Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާގެ މައްސަލަ

އުތުރު ކޮރެއާއިން އިންޓަކޮންޓިނެޓަލް މިސައިލެއް ޓެެސްޓް ކޮށްފި

މި ސައިލް ފޯރާފައިވަނީ 3،000 ކިލޯމީޓަރަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 29 ޖުލައި 2017 | ހޮނިހިރު 01:29
އުތުރު ކޮރެއާއިން މިސައިލެއް ޓެސްޓް ކުރަނީ،

އުތުރު ކޮރެއާއިން މިސައިލެއް ޓެސްޓް ކުރަނީ،

އެއްބަރުން އަނެއް ބައްރަށް ދަތުރުކުރުމުގެ ގާބިލްކަން ހުރި ބެލިސްޓިކް މިސައިލެއް އަނެއްކާވެސް އުތުރު ކޮރެއާއިން ޓެސްޓްކޮށްފި ކަމަށް ދެކުނު ކޮރެއާއާއި ޕެންޓަގަންއިން ބުނެފިއެވެ.

ޖަޕާނުގެ ގައުމީ ޓީވީ އެންއެޗްކޭއިން ބުނީ މި މިސައިލް ފޯރާފައިވަނީ 3،000 ކިލޯމީޓަރަށް ކަމަށާއި، މިސައިލް ވެއްޓިފައިވަނީ ޖަޕާން ކަނޑަށްކަމަށެވެ.

މި ޓެސްޓްކޮށްފައި މިވަނީ އުތުރު ކޮރެއާއިން އިންޓަރ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ޓެސްޓެއް ކުރިތާ ތިންހަފްތާ ތެރޭގައެެވެ. އަލަށް ކުރި ޓެސްޓްގައި މިސައިލް، ޖުލައި މަހުގެ ކުރީކޮޅު ޓެސްޓްކުރި މިސައިލަށްވުރެ ދުރަށް އަދި ގިނައިރު ދަތުރުކޮށްފައިވެ އެވެ. އެ ފަހަރުގެ ޓެސްޓްވެސް އެތައް ގައުމަކުންވަނީ ކުށްވެރިކޮށްފައެވެ.

ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝީޑީ ސޫގާ ވިދާޅުވީ 45 މިނެޓް ވަންދެން މިސައިލް ދަތުރުކޮށްފައިވާކަމަށެވެ. މިއީ ޖުލައި މަހުގެ ކުރީކޮޅު ޓެސްޓް ކުރި އިންޓަ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލަށްވުރެ ހަ މިނެޓް އިތުރު ވަގުތެކެވެ.

މިއީ 2017 ވަނަ އަަހަރު ފެށުނު ފަހުން އުތުރުކޮރެއާއިން ކުރި 14 ވަނަ މިސައިލް ޓެސްޓެވެ. މިސައިލް ވެއްޓިފައިވަނީ ޖަޕާނުގެ ޚާއްސަ އިގްތިސާދީ ސަރަަހައްދުގެ ތެރެއަށެވެ. ނަމަވެސް ޓެރިޓަރީގައި ހިމެނޭ ކަނޑުގެ ސަރަހައްދަކަށް ނޫނެވެ.

އެންއެޗްކޭ އިން ބުނެފައިވަނީ 3،000 ކިލޯމީޓަރުގެ އުސްމިނަށް މިފަހަރުގެ މިސައިލް ދަތުރުކޮށްފައިވާއިރު މިއީ މި މަހުގެ ކުރީކޮޅު ޓެސްޓް ކުރި މިސައިލަށްވުރެ 200 ކިލޯ މީޓަރު އުސްމިނެއްކަމަށެވެ.

މިޑްލްބަރީ އިސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް ސްޓަޑީސްގެ ނިއުކްލިއަރ ހަތިޔާރާއި ނިއުކްލިއަރ ޓެކްނޮލޮޖީ ފެތުރުން މަނާކުރާ މުއާހަދާ، ނޮން ޕްރޮލިިފަރޭޝަން ޓްރިޓީއާ ބެހޭ ތަޖުރިބާކާރު ޖެފްރީ ލުވިސް ވިދާޅުވީ އެންމެ ފުރަތަމަ ފެނުނު ނިޝާން ތަކަށް ބަލާއިރު އެންމެ ފަހުން ޓެސްޓް ކުރި މިސައިލް 10،000 ކިލޯ މީޓަރަށް ދަތުުރު ކުރާނެ ގާބިލްކަން ހުރި ކަމަށާއި އެއީ އެމެރިކާގެ ހުޅަނގުގެ އައްސޭރިފަށާ ހަމައަށް ދަތުރުކުރެވޭނެ މިންވަރެއް ކަމަށް ވަނީ ބުނެފައެވެ.

އުތުރު ކޮރެއާއިިން ޓެސްޓްކުރާ އިންޓަ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްތަކުގެ ރާސްތާއާ މެދު ވަނީ ޚިލާފް އުފެދިފައެވެ.

ދެކުނު ކޮރެއާގެ ނޫސް އިދާރާ ޔޮނެޕް ނޫސް އޭޖެންސީން ރިޕޯޓްކޮށްފައިވާގޮތުގައި މިސައިލް ލޯންޗް ކޮށްފައިވަނީ އުތުރު ކޮރެއާގެ ޖަންގަން ޕްރޮވިންސުން އެ ގަައުމުގެ ގަޑިން 23:41 ގައެވެ.

އުތުރު ކޮރެއާއިން ރޭގަނޑު މިސައިލް ލޯންޗް ކުުރުމަކީ މަދުން ނޫނީ ނުފެންނަ ކަމެކެވެ.

ދެކުނު ކޮރެެއާގެ ރައީސް މޫން ޖައި އިން ވަނީ ސަލާމަތީ ޚިދުމަތްތަކުގެ ބައްދަލުވުމެއް މެންދަމު ބޭއްވުމަށް ނިންމަވާފަކަމަށް ޔޮނެޕް ނިއުސް އޭޖެންސީން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު