Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ލިވަޕޫލް ފައިނަލަށް ދިޔުމުން، ކްލޮޕްގެ ތައުރީފު ކުޅުންތެރިންނަށް

އޭނާ ބުނީ، ލިވަޕޫލްގައި ތިބި ކުޅުންތެރިންނަކީ ވަރަށް ގަދަޔަށް މަސައްކަތް ކުރާ، އާދަޔާ ޚިލާފު ކުޅުންތެރިންތަކެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖެނުއަރީ 2024 | ހުކުރު 01:00
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް

އިނގިރޭސި ލީގު ކަޕް (ކަރަބޯ ކަޕް) ގެ ފައިނަލުން ލިވަޕޫލަށް ޖާގަ ލިބުނީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށް ބުނެ، އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕްް ކުޅުންތެރިންނަށް ތައުރީފު ކޮށްފި އެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ލިވަޕޫލްގެ އެންފީލްޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. ފުލަމްގެ ދަނޑުގައި ކުޅުނު ދެ ވަނަ ލެގު 1-1 އިން އެއްވަރުވީއިރު، އެގްރިގޭޓުން ކުރި ހޯދީ ލިވަޕޫލް އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ކްލޮޕް ބުނީ، އަނެއްކާ ވެސް ލިވަޕޫލް ފައިނަލެއްގައި ކުޅުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ސެމީ ފައިނަލްގެ ދެ ވަނަ ލެގުގެ ކުރިން، އެއްވެސް ކަމެއް ޔަގީން ނުކުރުމަށް ކުޅުންތެރިންނަށް އިރުޝާދު ދީފައިވާނެ ކަމަށް ވެސް ކްލޮޕް ބުންޏެވެ. ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނީ އެގޮތަށް ނުދެކި، ހިތްވަރާއެކު މަސައްކަތް ކުރި މަންޒަރު ކަމަށް ކްލޮޕް ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ، ލިވަޕޫލްގައި ތިބި ކުޅުންތެރިންނަކީ ވަރަށް ގަދަޔަށް މަސައްކަތް ކުރާ، އާދަޔާ ޚިލާފު ކުޅުންތެރިންތަކެއް ކަމަށެވެ. އެ ކުޅުންތެރިން އަބަދު ވެސް ބޭނުންވަނީ މޮޅުވަން ކަމަށާއި، މަސައްކަތް ކުރަނީ ވެސް އެ ރޫޙުގައި ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ. އެހެންކަމުން، ދެން މަސައްކަތް ކުރާނީ ކުރިއަށް ހުރި އެހެނިހެން މެޗުތަކަށް ކަމަށާއި، އެއަށްފަހު ފައިނަލަށް ނިކުންނާނީ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ކަމަށް ވެސް ކްލޮޕް ބުންޏެވެ. އޭނާ ފާާހަގަ ކުރި ގޮތުގައި މިވަގުތު ލިވަޕޫލް އޮތް ރަނގަޅު ފޯމު ދަމަހައްޓައިގެން ކުރިއަށް ދިޔުމަކީ ވަރަށް މުހިންމު ކަމެކެވެ.

އަންނަ މަހުގެ 25 ވަނަ ދުވަހު ކުޅޭ ލީގު ކަޕްގެ ފައިނަލްފައި ލިވަޕޫލް ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. އޭގެ ކުރިން އަންނަ މަހުގެ އެއް ވަނަ ދުވަހު، އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ޗެލްސީއާ ދެކޮޅަށް ލިވަޕޫލް ކުޅޭނެ އެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

21 ފެބުރުއަރީ 2017
ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު