Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާރާމާރީ ހާދިސާ

މޫނު ނިވާކޮށްގެން ތިބި ގުރޫޕަކުން ޒުވާނަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލި

މިހާދިސާ ހިނގާފައިވަނީ 09:10 ހާއިރު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 31 ޖުލައި 2017 | ހޯމަ 16:15
ހާދިސާ ހިނގިތަން

ހާދިސާ ހިނގިތަން

މޫނު ނިވާކޮށްގެން ތިބި ގްރޫޕަކުން ވަޅިން ހަމަލާދީ ޒުވާނަކު މަރާލިތާ ދެ ދުވަސް ފަހުން، ހޯމަ ދުވަހުގެ ރޭ އަނެއްކާ ވެސް ޒުވާނަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ހަމަލާދީ ޒަހަމްކޮށްލީ ހަދީދީ މަގުގައި ހުރި ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ހުރި ޒުވާނެކެވެ. އޭނާ ލިޓަސް އަށް ދިޔައީ ކޮން ކަމެއްގައި ކަމެއް ނޭނގެ އެވެ.

ހޯމަ ދުވަހުގެ ރޭ 9:10 ހާއިރު ޒަހަމްކޮށްލި މި ޒުވާނާގެ މޭގެ އެކިތަންތަނަށް ހަމަލާދީފައިވެ އެވެ.

މަންޒަރު ފެނުނު ބައެއް މީހުން ބުނި ގޮތުގައި ޒުވާނާ އަށް ހަމަލާދިނީ ތިން ސައިކަލުގައި ދިޔަ ބައެވެ.

"އޭނާގެ މޭގެ އެތައް މިތަނަށް ހުރީ ވަޅި ޖަހާފައި. ލޭގެ ކޯރެއް އޮތީ ހެދިފައި. ފެންނަ ފެނުމަށް އެ މީހާ ސަލާމަތްވުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ގަބޫލުކުރެވޭ،" މައުލޫމާތު ދިންމީހާ ބުންޏެވެ.

ޒަހަމްވި ޒުވާނާއަށް ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.

މި ހާދިސާ ހިނގައިފައިވާ އިރު ބުރާސްފަތި ދުވަހު ހަވީރު ވެސް ޒުވާނަކަށް ވަޅިން ހަމަލާދީފައިވެއެވެ. ހަމަލާދިން އެ ޒުވާނާ މަރުވެފައި ވަނީ ހޮނިހިރު ދުވަހު ހަވީރު އެވެ. އެދުވަހު މަރުވި ޒުވާނާއަކީ ހއ. ތަކަންދޫ އިބްރާހިމީ ހިޔާ، ނަދީމް އަބުދުއްރަހްމާން އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު