Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާންގައި ދިން ނިރުބަވެރި ހަމަލާ

އީރާނުގައި ދިން ނިރުބަވެރި ޙަމަލާއެއްގައި 100 އަށްވުރެ ގިނަ މީހުން މަަރައިލައިފި

އެމެރިކާގެ އަސްކަރިއްޔާއިން ސުލައިމާނީ ޝަހީދު ކޮށްލާފައި ވަނީ އިރާޤު ގައިހުންނަވަނިކޮށް އިރާޤުގެ ވެރިރަށް ބަޣްދާދުގެ ވައިގެ ބަނދަރަށް ދިން ޑްރޯން ޙަމަަލައެއްގައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2024 | ބުދަ 18:32
ހަމަލާދިން ބަޔަކު ހޯދާ އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް އީރާނުގެ އޮފިޝަލުން ބުނޭ

ހަމަލާދިން ބަޔަކު ހޯދާ އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް އީރާނުގެ އޮފިޝަލުން ބުނޭ

އީރާނުގެ އިރުދެކުނުގައިވާ އަވަށެއް ކަމަށްވާ ކަރްމާންގައި ދެ ބޮން ގޮއްވައިލައިގެން ދިން ނިރުބަވެރި ޙަމަލައެއްގައި ޢާންމުންގެ 103 މީހުން މަރާލައިފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އަވަހާރަ ކޮށްލާފައިވާ އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ ކުރީގެ އިސްވެރިޔާ ޤާސިމް ސުލައިމާނީގެ މަޤުބަރާ ކައިރީގައެވެ. ބޮންތައް ގޮއްވައިލާފައި ވަނީ ސުލައިމާނީ އަވަހާރަ ކޮށްލެވުނުތާ ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް އޭނާއަށް އިޙުތިރާމު އަދާ ކުރުމުގެ ގޮތުން ގިނަ ޢަދަދެއްގެ ބަޔަކު މަޤުބަރާ ކައިރިއަށް ޖަމާވެފައިވާ ވަޤުތެއްގައެވެ.

ސުލައިމާނީ އަވަހާރަ ކޮށްލާފައިވަނީ އޭނާ އަވަށްޓެރި އިރާޤުގައި ހުންނަވަނިކޮށް 2020 ވަނަ އަހަރު އެމެރިކާއިން ޢިރާޤުގައި ދިން ޑްރޯން ޙަމަލައެއްގައެވެ. ބުދަދުވަހު އޭނާގެ މަޤުބަރާ ކައިރީގައި ބޮންތަކެއް ގޮއްވައިލައިގެން ދިން ޙަމަލާގައި އިތުރު 170 މީހުން ޒަޚަމުވެފައިވެއެވެ.

އީރާނުގެ މީޑިޔާތަކުން އާންމު ކޮށްފައިވާ ވީޑިޔޯތަކުން ފެންނަނީ ޙަމަލާގައި ޒަޚަމުވި މީހުންނަށް ފަރުވާ ދިނުމަށް ރެޑް ކްރެސެންޓުގެ ޞިއްޙީ ޚިދުމަތްތެރިން މަސައްކަތް ކުރަމުންދާ މަންޒަރެވެ. މި ޙަމަލާތަކުގައި ޒަޚަމްވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. މި ޙަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައިވާ ނުވާއިރު، ހަމަލާތަކުގެ ފަހަތުގައި ތިބީ ކޮން ބަޔެއް ކަން އަދި ސާފެއް ނުވެއެވެ.

ސުލައިމާނީއަކީ، އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ އެންމެ ބާރުގަދަ ގޮފި ކަމުގައިވާ ޤުދްޞް ފޯސްގެ އެންމެ އިސްވެރިޔާއެވެ. އޭނާ ޝަހީދު ކޮށްލުމަށް ޢަމުރު ކޮށްފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. 62 އަހަރުގެ ސުލައިމާނީ ޝަހީދު ކޮށްލާފައި ވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހެވެ. އޭނާ ޝަހީދުކޮށްލާފައި ވަނީ އެމެރިކާގެ އަސްކަރިއްޔާއިން ދިން ޑްރޯން ހަމަލާއެއްގައެވެ.

ޖެނެރަލް ސުލައިމާނީ އަކީ އީރާންގައި ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ އާޖެހިގެން އެންމެ ބާރުގަދަ ފަރާތެވެ. ސުލައިމާނީއަކީ އީރާނުގެ ޢާންމުންގެ މެދުގައި ވަރަށް މަޤުބޫލު ބޭފުޅެކެވެ. އީރާނުން މެދުއިރުމަތީގެ ޤައުމުތަކުގައި ހިންގާ އަސްކަރީ އަދި ޖާސޫސީ ޙަރާކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އޭނާއެވެ. އަދި، އޭނާއަކީ 1980ން 1988 ވަނަ އަހަރާ ދެމެދު ކުރި އީރާން-ޢިރާޤު ހަނގުރާމައިގެ ބަޠަލެއްގެ ގޮތުގައި އީރާނުގެ ރައްޔިތުން ޤަބޫލު ކުރާ ބޭފުޅެކެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ސުލައިމާނީ ޝަހީދު ކޮށްލާފައި ވަނީ އިރާޤުގެ ވެރިރަށް ބަޣްދާދުގެ ވައިގެ ބަނދަރަށް ދިން ޑްރޯން ޙަމަަލައެއްގައެވެ. މި ޙަމަލާގައި ޢިރާޤުގެ އަސްކަރިއްޔާގެ އިސްވެރިއެއް ކަމުގައިވާ ލެފްޓިނެންޓް އަބޫ މަޙުދީ އަލް-މުހަންދިސް ވެސް ޝަހީދުވިއެވެ.

އިރާނުގެ އޮފިޝަލުން ބުނީ މިހަމަލާގައި ޒިންމާވާ ބަޔަކު ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްޤު އަދަބު ދޭނެކަމަށެވެ.

ސުލޭމާނީގެ މަގްބަރާ ކައިރިޔަށް ބުދަދުވަހު ބާރުގަދަ ހަމަލާއެއްދީފައިމިވަނީ ލުބްނާންގައި ހުންނަވަނިކޮން ހަމާސްގެ ޑެޕިއުޓީ ލީޑަރެއްކަމަށްވާ ޞާލިޙް އަލް އަރޯރީ އަންގާރަދުވަހުގެރޭ އަވަހާރަ ކޮށްލުމާއި އުޅިގެން އެސަރަހައްދުގައި ނުތަނަވަސްކަން އިތުރު ވެފައިވާ ދަނޑިވަޅެއްގައެވެ.   

އީރާންދުނިޔެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

13 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު