Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީރުންނަށް ރުހުން ދިނުން

ހަލީލް، ޒަމީރު އަދި ނާޒިމް އަށް ރުހުން ދީފި

އެ ތިން ބޭފުޅުންނަށް ރުހުން ދިނީ އަންގާރަ ދުވަހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 އޮކްޓޯބަރު 2024 | އަންގާރަ 10:26
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނެވުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނެވުން

ވަޒީރުންގެ މަޖިލީހަށް ބަދަލު ގެނެސް, އަލުން ވަޒީރުކަމަށް އައްޔަންކޮށްފައިވާ ބޭފުޅުންނަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ނިންމާ އެ ވަޒީރުންނަށް ރުހުން ދީފިއެވެ.

އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު 30ގައި ވަޒީރުންގެ މަޖިލީހަށް ގެންނަވާފައިވާ ބައެއް ބަދަލުތަކާއި ގުޅިގެންނެވެ. އަދި ދައުރު ފެށުމާއި އެކު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ވަނީ އެޖެންޑާކޮށް ކުރިއަށް ގެންގޮސްފައެވެ.

Advertisement - newsAdvertisement

އެ ބޭފުޅުންނަށް ރުހުން ހޯދުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސެޕެޓެމްބަރ މަހު ފޮނުވާފައެވެ. އެހެންނަމަވެސް އެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ނުކުރެވި އޮތީ މަޖިލިސް ޗުއްޓީގައި އޮތުމުގެ ސަބަބުންނެވެ.

ވަޒީރުންގެ މަޤާމުތަކަށް ރައީސް ބަދަލުތަކެއް ގެންނަވާފައި ވަނީ އޭރު ފިނޭންސް މިނިސްޓަރކަމުގައި ހުންނެވި ޑރ. މުހައްމަދު ޝަފީގު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މިނިސްޓަރ ޝަފީގު އިސްތިއުފާދެއްވި ސަބަބު އެ މަނިކުފާނު ހާމައެއް ނުކުރައްވައެވެ. އަދި ސަރުކާރުން ވެސް އެކަމާއި ގުޅޭ ތަފްސީލެއް މިހާތަނަށް ވެސް ހާމަކޮށްފަ އެއް ނުވެއެވެ.

ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލުތަކުގެ ތެރޭގައި ފިނޭންސް މިނިސްޓަރަކަށް ކުރިން ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރު އައްޔަންކުރުން ހިމެނެއެވެ. އަދި ފޮރިން މިނިސްޓަރަކަށް އައްޔަނުކުރެއްވީ ކުރިން ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ހަލީލު އެވެ. މީގެ އިތުރުން ހެލްތު މިނިސްޓަރަކަށް ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް ވަނީ އައްޔަންކުރައްވާފައެވެ.

އެ ތިން ބޭފުޅުންނަށް ރުހުން ދިނީ އަންގާރަ ދުވަހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލިސްކެބިނެޓް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު