Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރުން ރައްޔިތުން މާޔޫސް ކުރުން

މި ސަރުކާރުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރައްޔިތުން މާޔޫސްކޮށްލައިފި - ރައީސް ޞާލިހު

ރައްޔިތުންގެ އުއްމީދު ގެއްލިއްޖެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2024 | ހުކުރު 06:43
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި، މި ސަރުކާރުން ރައްޔިތުން މާޔޫސް ކޮށްލައިފި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

'ފެހި. ތަނަވަން. މާލެ' ކެމްޕޭން ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޞާލިހް ވިދާޅުވީ ދާދިފަހުން ރާއްޖޭގައި ރިޔާސީ އިންތިހާބެއް ނިމިގެން ހިންގައްޖެ ކަމަށެވެ. ރައްޔިތުން އައު ސަރުކާރެއް އިންތިހާބުކޮށްފައިވާ ކަމަށާއި، އަދި އެ ހެދި ދޮގުތަކާއި، ކުރި ކަންތައްތަކާއެކުގައި ނަމަވެސް ވެރިކަމަށް ބަޔަކު އަތުވެއްޖެ ކަމަށެވެ. ރައީސް ސާލިޙު ވިދާޅުވީ ރައްޔިތުންގެ އުއްމީދުތަކާއި ބޭނުންތަކެއް އޮތް ކަމަަށާއި، ރައްޔިތުން އުއްމީދުކުރީ ކުރިއަށްވުރެ ރަނގަޅަށް ރައްޔިތުންނަށް ހިދުމަތްތަކެއް މި ސަރުކާރުން ކޮށްދެއްވާނެ ކަމަށެވެ.

އެހެންނަމަވެސް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރައްޔިތުން މާޔޫސް ކޮށްލައިފި ކަމަށާއި، ރައްޔިތުންގެ އުއްމީދު ގެއްލިއްޖެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. ދޮގުމައްޗަށް ދޮގު ހަދާތަން ފެންނަމުންދާ ކަމަށާއި، މި ދޮގުތައް ހަދަމުން ދަނީ މާލެ އަދި މުޅި ރާއްޖޭގެ ރައްޔިތުންނަށް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން މިއަދު ތިބީ ކުރެވުނު ކަންތަކާއި ދޭތެރޭގައި ކަންބޮޑުވެފައި ކަމަށެވެ.

އެމްޑީޕީ މިއަދު އޮތީ އިދިކޮޅު ޕާޓިގެ ގޮތުގައި ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް އެމްޑީޕީން ކުރާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ ނިމިގެންދިޔަ އެމްޑީޕީ ސަރުކާރުގައި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތި އުނދަގުލަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. ކޮވިޑްގެ ބޮޑު އާލަމީ ވަބާއާއި ދަތި އުނދަގުލަށް ފަހުގައި މާލެއަށް ރަނގަޅު ހައްލެއް ހޯދައި ދިނުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ އެތައް ޒަމާނަކަށްފަހު މާލޭގެ ރައްޔިތުންނަށް ގޯތި ކަނޑާ ދެވިއްޖެ ކަމަށާއި، ފުލެޓް އަޅާ ފުލެޓް ހަވާލުކުރެވިއްޖެ ކަމަށެވެ. ނަމަވެސް މިހާތަނަށް އައި އިރުގައި އެ ހައްގުވާ ފަރާތްތަކަށް އެ ނުދީ ސަރުކާރުން ހިފަހައްޓާފައިވާ ކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށްޓަކައި ދެން ކުރެވެން އޮތް ކަމަކީ މާލެ ސިޓީ މޭޔަރުކަމަށް އެމްޑީޕީގެ މީހަކު ގެނައުން ކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީ މިއޮތީ މާލޭގެ ރައްޔިތުންނަށް އެމްޑީޕީގެ ސަރުކާރުން ހޯދައިދިން، ގޯއްޗާއި ފުލެޓްތައް ހޯދައި ދިނުމަށް ކުރެވެން އޮތް ހުރިހާކަމެއް ކުރުމަށް ތައްޔާރަށް ކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ ހިތާމައަކީ މިއަދު މިހާހިސާބަށް އައި އިރުގައި މި ސަރުކާރުން, އެމްޑީޕީގެ ސަރުކާރުން ކުރަން ފެށި އެތައް މަސައްކަތެއް ހުއްޓާލާފައިވާ ކަމެވެ. މިއީ ހަމައެކަނި މާލެ ވަށައިގެން ހިއްކައިގެން ހައްލު ލިބޭނެ ކަމެއް ނޫން ކަމަށާއި، މުޅި މައްސަލައަށް ހައްލު ލިބޭނީ މުޅި ރާއްޖެ ތަރައްގީކޮށްގެން ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު