Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްދޯންޏަކަށް އިންޑިއާ ސިފައިން އެރި މައްސަލަ

މަސްދޯންޏަކަށް އިންޑިއާ ސިފައިން އެރިކަމަށްވަންޏާ އެކަން ތަކުރާރުނުވާނެ ގޮތަކަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރަންޖެހޭ: ރައީސް ޞާލިހު

ރާއްޖޭގެ އީއީޒެޑްގެ ތެރެއަށް ބޭރުގެ އެއްވެސް ގައުމަކަށް ހުއްދަ ނުނަގައި ވަދެވިގެން ނުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ފެބުރުއަރީ 2024 | ހޮނިހިރު 11:23
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ މަސްދޯންޏަކަށް އިންޑިއާ ސިފައިން އެރިކަމަށްވަންޏާ އެކަން ތަކުރާރު ނުވާނެ ގޮތަކަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީ ކުރިއަށްގެންދާ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަައުލޫމާތު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ ރާއްޖޭގެ އީއީޒެޑްގެ ތެރެއަށް ބޭރުގެ އެއްވެސް ގައުމަކަށް ހުއްދަ ނުނަގައި ވަދެވިގެން ނުވާނެ ކަމަށެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފު ކަމެއް ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ ރާއްޖޭގެ މަސްދޯންޏަކަށް އިންޑިއާގެ ސިފައިން އެރިކަމަށްވާނަމަ އެކަން ތަކުރާރު ނުވާނެ ގޮތަކަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެމްއެންޑީއެފުން ބުނީ 31 ޖަނަވަރީ 2024 އަދި 1 ފެބްރުއަރީ 2024 ވަނަ ދުވަހުގެ ރޭ އިންޑިއާ ކޯސްޓްގާޑުގެ މަނަވަރަކުން ރާއްޖޭގެ ޚާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި، ރާއްޖޭގެ މަސްވެރިކަންކުރާ ދޯނިތަކަކަށް އަރާފައިވާތީ، މިކަމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ދިވެހި ރާއްޖޭގެ ޤައުމީ ދިފާއީ ބާރުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަކަށް އިންޑިޔާ އަސްކަރިއްޔާ އިން އަރާ ހިންގި އޮޕަރޭޝަނަކީ ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއްނެތި އަދި ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް ހިންގި އޮޕަރޭޝަނެއްކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އޮޕަރޭޝަންގެ ތަފްސީލު ދިނުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

ިއިންޑިއާ-ރާއްޖެ އެމްޑީޕީކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު