Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައީމާގެ މަރުގެ މައްސަލަ

ނަޢީމާގެ މަރުގެ މައްސަލައިގެ ޝަރީޢަތާބެހޭ މަޢުލޫމާތު ވަގުތުން ބެލޭގޮތް ހަދަނީ

25 ޖެނުއަރީ 2024 | ބުރާސްފަތި 00:31

ނައީމާގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ފެށުމަށް ވަނީ ހަމަޖެހިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ޖެނުއަރީ 2024 | ބުރާސްފަތި 00:31
ނައިމާ މޫސާ މާރާލާފައި އޮއްވާ ފެނުނީ އޭނާގެ ގެއިން

ނައިމާ މޫސާ މާރާލާފައި އޮއްވާ ފެނުނީ އޭނާގެ ގެއިން

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ނ.މަނަދޫ އަންނާރުމާގޭ ނަޢީމާ މޫސާގެ މަރުގެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ވެބްސައިޓުން ވަގުތުން ބެލޭގޮތް ހަދަން ނިންމާފައިވާކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ މި ޝަރީޢަތާބެހޭ މަޢުލޫމާތަކީ ޢާންމުންގެ މަޞްލަޙަތާއި ޝައުޤުވެރިކަން އޮތް މައްސަލައެއްކަމަށް ފެންނާތީއާއި، މި މައްސަލައިގެ މަޢުލޫމާތު ޢާންމުންނަށް ފެންނާނޭގޮތް ހެދުމަށް، އެ އޮފީހުގެ މީޑިއާ ވެބްސައިޓުގެ "ޢާންމު ޝައުޤު"ބައިގައި، މި މައްސަލައިގެ މަޢުލޫމާތު އާންމު ކުރަމުން އަންނަކަމަށެވެ. މީގެ ބޭނުމަކީ، މި މައްސަލައާއި، (މިބާވަތުގެ ޢާންމު މަޞްލަޙަތު ހިމެނޭ މައްސަލަކުގެ އަދާހަމަ މަޢުލޫމާތު ވެބްސައިޓުގައި ޢާންމުކުރަމުން ދިއުމުގެ ސަބަބުން) ބެހޭ މަޢުލޫމާތު އޮފީހަށް ގުޅައިގެން ސާފުކުރަން ނުޖެހޭނޭ އިންތިޒާމެއް ހަމަޖެއްސުންކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

Advertisement - newsAdvertisement

ޕީޖީ އޮފީހުން އިތުރަށް ބުނީ "އާންމު ޝައުގު" ބައިން މި މައްސަލައިގެ ހާދިސާއާއި، ދައުވާލިބޭ މީހުންގެ މަޢުލޫމާތާއި، ކުރާ ދަޢުވާއާއި، މައްސަލަ މިހާރު އޮތް ހިސާބާއި، މައްސަލައިގެ އަޑުއެހުމެއް ކޯޓުގައި ޝެޑިއުލް ކޮށްފައިވާނަމަ، އެ މަޢުލޫމާތު އޮޓޮމެޓިކުން އަދާހަމަކުރަމުންދާނެކަމަށެވެ. އަދި މިބަޔަށް ލިބޭ ޚިޔާލަށް ބެލުމަށްފަހު، އިތުރު މަޢުލޫމާތުތައް ވެސް ހާމަކުރުމާމެދު ގޮތެއް ނިންމާނެކަމަށް އެ އޮފީހުން ބުނެއެވެ.

ނައީމާގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އަހުޒަމް އަބްދުލްޝަކޫރު (23 އަހަރު) އާއި، ވިނަރެސް، ނ. މަނަދޫ، ހަސަން ފަވާޒު (21 އަހަރު) އަދި ނ. މަނަދޫ، އަބްދުލްވާހިދު ރިފާސް (21 އަހަރު) އެވެ.

އެ މީހުންގެ މައްޗަށް އުފުލަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާއެވެ.

ނައީމާގެ ޚަބަރެއް ނުވާތާ ދެ ދުވަސް ވެގެން ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެ ގެއަށް ވަނީ، އޭނާ ދިރިއުޅޭ ކޮޓަރީގެ ދޮރު ވައްޓާލައިގެން ކަމަށް ފުލުހުން ބުނެއެވެ. 

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް