Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޯމާ

ރޯމާގެ ކޯޗަކަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، ޑީ ރޮސީ ހަމަޖައްސައިފި

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބަށް އިރުޝާދު ދޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖެނުއަރީ 2024 | ބުދަ 01:55
ރޯމާގެ ކޯޗަކަށް ހަމަޖެއްސި ޑީ ރޮސީ

ރޯމާގެ ކޯޗަކަށް ހަމަޖެއްސި ޑީ ރޮސީ

އިޓާލިއަން ލީގުގެ ރޯމާގެ ކޯޗަކަށް، އެ ޓީމުގެ ކުރީގެ ޑިފެންސިވް މިޑްފީލްޑަރު ޑެނިއެލް ޑީ ރޮސީ ހަމަޖައްސައިފި އެވެ.

ރޯމާގެ ކޯޗުކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުރި ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ މަގާމުން ވަކި ކުރުމުންނެވެ. އޭނާ މަގާމުން ވަކި ކުރަން ރޯމާ އިން ނިންމީ، މި ސީޒަންގައި އެ ޓީމުގެ ނަތީޖާތައް ދަށްވުމުންނެވެ. މޮރީނިއޯގެ އިތުރުން، އޭނާ އާއެކު މަސައްކަތް ކުރި އެހެނިހެން ކޯޗިން އޮފިޝަލުން ވެސް ވަކި ކުރަން ވަނީ ނިންމައިފަ އެވެ.

މޮރީނިއޯ ވަކިކުރުމަށްފަހު، މިހާރު ރޯމާ އިން ވަނީ އެ ޓީމުގެ ކޯޗަކަށް އުމުރުން 40 އަހަރުގެ ޑީ ރޮސީ ހަމަޖައްސައިފަ އެވެ. އެ ކުލަބުން ވަނީ އެކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ. އެކުލަބާއެކު އޭނާ ސޮއި ކުރީ ކުރު މުއްދަތެއްގެ އެއްބަސްވުމެއްގަ އެވެ. އެގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބަށް އިރުޝާދު ދޭނެ އެވެ. ނަމަވެސް، އޭނާގެ އިރުޝާދުގެ ދަށުން ރޯމާގެ ނަތީޖާތައް ރަނގަޅުނަމަ، އިތުރު މުއްދަތަކަށް އެއްބަސްވުން އައު ކުރުމުގެ އިޚްތިޔާރު ވެސް ރޯމާ އަށް އޮންނާނެ އެވެ.

ޑީ ރޮސީ އަކީ 2001 ވަނަ އަހަރުން ފެށިގެން، 2019 ވަނަ އަހަރަށް ރޯމާ އަށް ކުޅުނު ކުޅުންތެރިޔެކެވެ. އޭނާ ވަނީ އެ ކުލަބުގައި 18 ސީޒަން ހޭދަކޮށްފަ އެވެ. އެ މުއްދަތުގައި ޑީ ރޮސީ ވަނީ ރޯމާ އަށް 616 މެޗު ކުޅެދީ، 63 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ އިޓާލިއަން ކަޕް ދެ ފަހަރު، އަދި އިޓާލިއަން ސުޕަ ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ. އޭނާ އަކީ އިޓަލީ ޤައުމީ ޓީމަށް ވެސް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިޔެކެވެ. ޤައުމީ ޓީމަށް އޭނާ ވަނީ 117 މެޗު ކުޅެދީ، 21 ލަނޑު ޖަހައިފަ އެވެ. އިޓަލީން 2006 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގައި ވެސް އޭނާ ހިމެނެ އެވެ.

ރަސްމީކޮށް ކުޅުން ހުއްޓާލުމަށްފަހު، ޑީ ރޮސީ ކޯޗިން ކެރިއަރު ފެށީ 2022 ވަނަ އަހަރު އެވެ. އެ އަހަރު އޭނާ ކޯޗިންގެ ކެރިއަރު ފެށީ އިޓަލީގެ އެސްޕީއޭއެލް އިންނެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ކުލަބުން ކުޅުނީ 17 މެޗެވެ. އޭގެ ތެރެއިން އެ ކުލަބު މޮޅުވީ ތިން މެޗުންނެވެ. ހަ މެޗު އެއްވަރުވެފައިވާއިރު، އަށް މެޗުން ވަނީ ބަލިވެފަ އެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު