Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނެޒުއޭލާ

އެމެރިކާއިން މަޑޫރޯ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި

މިއީ ޑިމޮކްރަސީއަށް ކުރިމަތިވި ބޮޑު ހުރަހެއްގެ އިތުރުން ބާރު ހޯދުމަށް ހިންގުނު ބޮޑު ޖަރީމާއެއް: އެމެރިކާ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 1 އޯގަސްޓު 2017 | އަންގާރަ 00:13
ނިކޮލަސް މަޑޫރޯ: ވެރިކަންކުރާ ޕާޓީއަށް ހައްދެއްނެތި ބާރުތައް ލިއްބައިދޭން ގެންދަވަނީ މަގުފަހުކުރައްވަމުން

ނިކޮލަސް މަޑޫރޯ: ވެރިކަންކުރާ ޕާޓީއަށް ހައްދެއްނެތި ބާރުތައް ލިއްބައިދޭން ގެންދަވަނީ މަގުފަހުކުރައްވަމުން

ވެނެޒުއޭލާގައި ވެރިކަންކުރާ ޕާޓީއަށް ހައްދެއްނެތި ބާރުތައް ލިއްބައިދޭން ފާސްކޮށް، ނިމިގެންދިޔަ ހަފްތާބަންދުގައި އެ ޤައުމުގައި ނެގި ވޯޓާއި ގުޅިގެން، އެމެރިކާއިން، ވެނެޒުއޭލާގެ ރައީސް، ނިކޮލަސް މަޑޫރޯ އާއި ދެކޮޅަށް މާލީގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ.

އަލަށް އެޅި ފިޔަވަޅުތަކުގެ ދަށުން، އެމެރިކާގެ ބާރު ހިނގާ ހުރިހާތަނެއްގައި ހުރި ރައީސް މަޑޫރޯގެ އެސެޓުތައް ފްރީޒްކޮށް، އެމަނިކުފާނާއި އެކު ވިޔަފާރިކުރުން އެމެރިކާގެ ރައްޔިތުންނަށް ވަނީ މަނާކޮށްފައެވެ.

ވެނެޒުއޭލާގެ ޤާނޫނުއަސާސީ އަލުން އެކުލަވާލުމަށް މަޖިލީހެއް އުފެއްދުމަށް ނެގި ވޯޓާއި ގުޅުވައިގެން އެމެރިކާއިން ބުނީ، މިއީ ޑިމޮކްރަސީއަށް ކުރިމަތިވި ބޮޑު ހުރަހެއްގެ އިތުރުން ސަރުކާރަށް ނާޖާއިޒު ބާރު ހޯދުމަށް ހިންގުނު ބޮޑު ޖަރީމާއެއް ކަމަށެވެ.

އެމެރިކާގެ ބާރު ހިނގާ ހުރިހާތަނެއްގައި ހުރި ރައީސް މަޑޫރޯގެ އެސެޓުތައް ފްރީޒްކުރުމަށް އެމެރިކާއިން ނިންމާފައިވާއިރު، މަޑުރޯގެ އެއްވެސް އެސެޓެއް އެފަދަ ތަނެއްގައި ހުރިކަން މިހާތަނަށް ހާމަވެފައެއް ނުވެއެވެ. އެހެންކަމުން މި ފިޔަވަޅުތަކުން ރައީސް މަޑޫރޯއަށް ލިބިވަޑައިގަންނަވާނެ ގެއްލުން ވަޒަން ނުކުރެވުނު ނަމަވެސް، ޤައުމެއްގެ ވެރިއަކާއި ދެކޮޅަށް މިފަދަ ފިޔަވަޅެއް އެޅުމަކީ މަދުން ނޫނީ އެމެރިކާއިން ކުރާ ކަމެއް ނޫނެވެ. އަދި މީގެ ކުރިން އެމެރިކާއިން މިފަދަ ފިޔަވަޅު އަޅާފައިވާ ރައީސުންނާއި ދެކޮޅަށް އިތުރު ޤައުމުތަކުންވެސް ވަނީ މިފަދަ ފިޔަވަޅުތައް އަޅާފައެވެ.

އެގޮތުން ސީރިއާގެ ރައީސް ބައްޝާރް އަލް އަސަދާއި، ޒިމްބާބުވޭގެ ރައީސް ރޮބަރޓް މުގާބޭގެ އިތުރުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން އާއި ދެކޮޅަށްވެސް އެމެރިކާއިން ވަނީ މިފަދަ ފިޔަވަޅުތައް އަޅާފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު