Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޕޮޗެޓީނޯ ބުނަނީ، "މިއީ ޗެލްސީ އަށް ހައްގު ވަރެއް ނޫން" ކަމަށް!

25 ޑިސެމްބަރު 2023 | ހޯމަ 00:57

އޭނާ ބުނީ، ޗެލްސީގައި އޮތީ ވަރަށް ޒުވާން ޓީމެއް ކަމަށާއި، އެ ޓީމުން އަންނަނީ ކަންކަން ދަސްކުރަމުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޑިސެމްބަރު 2023 | ހޯމަ 00:57
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމަކީ، ޗެލްސީ އަށް ޙައްޤު މިންވަރު ނޫން ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގައި އިންތިހާ އަށް ނަތީޖާތައް ދަށްވެފައިވާ ޗެލްސީން، ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައި ވަނީ 2-1 އިންނެވެ. އެ މެޗަށް ފަހު ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ، އެއީ ޗެލްސީ އަށް ޙައްޤު މިންވަރު ނޫން ކަމަށާއި، ޗެލްސީން ހުއްޓުމެއް ނެތި ގަދަ އަޅާ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ޗެލްސީގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ޕޮޗެޓީނޯ އަށް އަންނަނީ ފާޑު ކިޔުންތައް އަމާޒުވަމުންނެވެ. އަދި ކުލަބުގެ އިސްވެރިންނާއި، ސަޕޯޓަރުންގެ ޕްރެޝަރު ވެސް ވަނީ އޭނާ އަށް ބޮޑުވެފަ އެވެ. ޗެލްސީގެ ނަތީޖާތައް ދަށްވާ މައްސަލައިގެ ޙައްލަކީ ކޮބައިތޯ ސުވާލު ކުރުމުން އޭނާ ބުނީ، ޗެލްސީގައި އޮތީ ވަރަށް ޒުވާން ޓީމެއް ކަމަށާއި، އެ ޓީމުން އަންނަނީ ކަންކަން ދަސްކުރަމުން ކަމަށެވެ. އެކަން ފާހަގަކޮށް އޭނާ ބުނީ، ޕްރިމިއާ ލީގުގައި އަލަށް ކުޅޭ ކުޅުންތެރިން ވެސް އެ ޓީމުގައި ތިބި ކަމަށެވެ. އެހެންކަމުން އެ ކުޅުންތެރިންގެ ހުނަރު ކުރިއަރުވަން ޖެހޭ ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ޚާއްސަކޮށް އެ ކުޅުންތެރިންގެ އިތުބާރާއި، ޔަގީންކަން އިތުރު ކުރަން ޖެހޭނެ ކަމަށް އޭނާ ޤަބޫލު ކުރެ އެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގައި ޗެލްސީން ވަނީ މިހާތަނަށް 18 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އެންމެ ހަ މެޗުންނެވެ. ހަތަރު މެޗުން އެއްވަރުވެފައިވާއިރު، އަށް މެޗުން ވަނީ ބަލިވެފަ އެވެ. ކުޅުނު 18 މެޗުން ލިބުނު 22 ޕޮއިންޓާއެކު އެ ޓީމު އޮތީ ވެސް 10 ވަނައިގަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން، ޗެލްސީ އަތުން މޮޅުވި ވުލްވްސް އަށް ވެސް ލިބެނީ 22 ޕޮއިންޓެވެ. ޗެލްސީގެ ފަހަތުން އެ ޓީމު އޮތީ 11 ވަނައިގަ އެވެ. ޗެލްސީ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ޗެލްސީމައުރީސިއޯ ޕޮޗެޓީނޯ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
28 ސެޕްޓެމްބަރު 2025

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ
24 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ލިންކަން ސިޓީ ބަލިކޮށް، ޗެލްސީ ގަދަ 16 އަށް

24 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ލިންކަން ސިޓީ ބަލިކޮށް، ޗެލްސީ ގަދަ 16 އަށް
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
14 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ބްރެންޓްފޯޑް އިން ޗެލްސީ ހިފަހައްޓައިފި

14 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ބްރެންޓްފޯޑް އިން ޗެލްސީ ހިފަހައްޓައިފި
31 އޯގަސްޓު 2025

ޗެލްސީ އިން ފުލަމް ބަލިކޮށްފި

31 އޯގަސްޓު 2025
ޗެލްސީ އިން ފުލަމް ބަލިކޮށްފި
23 އޯގަސްޓު 2025

ވެސްޓް ހޭމް އަތުން ޗެލްސީ އަށް ފަސް ލަނޑުގެ މޮޅެއް

23 އޯގަސްޓު 2025
ވެސްޓް ހޭމް އަތުން ޗެލްސީ އަށް ފަސް ލަނޑުގެ މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް