Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަކީ ރައްޔިތުން އައްޔަންކޮށްފައި ތިބި އެންމެންގެ ޒިންމާ އެއް، މަސައްކަތް އަވަސްކުރަން ޖެހޭ - އާޒިމް

މާލޭގެ ރައްޔިތުންގެ ޒަރޫރީ ހުރިހާ ކަމެއް ޔަޤީންކޮށްދިނުމުގެ ޒިންމާ އަކީ މަލޭގެ މޭޔަރގެ ޒިންމާ އެއް ކަަމަށް އާޒިމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2024 | އާދީއްތަ 01:37
އާދަމް އާޒިމް

އާދަމް އާޒިމް

ހުރިހާ މައްސަލަތަކެއްގެ ފެށުން ގުޅިފައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ކަމަށާއި އެކަން ހައްލުކޮށްދިނުމަކީ ރައްޔިތުން އައްޔަންކޮށްފައި ތިބި އެންމެންގެ ޒިންމާ އެއް ކަމަށް އިންތިޚާބީ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހޮނިިރު ދުވަހުގެ ރޭ ބޭއްވި ބިންވެރިންގެ ސައްލާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މާލޭގެ މޭޔަރގެ ބައި އިލެކްޝަންގައި އާއްމުން ދިން މެސެޖަކީ އާއްމުން ބޭނުން ވަނީ ބްރިޖަކުން ދެވޭ ތަނަކަށް ދިއުމުގެ މެސެޖްކަމަށެވެ. އެތައް ޒަމާނެއްވަންދެން ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް މިދިޔަ ސަރުކާރުން ހައްލެއް ގެންނަން ފަށާފައިވާ ކަަމަށާއި އެ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދިއުމަށް ސަރުކާރަށް އާޒިމް ވަނީ ގޮވާލައްވާފައެވެ. އަދި ފުށިދިއްގަރުފަޅު ހިއްކުމުގެ ބަދަލުގައި އަވަހަށް އާއްމުންނަށް ދެވޭނެ ތަނެއްގައި އަސާސީ ޚިދުމަތްތައް ހަމަޖައްސާދެއްވުން އެދިވަޑައިގަންނަވާ ކަަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އެގޮތުން އުތުރުތިލަފަޅު ފަދަ ކުރީ ސަރުކާރުން ހިއްކަން ފަށާފައިވާ ތަންތަން ނިންމުގެ މަސައްކަތް ސަރުކާރުން އަވަސްކޮށްދިނުމަށް ވެސް އޭނާ ވަނީ އެދިވަޑައިގައިގަންނަވާފައެވެ.

Advertisement - newsAdvertisement

މާލޭގެ ރައްޔިތުންގެ ޒަރޫރީ ހުރިހާ ކަމެއް ޔަޤީންކޮށްދިނުމުގެ ޒިންމާ އަކީ މަލޭގެ މޭޔަރގެ ޒިންމާ އެއް ކަަމަށް އާޒިމް ވިދާޅުވިއެވެ. އަދި އޭނާ އަށް ވޯޓުދީ އައްޔަންކޮށްފައި ވަނީ އޭނާ ދެއްކި ވާހަކަތައް ބަލައިގަނެގެންކަމަށް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ. މާލޭގައި ދިރިއުޅެމުންދާ މީހުންނާއި، މާލޭގެ ގެދޮރު ބޭނުންވާ މީހުންގެ ތެރެއިން ފުށިދިއްގަރުފަޅަށް ދާން ބޭނުންވާ މީހުން މޭޔަރ ބައި އިލެކްޝަންގައި އާޒިމް އަށް ވޯޓުދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ރައްޔިތުން އާޒިމް މޭޔަރކަމަށް އައްޔަންކުރުމަކީ މާލޭގެ ރައްޔިތުން ބޭނުންވަނީ ބްރިޖަކުން ގުޅިފައި ހުރިތަނަކަށް ދާންކަން ސާފުކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އަޑު ސަރުކާރުން އެހި ނަމަ ބިންވެރިންގެ ސައްލާ އަށް ދާނީ ހައުސިން މިނިސްޓަރކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި އެ ސައްލާ އަށް މިނިސްޓަރ ވަޑައިނުގަތުމުން ހިތާމަކުރައްވާ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. މާލޭގެ ގޯތީގެ މައްސަލައަކީ 40 އަހަރަށް ވުރެ ގިނަ އަހަރުވީ މައްސަލަ އަކަށް ވާއިރު ސަރުކާރުން އެކަމަށް ދޭ ސަމާލުކަން ކުޑަކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކައުންސިލްތަކާއި، މަޖިލިސް އަދި ރައީސްކަމަށް މީހަކު ހޮވުމުގައި ރައްޔިތުންގެ ޒިންމާ އަދާކުރަމުންދާ ކަމަށާއި ބަދަލުގައި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ނުދެވޭ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. ބޯހިޔާވަހިކަމަށް ހައްލު ހޯދާދިނުމަށް ގެންނަން ޖެހޭ ޤާނޫނީ ބަދަލުތައް ހުރިނަމަ، އެކަން ނުކުރެވި ވަނީ އިޚުލާސްތެރިކަމެއް ނެތުމުން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު