Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުށިދިއްގަރު ފަޅު ހިއްކުން

ފުށިދިއްގަރު ފަޅު ހިއްކުން: ޢާންމުންގެ ޕްރެޝަރު ބޮޑުވެ، އާބަންކޯ އިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ

އެ މަޝްރޫއު ހިންގުމުގައި އާންމުންގެ ކަންބޮޑުވުން އޮތީ، އެ މަސައްކަތަކީ ބަޖެޓުން ބޭރުން ކުރާ މަސައްކަތަކަށް ވެފައި، އެކަމުގެ ތަފްސީލެއް ނުދޭތީ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 21 ޑިސެމްބަރު 2023 | ބުރާސްފަތި 08:26
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށުން

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށުން

ފުށި ދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގައި ހުރި ސިއްރު ކަންތައްތަކުގެ ސަބަބުން އާންމުންގެ ކަންބޮޑުވުން އިތުރުވުމާއެކު، އެ މަޝްރޫއުގެ މަސައްކަތުގެ މައުލޫމާތު ދިނުމަށް އާބަންކޯ އިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ފުށި ދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުއަކީ އެންމެ ފުރަތަމަ މި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ހިމެނި ކަމެކެވެ. އެގޮތުން އެ ފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނި ނަމަވެސް، ބަޖެޓު ދިރާސާ ކުރާ ކޮމެޓީން ވަނީ އެ މަޝްރޫއު ބަޖެޓުން އުނިކޮށް އެ 400 މިލިއަން ރުފިޔާގެ ތެރެއިން 200 މިލިއަން ރުފިޔާ އެހެނިހެން ކަންކަމަށް ޚަރަދު ކުރުމަށް ނިންމާފަ އެވެ.

އެގޮތުން އެ ކޮމިޓީގައި 200 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ނިންމީ ގިރާވަރު، ގުޅީފަޅު އަދި ހުޅުމާލޭގައި އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށް އެ ފައިސާގެ ތެރެއިން ބައެއް ފައިސާ ހަމަޖެއްސުމާއެކު، ބައެއް ފައިސާ ރާއްޖޭގެ ތަރައްގީގެ އުމްރާނީ އެހެނިހެން ކަންކަމަށް ހަމަޖެއްސުމަށެވެ. އެ ބަޖެޓު ފާސްކުރީ ވެސް އެގޮތުގައި އެވެ.

ބަޖެޓު ފާސްކުރުމާއެކު، އާބަންކޯގެ މަސައްކަތެއްގެ ގޮތުގައި ކަމަށް ބުނެ، "ރަސް މާލެ" ހިއްކުމުގެ މަސައްކަތް މިދިޔަ ހޯމަ ދުވަހު ސަރުކާރުން ފެށި އެވެ. އެދުވަހު އެ ފަޅު ހިއްކުމުގެ މަސައްކަތް ފެށިއިރު، އެ މަސައްކަތަށް ބޭނުންވާ ބަޖެޓު ހަމަޖެއްސުނު ގޮތެއް، ލިބުނު ފައިސާގެ އަދަދެއް އަދި އެ މަސައްކަތް ކުރުމަށް ހަވާލުކުރި ފަރާތެއް ވެސް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ހަމައެކަނި ސަރުކާރުން ދިން މައުލޫމާތަކީ ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމެވެ.

އެއާއެކު އާންމުންގެ ކަންބޮޑުވުން އެކަމުގައި ބޮޑުވީ، ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަސައްކަތުގެ ތަފްސީލެއް ސަރުކާރުން ނުދިނުމާއެކު އެވެ. އެގޮތުން ކަންކަން ހާމަ ކުރައްވާނެ ކަމަށް ބުނަމުން އައި ސަރުކާރަކުން އެފަދައިން ފޮރުވައިގެން އެކަންތައް ކުރުމަކީ ބަލައިގަނެވޭނެ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް އާންމުން އަންނަނީ ބުނަމުންނެވެ.

ބުދަ ދުވަހު ރޭ ބެއްވީ "ކަންގަތި އެވޯޑް" ޙަފުލާގައި ރައީސް ޑރ، މުޙައްމަދު މުއިއްޒު ދެއްވި ތަޤުރީރުގައި ވެސް، ފުށިދިއްގަރު ފަޅު ހިއްކަނީ ބަޖެޓުގެ ބޭރުން ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ ކޮން ގޮތަކަށް ކަމެއް، ކޮން ބައެއްގެ ފައިނޭންސިން އިން ކަމެއް ރައީސް ވިދާޅެއް ނުވެއެވެ.

މި ހުރިހާ ކަންބޮޑުވުންތަކާއެކު، އާބަންކޯ އިން ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު ފުށިދިއްގަރު ފަޅު ހިއްކުމާ ގުޅޭ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމާފަ އެވެ.

އަރބަންކޯފުށިދިއްގަރު ފަޅު

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
11 ނޮވެމްބަރު 2025

ރަސްމާލެ ހިއްކާ ނިމޭނެ ދުވަހެއް ނޭންގެ، ރައީސް ވިދާޅުވީ ރަސްމާލެ އިން 15000 ގޯތި ދޫކުރަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް

11 ނޮވެމްބަރު 2025
ރަސްމާލެ ހިއްކާ ނިމޭނެ ދުވަހެއް ނޭންގެ، ރައީސް ވިދާޅުވީ ރަސްމާލެ އިން 15000 ގޯތި ދޫކުރަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް
02 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ ބަޖެޓު ހުސްވެ ބޯހިކުނު އިރުވެސް މުޢިއްޒު އަށް އެންމެ ގާބުރިއެއް ވެސް އަދި ބާއްވާ ނުލެވޭ!

02 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ ބަޖެޓު ހުސްވެ ބޯހިކުނު އިރުވެސް މުޢިއްޒު އަށް އެންމެ ގާބުރިއެއް ވެސް އަދި ބާއްވާ ނުލެވޭ!
05 އޮކްޓޯބަރު 2025

ރަސްމާލޭގައި ހުންނާނެ މޮޅެތި ކަންކަމުގެ ވާހަކަ މުއިއްޒު ދެއްކެވީ އެއްވެސް ޕްލޭނެއް ނެތި ކަން ހާމަ ވެއްޖެ

05 އޮކްޓޯބަރު 2025
ރަސްމާލޭގައި ހުންނާނެ މޮޅެތި ކަންކަމުގެ ވާހަކަ މުއިއްޒު ދެއްކެވީ އެއްވެސް ޕްލޭނެއް ނެތި ކަން ހާމަ ވެއްޖެ
26 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ ކުލަނުޖެހި އިތުރުވަމުންދާ ވައުދު ލިސްޓު

26 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކުލަނުޖެހި އިތުރުވަމުންދާ ވައުދު ލިސްޓު
04 ޑިސެމްބަރު 2024

ހިޔާ ފްލެޓް ތަކުގައި ލިފްޓް ހަރުކުރަން 278 މިލިއަން ރުފިޔާ ޚަރަދު ކުރާކަން ހާމަ ވެއްޖެ

04 ޑިސެމްބަރު 2024
ހިޔާ ފްލެޓް ތަކުގައި ލިފްޓް ހަރުކުރަން 278 މިލިއަން ރުފިޔާ ޚަރަދު ކުރާކަން ހާމަ ވެއްޖެ
28 އެޕްރީލު 2024

ފުށިދިއްގަރުފަޅު މަޝްރޫއުގެ ބިން ހިއްކުމުގެ ބައި ނުފެނުނު ނަމަވެސް މަސައްކަތް ނުހުއްޓޭ: ހީނާ

28 އެޕްރީލު 2024
ފުށިދިއްގަރުފަޅު މަޝްރޫއުގެ ބިން ހިއްކުމުގެ ބައި ނުފެނުނު ނަމަވެސް މަސައްކަތް ނުހުއްޓޭ: ހީނާ
04 އެޕްރީލު 2024

ފުށިދިއްގަރުފަޅުގެ މަޝްރޫއު: ސަރުކާރުން އަދިވެސް މަސައްކަތް ކުރަނީ އޮޅުވާލަންތަ؟

04 އެޕްރީލު 2024
ފުށިދިއްގަރުފަޅުގެ މަޝްރޫއު: ސަރުކާރުން އަދިވެސް މަސައްކަތް ކުރަނީ އޮޅުވާލަންތަ؟
11 ޖެނުއަރީ 2024

ރަސްމާލޭގައި ޗައިނާއިން 30،000 ހައުސިންގ ޔުނިޓް ގާއިމުކުރަނީ

11 ޖެނުއަރީ 2024
ރަސްމާލޭގައި ޗައިނާއިން 30،000 ހައުސިންގ ޔުނިޓް ގާއިމުކުރަނީ
11 ޖެނުއަރީ 2024

ތިލަފުށީގެ ޝޯ ލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުވާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި

11 ޖެނުއަރީ 2024
ތިލަފުށީގެ ޝޯ ލައިނުން ދޫކޮށްފައިވާ ބިންތަކުގައި ކުރަމުންދާ މަސައްކަތް ހުއްޓުވާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު