Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލް ޤައިދާ

އަލްޤައިދާގެ ލީޑަރަކު އަމާންދީފި

1 އޯގަސްޓު 2017 | އަންގާރަ 02:58

ޢަބްދުލްނަބީ އަމާންދީ ހަވާލުވެފައިވަނީ ޔަމަނުގެ ލަހީޖުގެ ޔަފައާ ޑިސްޓްރިކްޓްގެ ސިފައިންނާ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 1 އޯގަސްޓު 2017 | އަންގާރަ 02:58
އަރަބި ޕެނިންސިއުލާގައި ހަރަކާތްތެރިވާ އަލްޤައިދާގެ ގޮފި، އަންސާރް އަލް ޝަރީޢާގެ އެއް ލީޑަރު، ޚާލިދު ޢަބްދުލްނަބީ

އަރަބި ޕެނިންސިއުލާގައި ހަރަކާތްތެރިވާ އަލްޤައިދާގެ ގޮފި، އަންސާރް އަލް ޝަރީޢާގެ އެއް ލީޑަރު، ޚާލިދު ޢަބްދުލްނަބީ

އަރަބި ޕެނިންސިއުލާގައި ހަރަކާތްތެރިވާ އަލްޤައިދާގެ ގޮފި، އަންސާރް އަލް ޝަރީޢާގެ އެއް ލީޑަރު، ޚާލިދު ޢަބްދުލްނަބީ އަމާންދީ، އަމިއްލައަށް ޔަމަނުގެ ސިފައިންނާއި ހަވާލުވެއްޖެއެވެ.

ޔަމަނުގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި ޢަބްދުލްނަބީ އަމާންދީ ހަވާލުވެފައިވަނީ ހޮނިހިރު ދުވަހުގެރޭގެ ވަގުތެއްގައި ޔަމަނުގެ ލަހީޖުގެ ޔަފައާ ޑިސްޓްރިކްޓްގެ ސިފައިންނާއެވެ.

ޔަފައާގެ އެމަޖެންސީ ޔުނިޓުގެ ކޮމާންޑަރު، ޖަލާލް އަލް ރަބީހީ ވިދާޅުވީ، ޢަބްދުލްނަބީ މިހާރު ހުރީ އެފަރާތްތަކުގެ ބެލުމުގެދަށުގައި ކަމަށާ، ކަމާއި ބެހޭ ފަރާތްތަކާއި ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށެވެ.

ޢަބްދުލްނަބީ އަމާންދީ ޔަމަނުގެ ސިފައިންނާއި ހަވާލުވުމާއި ގުޅިގެން، ރަބީހީ ވަނީ ހަނގުރާމަވެރި ޖަމާޢަތްތަކުގެ އެހެން ލީޑަރުންވެސް އެފަރާތްތަކަށް އަމާންދީ، އަމިއްލައަށް އެފަރާތްތަކާއި ހަވާލުވުމަށް ގޮވާލައްވާފައެވެ.

ޔަމަނުގެ ސަރުކާރުން ބުނީ، ޢަބްދުލްނަބީ އާއި ގުޅޭގޮތުން ސަރުކާރުން އެއްވެސް އެއްޗެއް ބުނާނީ އޭނާ އާއި ބައްދަލުކޮށް، ތަޙުޤީޤު ކުރުމަށްފަހު ކަމަށެވެ.

އަބޫ ބާސިރު އަލް ޔަޒީދީގެ ނަމުންވެސް މަޝްހޫރުވެފައިވާ ޢަބްދުލްނަބީ އަކީ އެމެރިކާގެ ޖާސޫސީ އިދާރާތަކުން ހޯދަމުންދާ ހަނގުރާމަވެރިންގެ ތެރެއިން މުހިއްމު މީހެކެވެ. 2011 ވަނަ އަހަރުން ފެށިގެން އަލްޤައިދާއިން ޔަމަނުގެ އަބްޔާނަށް ގަދަވެގަނެގެން ތިބިއިރު، ޢަބްދުލްނަބީ ވަނީ "ޖާރުގެ އަމީރު" ގެ މަޤާމު ފުރާފައެވެ. 2012 ވަނަ އަހަރު އަބްޔާނުން އަލްޤައިދާ ފައްސައިލުމަށްފަހު ޢަބްދުލްނަބީއަށް ވީނުވީއެއް ޔަމަނާއި އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ނޭނގުނު ނަމަވެސް، އެފަރާތްތަކުން ދިޔައީ ޢަބްދުލްނަބީ ހޯދުމުގެ މަސައްކަތް ހުއްޓައިނުލައި ކުރަމުންނެވެ.

އަލްޤައިދާގެ ކުރީގެ ލީޑަރު، އުސާމާ ބިން ލާދިންގެ އަރިސް މީހެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޢަބްދުލްނަބީ އަކީ އެ ޖަމާޢަތުގައި މިހާރު ތިބި ލީޑަރުންގެ ތެރެއިން އުސާމާ ބިން ލާދިންގެ ފުރިހަމަ އިތުބާރު ލިބިފައިވާ މަދު ފަރާތްތަކުގެ ތެރެއިން އެކަކު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2024

ތުރުކީގެ ލޯކަލް އިންތިޚާބު ކާމިޔާބުކުރި ލާދީނީ ލީޑަރަކު ބެލްކަނީގައި އުފާފާޅުކުރަން ހުއްޓައި ވެއްޓި މަރުވެއްޖެ

02 އެޕްރީލު 2024
ތުރުކީގެ ލޯކަލް އިންތިޚާބު ކާމިޔާބުކުރި ލާދީނީ ލީޑަރަކު ބެލްކަނީގައި އުފާފާޅުކުރަން ހުއްޓައި ވެއްޓި މަރުވެއްޖެ
02 އޯގަސްޓު 2022

އެމެރިކާއިން އަލްޤައިދާގެ އިސް ލީޑަރު މަރާލައިފި

02 އޯގަސްޓު 2022
އެމެރިކާއިން އަލްޤައިދާގެ އިސް ލީޑަރު މަރާލައިފި
31 އޯގަސްޓު 2021

އަލްޤައިދާގެ މައި ލީޑަރު، އަދި އުސާމާގެ އެންމެ އަރިސް މީހާ 20 އަހަރަށްފަހު އަމިއްލަ ވަޒަނަށް!

31 އޯގަސްޓު 2021
އަލްޤައިދާގެ މައި ލީޑަރު، އަދި އުސާމާގެ އެންމެ އަރިސް މީހާ 20 އަހަރަށްފަހު އަމިއްލަ ވަޒަނަށް!
10 އޮކްޓޯބަރު 2019

އަލްޤައިދާގެ ދެކުނު އޭޝިޔާގެ ލީޑަރު މަރާލައިފި

10 އޮކްޓޯބަރު 2019
އަލްޤައިދާގެ ދެކުނު އޭޝިޔާގެ ލީޑަރު މަރާލައިފި
06 ޖުލައި 2019

ތެޔޮ ބޯޓް ހިފެހެއްޓި މައްސަލައިގައި އީރާނުގެ ދީނީ ލީޑަރަކު އިނގިރޭސިވިލާތަށް ބިރުދައްކައިފި

06 ޖުލައި 2019
ތެޔޮ ބޯޓް ހިފެހެއްޓި މައްސަލައިގައި އީރާނުގެ ދީނީ ލީޑަރަކު އިނގިރޭސިވިލާތަށް ބިރުދައްކައިފި
28 ޖެނުއަރީ 2019

ފްރާންސްގެ ޔެލޯވެސްޓް މުޒާހަރާގެ ލީޑަރަކު ޒަޚަމްކޮށްލައިފި

28 ޖެނުއަރީ 2019
ފްރާންސްގެ ޔެލޯވެސްޓް މުޒާހަރާގެ ލީޑަރަކު ޒަޚަމްކޮށްލައިފި
18 އޮކްޓޯބަރު 2017

މިނިވަންކަމަށް މަސައްކަތްކުރި ދެ ލީޑަރަކު ހައްޔަރުކުރުމުން ބާސެލޯނާގައި މުޒާހާރާއެއް

18 އޮކްޓޯބަރު 2017
މިނިވަންކަމަށް މަސައްކަތްކުރި ދެ ލީޑަރަކު ހައްޔަރުކުރުމުން ބާސެލޯނާގައި މުޒާހާރާއެއް
17 އޮކްޓޯބަރު 2017

ކެޓަލޯނިއާގެ މިނިވަން ކަަމަށް މަސައްކަތްކުރި އިސް ދެ ލީޑަރަކު ޖަލަށް

17 އޮކްޓޯބަރު 2017
ކެޓަލޯނިއާގެ މިނިވަން ކަަމަށް މަސައްކަތްކުރި އިސް ދެ ލީޑަރަކު ޖަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް