޮމިޓީން ވަނީ، އިންތިޚާބެއްގައި ވޯޓު ކަރުދާސް ދައްކައިފިނަމަ އެއީ ކުށެއް ކަމަށް ކަނޑައަޅައި، އަދަބުގެ ގޮތުން 1 މަހާއި 3 މަހާ ދެމެދުގެ ޖަލު އަދަބެއް ކަނޑައެޅުން، ނުވަތަ 6000 ރުފިޔާއާއި 18000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ފާސްކޮށްފައެވެ.

އެ އިސްލާހުތައް ފާސްކުރީ ކޮމިޓީގެ އިއްތިފާގުންނެވެ.

އެ މައްސަލަ ބަލާ ކޮމިޓީގެ 5 މެމްބަރުންނަކީ

- ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އިބްރާހީމް މުއިއްޒު

- ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު، މުހައްމަދު ރަޝީދު

- ކެންދޫ ދާއިރާގެ މެމްބަރު، އަލީ ހުސައިން

- މާފަންނު މެދު ދާއިރާގެ މެމްބަރު، އިބްރާހީމް ރަޝީދު

- ގައްދޫ ދާއިރާގެ މެމްބަރު، އަހުމަދު ޒާހިރު

އިންތިޚާބުތަކާބެހޭ އާއްމު ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. އެގޮތުން އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާ އިސްލާހުކުރަން ހުށަހަޅުއްވާފައިވެއެވެެ. 43 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، އިންތިޚާބުތަކުގައި އެ އިންތިޚާބެއްގައި ވޯޓު ނަގާ ގަޑިއާއި، އާންމު އުސޫލެއްގެ ގޮތުން ވޯޓު ނަގައި ނިންމާ ގަޑިއާއި، ވޯޓު ގުނަން ފަށާ ގަޑި ކަނޑައަޅައި އިއުލާންކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

މީގެ އިތުރުން މި މާއްދާގެ (ށ)ގައި ބުނެފަައިވަނީ، މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތްނަމަވެސް، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވާއިގެން ނުވާނެ ކަމަށެވެ. އަދި އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިޚާބެއް ބާއްވަންވާނީ ރަމަޟާން މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށެވެ.

އެ ބިލަށް ވާހަކަދެއްކި ގިނަ މެމްބަރުން ވަނީ ރޯދަ މަހު އިންތިޚާބު ބޭއްވުމަށް ތާއީދު ނުކުރާކަން ފާހަގަކޮށްފައެވެ. އަދި އެއީ ވޯޓަރސް ޓަރންއައުޓް އިތުރަށް ދަށްވާނެކަމަށް މެމްބަރުން ވަނީ ބުނެފައެވެ. އަދި އިންތިޚާބުތަކާބެހޭ ގާނޫނަށް އަދިވެސް ގެންނަންޖެހޭ އިތުރު ބަދަލުތައް ހުރިކަމަށް އެ މެމްބަރުން ވަނީ ބުނެފައެވެ.

މިހާރު ގެންނަ އިސްލާހުގައި ބުނާގޮތުން، އިންތިޚާބާބެހޭ ގާނޫނުގެ 43 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވަނީ މި ހާލަތުގައި، އެ އިންތިޚާބަކާގުޅޭ ޚާއްސަ ގާނޫނުގެ ދަށުން، ނުވަތަ މި ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާނަމަ، މި މާއްދާގެ (ށ)ގައި ބުނެފައިވާ ގޮތަށް އިންތިޚާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލުގެނެސް، އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ ކަމަށެވެ.

މިހާރު އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ރޯދަ މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް އެއީ ކޮމިޝަނުން އެންމެ ބޭނުންވާ ގޮތް ނޫންކަމަށާއި، މިއީ މަޖުބޫރު ނިންމުމެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި މަޖިލިސް އިންތިޚާބަށް ލަފާދޭ ގައުމީ ކޮމިޓީގައި ހިމެނޭ އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް، އަދި އިދާރާއަކުން ވެސް ރޯދަ މަހު އިންތިޚާބު ބާއްވަން ތާއީދެއް ނުކުރެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
ސްޓެލްކޯއަށް 8 މެގަވޮޓް ޖެނަރޭޓަރެއް ގެނެސްފި

ސްޓެލްކޯއަށް 8 މެގަވޮޓް ޖެނަރޭޓަރެއް ގެނެސްފި

22 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު