Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ލަންކާ - ދިވެހިރާއްޖެ

ދިވެހިންނަށް ލަންކާއިން ކިޑްނީ އޮޕަރޭޝަން ކުރާކަށް ހުރަހެއް ނެތް: ލަންކާ ހެލްތް މިނިސްޓަރ

ލަންކާގައި ކިޑްނީ އޮޕަރޭޝަން ކުރުން މަނާވެފައި އޮތީ އިންޑިއާ މީހުންނަށް

ރާއްޖެ އެމްވީ | 1 އޯގަސްޓު 2017 | އަންގާރަ 08:27
ލަންކާގެ ހެލްތް މިނިސްޓަރާ ރާއްޖޭގެ ހެލްތް މިނިސްޓަރ ނާޒިމް ބައްދަލު ކުރައްވަނީ

ލަންކާގެ ހެލްތް މިނިސްޓަރާ ރާއްޖޭގެ ހެލްތް މިނިސްޓަރ ނާޒިމް ބައްދަލު ކުރައްވަނީ

ކިޑްނީ އޮޕަރޭޝަން ކުރަން ބޭނުންވާ ދިވެހިންނަށް ލަންކާއިން އެ ފަރުވާ ހޯދުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ލަންކާގެ މިނިސްޓަރ އޮފް ހެލްތް ނިއުޓްރިޝަން އެން އިންޑިޖެނަސް މެޑިސިން ޑރ. ރަޖިތް ސެނަރަތްނެ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ވެރި ރަށް ކޮޅުނބުގައި ޖުލައި 29 ގައި ކުރިއަށް ދިޔަ ސާކް ހެލްތް މިނިސްޓަރުންގެ ހަވަނަ ބައްދަލުވުމުގެ ހަވާސާގައި ރާއްޖޭގެ ހެލްތް މިނިސްޓަރާ އެކު ބޭއްވެވި ބައްދަލު ކޮށްލެއްވުމުގައި ލަންކާގެ ހެލްތް މިނިސްޓަރ ވިދާޅުވީ، ލަންކާގައި ކިޑްނީ އޮޕަރޭޝަން ކުރުން މަނާ ކޮށްފައިވަނީ ހަމައެކަނި އިންޑިއާގެ ރައްޔިތުންނަށް ކަމަށެވެ. އެއީ ކިޑްނީގެ ވަގު މުއާމާލާތްތަކުގައި އިންޑިއާ މީހުން ޝާމިލްވާތީ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިންނަށް ސްރީލަންކާގައި ކިޑްނީ ފަރުވާ ހޯދޭނެ ގޮތްތަކާ ބެހޭ ގޮތުން ކުރެއްވި މަޝްވަރާގައި، ދިވެހި ސަރުކާރުގެ ރަސްމީ ލިޔުމެއް އޮވެގެން އަންނަ އެ ފަދަ ބަލި މީހުންނަށް ލަންކާއިން ކިޑްނީ އޮޕަރޭޝަން ކުރެވޭ ގޮތައް ހަމަޖައްސަވައި ދެއްވާނޭ ކަމަށްވެސް ލަންކާގެ ހެލްތް މިނިސްޓަރ ވިދާޅުވި ކަމަށް ކޮލޮމްބޯ ޕޭޖްގައި ވާ މި ޚަބަރުގައި ބުނެފައިވެއެވެ.

މި ބައްދަލު ކުރެއްވުމުގައި، އެކިއެކި ވަޒީފާތަކަށް ރާއްޖެ އަންނަ ލަންކާ ރައްޔިތުން ރާއްޖެ އައުމުގެ ކުރިން ކެއްސުން ބައްޔަށް ޓެސްޓް ކުރުމަށް ދިވެހި ސަރުކާރުން އެދޭ ކަމަށް ރާއްޖޭގެ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ލަންކާގެ ހެލްތް މިނިސްޓަރަ ދެންނެވި އެވެ. އަދި އެކަމަކީ ދެ ގައުމަށްވެސް ފައިދާ ހުރި ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ލަންކާގެ ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

މިކަންކަމާ ގުޅޭ އެއްބަސްވުން ތަކުގައި ދެ ގައުމުން އަންނަ ސެޕްޓެމްބަރ މަހު އޮންނަ ދެކުނު އަދި ދެކުނު އޭޝިޔާގެ ގައުމު ތަކުގެ ޑަބްލިޔު. އެޗް. އޯ. ބައްދަލުވުމުގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށްވެސް ލަންކާގެ ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

09 ޖުލައި 2024

މެކޭނިކަލް ހާރޓް ޕަމްޕަކާއި އޫރު ކިޑްނީ އެއް ލެއްވި ދުނިޔޭގެ ފުރަތަމަ މީހާ މަރުވެއްޖެ

09 ޖުލައި 2024
މެކޭނިކަލް ހާރޓް ޕަމްޕަކާއި އޫރު ކިޑްނީ އެއް ލެއްވި ދުނިޔޭގެ ފުރަތަމަ މީހާ މަރުވެއްޖެ
22 އެޕްރީލު 2022

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

22 އެޕްރީލު 2022
ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
03 އޮކްޓޯބަރު 2017

މި އަލާމާތްތައް ފެންނަނަމަ ކިޑްނީ އެވަނީ ނުރައްކަލުގައި!

03 އޮކްޓޯބަރު 2017
މި އަލާމާތްތައް ފެންނަނަމަ ކިޑްނީ އެވަނީ ނުރައްކަލުގައި!
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު