Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ ސިފައިން

އިންޑިއާ ސިފައިންނާ ގުޅޭގޮތުން ސަރުކާރުން ބުނީ އަނެއްކާވެސް އައު އަދަދެއް، މިހާރު 88!

2 ޖެނުއަރީ 2024 | އަންގާރަ 09:02

އެންމެ ފަހުން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ބުނެފައިވަނީ މިހާރު ރާއްޖޭގައި ތިބީ 89 ސިފައިންކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ޖެނުއަރީ 2024 | އަންގާރަ 09:02
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރާއްޖޭގައި މިހާރު ތިބީ އިންޑިއާގެ 88 ސިފައިންކަމަށް ސަރުކާރުން ބުނެފިއެވެ.

އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އިންޑިއާ ސިފައިންގެ މައްސަލައަކީ ދިވެހިން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި، ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން އެކަމާ ގުޅޭ މަސައްކަތްތައް ފެށިފައިވާކަމަށެވެ.

Advertisement - newsAdvertisement

ނާޒިމް އިތުރަށް ވިދާޅުވީ، މިހާރު ލިބިވަޑައިގެންފައިވާ އަދަދުތަކަށް ބަލާއިރު، ރާއްޖޭގައި ތިބީ 88 ސިފައިންކަމަށެވެ. ނަމަވެސް އެންމެ ފަހުން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ބުނެފައިވަނީ މިހާރު ރާއްޖޭގައި ތިބީ 89 ސިފައިންކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

އެ އަދަދު މިހާރު ތަފާތުވަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން ނާޒިމް ވިދާޅުވީ، މުހިއްމީ ސިފައިން ތިބި އަދަދެއް ނޫން ކަމަށާއި، މުހިއްމީ އިންޑިއާ ސިފައިން ބޭލުން ކަމަށެވެ.

މިހާރު ޑޯނިއަރ އެއަރކްރާފްޓު ވެސް ބޭނުން ނުކުރާއިރު، އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން މިހާރު ކުރަނީ ކޮން ކަމެއްތޯ ނޫސްވެރިއަކު ކުރި ސުވާލަށް މި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަވާބު ލިބިފައެއް ނުވެއެވެ.

އެ ސުވާލު ދެންނެވުމުން ނާޒިމް ވިދާޅުވީ، އެއީ ނުހަނު ހައްސާސް ބޮޑު މައުޟޫއެއް ކަމަށާއި، މި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވާހަކަ ނުދެއްކި ނަމަވެސް، ކެތްތެރިކަމާއެކު ރައްޔިތުން ސަރުކާރާއެކު ތިބުމަށް އެދޭކަމަށެވެ.

އެ އަދަދު ކަށަވަރު ނުވުމަކީ ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމެއްތޯ ބަލާއިރު، އެއީ ޤައުމީ ސަލާމަތަށް ނުރައްކަލެއް ހުރި ކަމެއް ނޫންކަމަށް ސަރުކާރުން ބުނެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ސަރުކާރުގެ ވައުދެއް ކަމަށް ވާއިރު އެކަން ނުކުރެވި ލަސްވުމުން އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މުއިއްޒު އިންތިޚާބުގެ ތެރޭގައި ވިދާޅުވެފައިވަނީ އެންމެ ބޮޑު އެޖެންޑާއަކީވެސް ބޭރުގެ ސިފައިން ބޭލުން ކަމަށެވެ.  

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުންގެ ބޮޑު ޕަސެންޓޭޖަކުން އިންތިހާބު ކާމިޔާބުކޮށްދީފި ނަމަ، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމަށް ފަސޭހަވާނެ ކަމަށާއި މިނިވަންކަން ކަށަވަރުވެގެންދާނެކަމަށް ވެސް މުއިއްޒު ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން، އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭ ނަމަ، އަޅުގަނޑުމެންނަށް މިނިވަންކަމާއި، އިސްތިޤުލާލު ގެއްލިދާނެކަމުގެ އިޙްސާސް ކުރެވޭކަމަށް މުއިއްޒު ކެމްޕޭނުގައި ވިދާޅުވެފައިވާއިރު، މި ސަރުކާރަށް މަހެއް ފުރިގެންދިޔައިރުވެސް އިންޑިއާ ސިފައިންގެ އަދަދުތައް ކަށަވަރު ނުވެގެން އުޅޭތީ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ޑރ. މުހައްމަދު މުއިއްޒުއިންޑިއާ އައުޓް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
03 ޑިސެމްބަރު 2025

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު

03 ޑިސެމްބަރު 2025
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް