Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައިޑްރޯގްރަޕިކް ސަރވޭ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ދިރާސާ ހަދަން އަންނަ ޗައިނާ ބޯޓާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް ނެތް!

ޗައިނާގެ އެހެން ބޯޓެއް މިދިޔަ އޮކްޓޯބަރު މަހު ލަންކާގެ ކަނޑުގެ ސަރަހައްދުގެ ދިރާސާވެސް ކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ޑިސެމްބަރު 2023 | ހުކުރު 10:10
ރާއްޖެ އަންނަން ހުއްދައަކަށް އެދިފައިވާ ޗައިނާގެ ބޯޓު

ރާއްޖެ އަންނަން ހުއްދައަކަށް އެދިފައިވާ ޗައިނާގެ ބޯޓު

އިންޑިއާ އާ އެކުވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމާއެކު، ކަނޑުގެ ސަރވޭ ހަދާ ޗައިނާގެ ބޯޓެއް ރާއްޖެ އަންނަން ހުއްދައަށް އެދި އެ ބޯޓު އަންނާނެކަމަށް ބުނާ ތާރީހު ކައިރިވެފައިވާ އިރު، އެ ހުއްދައަށް އެދިފައިވާކަން ސަރުކާރަށް އެނގޭކަމަކަށް ނުހެދިއެވެ.

ނަމަވެސް އިންޑިއާ އާއެކު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން ނިމުމަކަށް ގެނައިތާ ހަފްތާއެއް ނުވަނީސް، ޗައިނާގެ ކަނޑުގެ ދިރާސާކުރާ އުޅަނދެއް ރާއްޖެ އައުމުގެ ހުއްދައަކަށްވަނީ އެދިފައެވެ. އަދި އެ ބޯޓު އޮތީ ހުއްދަ ލިބުމާއެކު އަންނަން ތައްޔާރަށެވެ. މިކަމާއި ގުޅޭގޮތުން ސަރުކާރުން އަދި އެއްވެސް ވާހަކައެއް ހާމަކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

އެންމެ ފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއެމްވީން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ޗައިނާގެ ބޯޓުގެ ވާހަކައިގެ ބަދަލުގައި ދެއްކެވީ އިންޑިއާގެ ހައިޑްރޯގްރަފީއާ ގުޅޭ ވާހަކައެވެ. އަދި ޗައިނާގެ ބޯޓުގެ މައުލޫމާތު ނޭނގޭކަމަށް ވިދާޅުވިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޓުޑޭއާއި އިތުރު ނޫސްތައް އަދި ލަންކާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ދިވެހި ސަރުކާރުން، އިންޑިއާގެ ކަނޑުގެ ސިފައިންނާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައިކަން އިއުލާންކުރި އިރު، އަންނަ މަހުން ފެށިގެން ޗައިނާގެ ރިސަރޗް ސަރވޭ ވެސެލް ދެކުނު އިންޑިއާ ކަނޑުގައި ދިރާސާކުރުމަށް މާލެއަށް ބަނދަރުކުރުމުގެ ހުއްދައަކަށް އެދިފައިވާ ކަމަށެވެ.

ޗައިނާގެ ކަނޑުގެ ދިރާސާކުރާ ބޯޓެއް ދެކުނު އިންޑިއާ ކަނޑުގެ ދިރާސާކުރުމަށް ރާއްޖެއަށް ބަނދަކުރުމުގެ ހުއްދައަކަށް އެދިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާއިރު، އޮކްޓޯބަރު މަހު ލަންކާއަށްވެސް، ޗައިނާގެ ދިރާސާކުރާ ބޯޓެއް ބަނދަރުކޮށްފައިވާ ކަމަށް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. ލަންކާއަށް ބަނދަރުކުރީ "ޝި ޔާން6" އެވެ. ލަންކާއިން ވެސް މިކަން ކަށަވަރުކޮށްދީފައިވެއެވެ. އަދި ފައިސާ ނުދެއްކިގެން ޗައިނާއަށް ނަގާފައިވާ ލަންކާގެ ހަންބަންޓޯޓާ ބަނދަރުގައި ޗައިނާގެ ކަނޑުގެ ދިރާސާތައް ކުރާ ބޯޓު ބަނދަރުކޮށްފައި އޮތް ކަމަށް ލަންކާގެ ނޫސްތަކުގައި ވެސް ރިޕޯޓްކޮށްފައިވެއެވެ.

ރާއްޖެ އަދި ލަންކާގައި ބަނދަރުކުރާނީ ޗައިނާގެ ކަނޑުގެ ދިރާސާކުރާ "ޝިއާން ޔޭން ހޮންގ 3" ނަމަަކަށް ކިޔާ އުޅަނދެވެ. ހުއްދަ ލިބެންދެން އެބޯޓު މިހާރު އޮތީ ދެކުނު ޗައިނާ ކަނޑުގެ ޝިއާމެންގެ އައްސޭރިފަށުގައެވެ. މިއީ 4813 ޓަނުގެ އުޅަނދެކެވެ. މި އުޅަނދުގައި އެންމެ ފަހުގެ ސަރވޭ އަދި ސަރވައިލެންސް އާލާތްތައް ގާއިމްކޮށްފައިވެއެވެ.

ދިރާސާކުރުމަށް އަންނަ ބޯޓު ބަނދަރުކުރުމުގެ ހުއްދައަކަށް އެދިފައިވާއިރު، ދެކުނު އިންޑިއާ ކަނޑުގައި ދިރާސާކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ ފަހުކޮޅާ ހަމައަށެވެ. މި މުއްދަތަށް ބަލާއިރު މިއީ އިންޑިއާއެކު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން ހަމަވާ މުއްދަތެވެ. އެއް މުއްދަތު ހަމަވާނީ ޖޫން މަހުން ފެށިގެންނެވެ.

ޗައިނާހައިޑްރޯގްރަފީހައިޑްރޯގްރެފިކް ސަރވޭ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު