Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަތްކަނޑުގައި ހޫޘީންގެ ޙަމަލާތައް

ރަތްކަނޑުގައި ޙޫޘީން ދެމުންދާ ޙަމަލާތަކުގައި އީރާނުން ބައިވެރިނުވާކަމަށް ބުނެފި

24 ޑިސެމްބަރު 2023 | އާދީއްތަ 12:02

ހޫޘީންނަކީ ފެށުނީއްސުރެވެސް ފަލަސްތީނަށް ތާއީދު ހަތިޔާރު އެޅި ޖަމާޢަތެއް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 24 ޑިސެމްބަރު 2023 | އާދީއްތަ 12:02
ރަތްކަނޑުގައި ޙޫޘީންގެ ހަމަލާތައް ވަނީ ވަރުގަދަ ކޮށްފައި

ރަތްކަނޑުގައި ޙޫޘީންގެ ހަމަލާތައް ވަނީ ވަރުގަދަ ކޮށްފައި

ރަތް ކަނޑުގައި ދަތުުރާ އުޅަނދުތަކަށް ޔަމަނުގެ ޙޫޘީ ޖަމާޢަތުން ދެމުންދާ ޙަމަލާތަކުގައި އީރާނުން ބައިވެރި ނުވާކަމަށް އެގައުމުން ހާމަކޮށްފިއެވެ.

ޔަހޫދީންގެ ރަށްތަކަށް ދަތުރުކުރާ ބޯޓުތަކަށް ޔަމަނުގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޙޫޘީ ޖަމާޢަތުން ދެމުންދާ ޙަމަލާތަކުގައި އީރާނުން ބައިވެރިވާ ކަމަށް ކުރަމުންދާ ތުޙުމަތުތައް އެ ޤައުމުން ދޮގުކޮށްފައިވާއިރު، ޙޫޘީންގެ ޙަމަލާތަކުގައި އެ ޤައުމުން ފުރިހަމައަށް ބައިވެރިވާ ކަމަށް އެމެރިކާއިން ދަނީ ތުޙުމަތު ކުރަމުންނެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ ޙޫޘީން ޢަމަލުކުރަނީ އެ މީހުންގެ އަމިއްލަ މިނިވަން ކަމާއެކުގައި ކަމަށާއި އެ ކަމުގައި އީރާނުގެ އަތެއް ނޯންނާނެ ކަމަށެވެ. އަދި ޙޫޘީންނަށް ސިޔާސީ ގޮތުން ތާޢިދުކުރި ނަމަވެސް ހަތިޔާރު ފޯރުކޮށްނުދޭ ކަމަށް އީރާންގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

ވެރިރަށް ޞަންޢާ ހިމެނޭ ގޮތަށް ޔަމަނުގެ ބޮޑު ސަރަޙައްދެއްގައި ވެރިކަންކުރާ ޙޫޘީން ވަނީ ރަތް ކަނޑުގައި ދަތުރުކުރި 10 ވިޔަފާރި އުޅަނދަކަށް އަމާޒުކޮށް 100 އަށް ވުރެ ގިނަ ޑްރޯން އަދި މިސައިލް ޙަމަލާ ދީފައެވެ. ޙޫޘީން އެ ޙަމަލާތައް ދީފައި ވަނީ ޔަހޫދީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޢުދުވާނީ ޙަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުންނެވެ.

އެމެރިކާއިން ތުޙުމަތު ކުރާ ގޮތުން އީރާނުން އަންނަނީ ހަތިޔާރާއި އެހެނިހެން ޖާސޫސީ މަޢުލޫމާތު ޙޫޘީންނަށް ފޯރުކޮށްދެމުންނެވެ. އެ ގޮތުން ޙޫޘީން އަތުގައި ރާޑަރެއް ނެތްއިރުވެސް އެފަދަ ހަމަލާތައް އެ ޖަމާޢަތުން ދިނުމުގައި ބަރޯސާވަނީ އިރާނުން ފޯރުކޮށްދޭ ޖާސޫސީ އަދި ސިއްރު މަޢުލޫމާތަށް ކަމަށް އެމެރިކާއިން ބުނެއެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި އަމިއްލައަށް ޖާސޫސީ ކަންކަން ދެނެގަނެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ހޫޘީން ބުނެއެވެ.

ރަތް ކަނޑުން ޔަހޫދީންގެ ރަށްތަކަށް ދަތުކުރުކުރާ އާގުބޯޓުތަކަށް ޙަމަލާތައް އަމާޒުކުރާނެ ކަމަށް ޙޫޘީން ވަނީ ބުނެފައެވެ.

ޙޫޘީންގެ ޙަމަލާތަކުން ބޯޓުތައް ރައްކާތެރި ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމެރިކާއިން މިދިޔަ ހަފުތާގައި ވަނީ ބުނެފައެވެ. އެ ޙަރަކާތުގައި އިތުރު އެހެން ޤައުމުތަކުންވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާއިން ޙޫޘީންގެ ޙަމަލާތައް ހުއްޓުވުމަށް ޔަމަނަށް ޙަމަލާދީފި ނަމަ ރައްދުގައި އެމެރިކާގެ މަނަވަރުތަކަށް ޙަމަލާދޭނެ ކަމަށް އެ ޖަމާޢަތުން ވަނީ ބުނެފައެވެ.

ހޫޘީންނަކީ އެ ޖަމާޢަތް ފެށުނީއްސުރެވެސް ފަލަސްތީނަށް ތާއީދު ކޮށް އިސްރާއީލާށް ދެކޮޅަށް ފާޅުގައި ހަރަކާތްތެރިވަމުން އަންނަ ހަތިޔާރު އެޅި ޖަމާޢަތެކެވެ.

ދުނިޔެއީރާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
13 ނޮވެމްބަރު 2025

އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

13 ނޮވެމްބަރު 2025
އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
11 ނޮވެމްބަރު 2025

އީރާނުގައި ޑޮކްޓަރަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު ދަންޖައްސާ މަރާލައިފި

11 ނޮވެމްބަރު 2025
އީރާނުގައި ޑޮކްޓަރަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު ދަންޖައްސާ މަރާލައިފި
10 ނޮވެމްބަރު 2025

ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި

10 ނޮވެމްބަރު 2025
ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި
07 ނޮވެމްބަރު 2025

ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި

07 ނޮވެމްބަރު 2025
ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި
04 އޯގަސްޓު 2025

އީރާން އިން ޤައުމީ ދިފާއީ ކައުންސިލެއް އުފައްދައިފި

04 އޯގަސްޓު 2025
އީރާން އިން ޤައުމީ ދިފާއީ ކައުންސިލެއް އުފައްދައިފި
17 ޖުލައި 2025

އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި

17 ޖުލައި 2025
އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް