Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ އޭޝިއަން ކަޕް

ޔޫއޭއީ ބަލިކޮށް، ތަޖިކިސްތާނު ގޮވައިގެން ސެގާޓް ކުއާޓާ ފައިނަލަށް

ތަޖަކިސްތާނުން ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރި، ޔޫއޭއީ އަށް ކުރެވުނީ ތިން ޕެނަލްޓީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2024 | ހޯމަ 01:59
މެޗަށްފަހު ތަޖަކިސްތާންގެ ކުޅުންތެރިން އަދި ކޯޗު ސެގަޓް އުފާ ފާޅު ކުރަނީ

މެޗަށްފަހު ތަޖަކިސްތާންގެ ކުޅުންތެރިން އަދި ކޯޗު ސެގަޓް އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕްގެ ގަދަ 16 ވަނަ ބުރުގައި ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ) ބަލިކޮށް، ތަޖަކިސްތާނުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ޤަތަރުގެ އަޙުމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗު ތަޖަކިސްތާނުން ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ތަޖަކިސްތާނުން ވަނީ ލަނޑު ޖަހައި، ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ވަހްދަތު ހަނޫނޫ އެވެ. ޔޫއޭއީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި އެ ލަނޑު ޖެހީ، ޚަލީފާ އަލް ހަންމާދީ އެވެ. ދެ ޓީމު އެއްވަރުވެ، ކުޅުނު އިތުރު ވަގުތުގައި ދެ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެެއް ނުޖެހެ އެވެ.

އެހެންވެ، ނަތީޖާ ނެރުމަށް ޖެހީ ޕެނަލްޓީ އެވެ. ޕެނަލްޓީގައި ތަޖަކިސްތާނުން ވަނީ ފަސް ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފަ އެވެ. ޔޫއޭއީ އަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ. އެ ޓީމުގެ އެއް ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ. ޔޫއޭއީގެ މައްޗަށް ތަޖަކިސްތާނުން ކުރި ހޯދީ 5-3 އިންނެވެ.

ސެގަޓް އަކީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ކާމިޔާބު ކޮށްދިން ކޯޗެވެ. އެކަމަކު ޑިސިޕްލިން އަށް ބާރު އަޅާ ކޯޗު ރާއްޖޭގައި ހުރިއިރު ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އޭނާ އާއި ބައެއް ކުޅުންތެރިންނާ މައްސަލަ ޖެހުމެވެ. އަދި ދިވެހި ބައެއް ކޯޗުންނާ ވެސް ހިޔާލު ތަފާތު ވުމެވެ. ބޮޑު މައްސަލަ ގަނޑަކަށް ފަހު، ރާއްޖޭގެ ކޯޗުކަމުން ސެގަޓް ވަކިކުރީ 2019 ވަނަ އަހަރުގެ އޭޝިއަން ގޭމްސް އަށް ފަހު އެވެ. އޭގެ ފަހުން ތަޖަކިސްތާނާ އޭނާ ހަވާލުވީ 2022 ވަނަ އަހަރު އެވެ. އޭނާ ވަނީ ތަޖިކިސްތާނަށް 2022 ގެ ކިންގްސް ކަޕާއި މިދިޔަ އަހަރުގެ މާޑެކާ ކަޕް ވެސް ކާމިޔާބުކޮށްދީފަ އެވެ.

ސެގަޓަކީ ރާއްޖެ އައުމުގެ ކުރިން ޖޯޖިއާގެ ގައުމީ ޓީމާއި 21 އަހަރުން ދަށުގެ ކޯޗުކަން ކުރި މީހެކެވެ. އަދި އޭނާ ވަނީ ޖަރުމަނުގެ ޓީމުތަކަށް ކޯޗު ކޮށްދިނުމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު