Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސަގެ މަަރުގެ މައްސަލަ

މޫސަގެ މަރު: ސައްމާހުއާއި ނާޒިޝް ވަޅިއެއް ގެންގުޅެގެން ކުރި ދައުވާ ސާބިތެއް ނުވި

މި މައްސަލައިގެ ގަޒިއްޔާތައް ބައްލަވަމުން ގެންދަވަނީ އެ ކޯޓުގެ ދެ ސެކްޝަނަކުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2024 | އަންގާރަ 07:56
ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

ތޫނު އެއްޗަކުން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލައާ ގުޅުންހުރި ދައުވާތަކެއްގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މިހާރު މި މައްސަލައިގެގަޒިއްޔާތައްބައްލަވަމުން ގެންދަވަނީ އެ ކޯޓުގެ ދެ ސެކްޝަނަކުންނެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު އޮތް މައްސަލައަކީ މަގްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ ކޮށްފައިވާ މައްސަލައެކެވެ. އެއީ ދައުވާލިބޭ މީހުން ވަޅިއެއް ގެންގުޅެފައިވާތީ އުފުލާފައިވާ ދައުވާއެކެވެ.

އެ ދައުވާ ކޮށްފައިވަނީ އިބްރާހީމް ސައްމާހު އަހުމަދު ފަތުހީއާއި، ސ. ހިތަދޫ ގުލްބަކާގޭ، މުހައްމަދު ނާޒިޝް ނާޒިމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، އެ ދެމީހުންގެ މައްޗަށް ކުރާ މަޤްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުނުވާކަމަށެވެ.

މި މައްސަލައިގައި ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެއްވެސް އުފުލާފައިވެއެވެ.

އެ މައްސަލައިގައިވެސް އަންގާރަ ދުވަހު ޙުކުމް ކުރައްވާފައިވާއިރު، އެ ދައުވާވެސް ސާބިތުނުވާކަމަށް ވަނީ ޙުކުމް ކުރައްވާފައެވެ.

2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި ގޭންގު މާރާމާރީއެއްގައި، ވ.ކެޔޮދޫ ދޭލިޔާގޭ މޫސާ އަޙްމަދު މަރާލި މައްސަލައާއި ގުޅިގެން އިތުރު މީހުންގެ މައްޗަށްވެސް ދައުވާތަކެއް އުފުލައި ޝަރީއަތް ކުރިއަށްދެއެވެ. އެ މައްސަލަތައްވެސް އޮތީ ޙުކުމާއި ހިސާބުގައެވެ.  

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު