Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑޮލަރު ލިމިޓް

ޑޮލަރު ލިމިޓް އުވާލައްވާނެ ކަމަށް މުއިއްޒު ކެމްޕޭނުގައި ވިދާޅުވިނަމަވެސް ސަރުކާރުގެ ރާގު މުޅިން ބަދަލުވެއްޖެ

ފުރަތަމަ ތިން މަހު ލިމިޓް ޑަބަލްކުރުމަށް ފަހު، ދެން އެއްކޮށް ލިމިޓް އުވާލާނީ ކަމަށް މުއިއްޒު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2023 | ހޯމަ 07:33
ޑރ މުޙައްމަދު މުއިއްޒު

ޑރ މުޙައްމަދު މުއިއްޒު

ބޭންކް ކާޑުގައި ޑޮލަރު ލިމިޓެއް ކަނޑައަޅާފައި އޮތުމަކީ އެތައް ބަޔަކަށް ގިނަ ދަތިތަކެއް ކުރިމަތިވާކަމެއްކަމަށާއި، ވެރިކަން ލިބިވަޑައިގެންފިނަމަ ލިމިޓް އުވާލައްވާނެކަމަށް ޑރ މުޙައްމަދު މުއިއްޒު ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި ނަމަވެސް، ސަރުކާރުގެ ރާގު މިހާރު ބަދަލުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މިހާރު އޮތް ޑޮލަރު ލިމިޓްގެ ސަބަބުން ގިނަ ފަރާތްތަކަށް އޭގެ ދަތިތައް ކުރިމަތިވާކަމަށެވެ.

Advertisement - newsAdvertisement

މިހާރު ބޭރުގައި ކިޔަވާ ކުދިންނަށް ކާޑަކުން ބޭނުން ކުރެވޭ ލިމިޓަކީ 750 އެމެރިކާ ޑޮލަރެވެ.

އޭނާ ވިދާޅުވީ، ބޭރުގައި ކިޔަވާ ކުދިންނަށް 1 ފެބްރުއަރީން ފެށިގެން 1200 އެމެރިކާ ޑޮލަރަށް އިތުރު ކުރުމަށް ނިންމަވާފައިވާކަމަށެވެ.

ކެމްޕޭނުގައި މުއިއްޒު ވަނީ ކާޑުގައި ޑޮލަރު ލިމިޓެއް ކަނޑައަޅާފައި އޮތުމަކީ އެތައް ބަޔަކަށް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމެއްކަން ފާހަގަ ކުރައްވައި، ވެރިކަން ލިބިވަޑައިގެންފިނަމަ އެ ލިމިޓު އުވާލައްވާނެކަމަށް ވިދާޅުވެފައެވެ.

އެކަން ކުރައްވާނީ މަރުހަލާތަކެއްގެ ތެރެއިން ކަމަށާއި، ފުރަތަމަ ތިން މަހު ލިމިޓް ޑަބަލްކުރުމަށް ފަހު، ދެން އެއްކޮށް ލިމިޓް އުވާލާނީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖެއެމްވީގެ ނޫސްވެރިޔާ ވަނީ އޭރު ވިދާޅުވި ގޮތަށް އެ މަސައްކަތް ކުރިއަށް ނުދަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އެގޮތުން ފުރަތަމަ ތިން މަހު ލިމިޓް ޑަބަލްކުރައްވާނެކަމަށް މުއިއްޒު ކުރީގައި ވިދާޅުވެފައި އޮތްއިރު، ވެރިކަމުގެ ދެވަނަ މަސް ފެށިގެންދާއިރުވެސް އެ މަސައްކަތް ނުކުރައްވާތީ ރާއްޖެއެމްވީން އެ ސުވާލު ކުރުމުން ނާޒިމް ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދީ ޙާލަތަށް ރިއާޔަތްކޮށް، ޑޮލަރު ލިމިޓުގެ މައްސަލައަށް ޙައްލު ހޯދުމުގެ ކަންކަން ވަކި މަރުޙަލާތަކަކަށް ބަހާލައިގެން ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

ކުއްލިއަކަށް ލިމިޓު އުވާލެއްވުމަކީ އިޤްތިސާދީ ގޮތުންވެސް ލޮޅުންތަކެއް އަރާފާނެކަމެއް ކަމަށް ސަރުކާރުން މިހާރު ބުނެއެވެ.

އެހެންނަމަވެސް، ވެރިކަމުގެ ފުރަތަމަ 3 މަހު ޑޮލަރު ލިމިޓު ޑަބަލް ކުރައްވާނެ ކަމަށާއި، އެއަށްފަހު އުވާލައްވާނެކަމަށް އޭރު މުއިއްޒު ވައުދުވެވަޑައިގެންނެވީ އިޤްތިސާދީ ގޮތުން ބަލަންޖެހޭ ކަންކަން ނުބަލާތޯ ނޫސްވެރިން ތަކުރާރުކޮށް ކުރި ސުވާލުތަކަށް ސަރުކާރުން ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު