Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީރުންނަށް ރުހުން ދިނުން

"ވަޒީރުންނަށް ރުހުން ނުދޭން ޕީޕީއެމް އަދި ޕީއެންސީގެ ތެރެއިންވެސް އެދެމުންދޭ"

22 ޑިސެމްބަރު 2023 | ހުކުރު 12:45

މި ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ 22 ބޭފުޅުން އައްޔަންކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 ޑިސެމްބަރު 2023 | ހުކުރު 12:45
ކެބިނެޓް ބައްދަލުވުމުގެ ތެރެއިން

ކެބިނެޓް ބައްދަލުވުމުގެ ތެރެއިން

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދޭން ޕީޕީއެމް އަދި ޕީއެންސީގެ ތެރެއިންވެސް އެދެމުންދާ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީގެ އިސް ބައެއްބޭފުޅުން ވަޒީރުކަމަށް ކުރާ އުއްމީދު ފުރިހަމަ ކުރުމަށް މުއިޒު ސަރުކާރުގެ ބައެއްވަޒީރުންނަށް އެމްޑީޕީން ރުހުން ނުދިނުމަށް އެދެމުންދާ ކަމަށެވެ. ނަމަވެސް ރުހުންދޭނެ ވަޒީރުންނާ ނުދޭނެ ވަޒީރުން ނިންމާނީ އެމްޑީޕީގެ ޕީޖީ ގްރޫޕުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ވަޒީރުންނަށް މަޖިލީހުން ރުހުން ނުދޭ ނަމަ ޕާޓީގެ މީހުންގެ ފަހަތުން ދާނެ ކަމަށް ބުނެ، މި ސަރުކާރަށް ނިސްބަތްވާ އިސް މީހަކު އިންޒާރު ދީފައިވާ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ދާދިފަހުން އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ މި ސަރުކާރުގެ އިސް މީހަކު އޭނާ އަށް ގުޅައި، ވަޒީރުންނަށް ރުހުން ނުދޭ ނަމަ އެމްޑީޕީގެ މީހުންގެ ފަހަތުން ދާނެ ކަަމަށް ބުނެފައިވާ ކަމަށެވެ. އަދި ވަޒީރުންނަށް ރުހުން ނުދޭ ކަމަށް ވާނަމަ އެމްޑީޕީގެ މީހުންގެ ފަހަތުން ދާނެ ކަަމަށް ބުނެ މަޖިލީހުގެ ބައެއް މެންބަރުންނަށް ވެސް މި ސަރުކާރުގެ އިސް މީހަކު ގުޅާފައިވާ ކަަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މަޖިލީހުގެ މެންބަރުން ވެސް އެވާހަކަ ހިއްސާ ކުރެއްވި ކަަމަށާއި، އެގޮތަށް އެކަން ކުރި ނަމަވެސް އެކަހަލަ ކަންކަމާ މެދު ކުޑަކޮށް ވެސް ނުވިސްނުމަށް ފައްޔާޒް އެދިވަޑައިގެންނެވިއެވެ.

ވަޒީރުންނަށް ރުހުން ދިނުމާއި މެދު މެމްބަރުންގެ ޚިޔާލު ތަފާތެވެ. ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ. ވަޒީރުންގެ ތެރޭގައި ރުހުން ދޭން އެކަށީގެން ނުވާ ފަދަ ބޭފުޅުންގެ ނަންތައް އެބަހުރި ކަމަށް މެމްބަރުން ދަނީ ފާހަގަކުރައްވަމުންނެވެ، ވަޒީރުން އައްޔަންކުރުމަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީ އަށް އަލުން ވަނީ ފޮނުއްވާފައެވެ. މި ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ 22 ބޭފުޅުން އައްޔަންކުރައްވާފައެވެ.

ކެބިނެޓް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓުގައި ބައިވެރިވެވޭ މީހުންގެ ލިސްޓު އާންމުކޮށްފި

11 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓުގައި ބައިވެރިވެވޭ މީހުންގެ ލިސްޓު އާންމުކޮށްފި
08 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ 25 ގައި

08 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ 25 ގައި
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
11 ސެޕްޓެމްބަރު 2025

ބަޖެޓުން ޖުޑިޝަރީއަށް ވަކި އިންސައްތައެއް ކަނޑައަޅަން ނިންމީ މިނިވަންކަމާއެކު ޖުޑިޝަރީ ހިންގުމަށް މަގުފަހިކުރުމަށްޓަކައި: ރައީސް މުއިއްޒު

11 ސެޕްޓެމްބަރު 2025
ބަޖެޓުން ޖުޑިޝަރީއަށް ވަކި އިންސައްތައެއް ކަނޑައަޅަން ނިންމީ މިނިވަންކަމާއެކު ޖުޑިޝަރީ ހިންގުމަށް މަގުފަހިކުރުމަށްޓަކައި: ރައީސް މުއިއްޒު
11 ސެޕްޓެމްބަރު 2025

ސަރުކާރުގެ ކެބިނެޓް ވަޒީރަކަށް ވެސް އިސް ވެރިއަކަށް ވެސް މަލީ ހާލަތެއް ރަނގަޅަށް ނޭނގޭ - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ ކެބިނެޓް ވަޒީރަކަށް ވެސް އިސް ވެރިއަކަށް ވެސް މަލީ ހާލަތެއް ރަނގަޅަށް ނޭނގޭ - އަމީރު
07 އޯގަސްޓު 2025

މެމްބަރުންގެ ވާޖިބަށް ވަޒީރުން ހުރަސް އަޅާތީ، ރައީސް މުއިއްޒުގެ ސަމާލު ކަމަށް އެމްޑީޕީ ގެ 12 މެމްބަރުން ސޮއި ކޮށް ޝަކުވާ ފޮނުވައިފި

07 އޯގަސްޓު 2025
މެމްބަރުންގެ ވާޖިބަށް ވަޒީރުން ހުރަސް އަޅާތީ، ރައީސް މުއިއްޒުގެ ސަމާލު ކަމަށް އެމްޑީޕީ ގެ 12 މެމްބަރުން ސޮއި ކޮށް ޝަކުވާ ފޮނުވައިފި
15 މެއި 2025

މިނިސްޓަރ އަމީންގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި

15 މެއި 2025
މިނިސްޓަރ އަމީންގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި
29 އޮކްޓޯބަރު 2024

ހަލީލް، ޒަމީރު އަދި ނާޒިމް އަށް ރުހުން ދީފި

29 އޮކްޓޯބަރު 2024
ހަލީލް، ޒަމީރު އަދި ނާޒިމް އަށް ރުހުން ދީފި
10 ޖޫން 2024

ރުހުން ނުލިބުނު ތިން ވަޒީރުންނަށް އައު މަޖިލީހުން ރުހުންދީފި

10 ޖޫން 2024
ރުހުން ނުލިބުނު ތިން ވަޒީރުންނަށް އައު މަޖިލީހުން ރުހުންދީފި
09 ޖޫން 2024

ކުރިން ރުހުން ނުލިބޭ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ އަށް ތާވަލްކޮށްފި

09 ޖޫން 2024
ކުރިން ރުހުން ނުލިބޭ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ އަށް ތާވަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް