Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކަނޑުއަޑީގެ ސަތަހަ

ކަނޑުއަޑީގެ ސަތަހައިން، މުޅި ދުނިޔޭގެ އެންމެ ފުނަށް ތޮރުފާ އުޅަނދުގެ ރެކޯޑް ޗައިނާއަށް!

"މޭންގްޝާންގް" ނުވަތަ "ޑްރީމް" އަކީ 100 އިންސައްތަ ޗައިނާގެ އުފެއްދުމެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2023 | އަންގާރަ 03:48
މުޅި ދުނިޔޭގެ އެންމެ ފުނަށް ތޮރުފާ ޗައިނާގެ އުޅަނދު

މުޅި ދުނިޔޭގެ އެންމެ ފުނަށް ތޮރުފާ ޗައިނާގެ އުޅަނދު

ސައެންސްއާއި ޓެކްނޮލޮޖީގެ ރޮނގުން ހީވެސް ނުކުރާ ފަދަ ކުރިއެރުންތަކެއް ހޯދަމުން އަންނަ އަދުގެ ދުނިޔޭގައި، ޗައިނާގެ ވާހަކައަކީ މި ފަހަކަށް އައިސް އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައެވެ. ދުނިޔޭގެ 1 ނަމްބަރު ޤައުމުގެ މަޤާމަށް ފައިވިއްދައިގެން އޮތް ޗައިނާއިން ދަނީ، އެތައް މައިދާނެއްގައި، ވާދަވެރި އެމެރިކާއާއި އެމެރިކާއަށް އެއްބާރުލުންދޭ ވިލާތުގެ ޤައުމުތަކަށް ގޮސް ޖަހަމުންނެވެ. ޗައިނާއިން ހޯދަމުންދާ ކުރިއެރުންތަކުގެ ލިސްޓަށް އަނެއްކާވެސް މި އޮތީ ނަމްބަރެއް އިތުރު ކުރަން ޖެހިފައެވެ. މިފަހަރު ޖައްވީ ފަޒާގެ ތެރެއަކުން ނޫނެނެވެ. މި ފަހަރުގެ ނަމްބަރު ގެންދަނީ، ކަނޑުގެ އަޑީ ސަތަހައިގެވެސް އަޑިއަށެވެ.

ޗައިނާއިން މިހާރު ވަނީ ކަނޑުގެ އެންމެ ފުން ސަރަޙައްދުތަކުގެ އެންމެ އަޑީ ސަތަހަ ތޮރުފައި، އޭގެ އަޑީގައި ހިނގާ ކަންކަން ދެނެގަތުމަށް، އެފަދަ ސަރަޙައްދުތައް ތޮރުފުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެއް އުފައްދާ، ބޭނުން ކުރަން ތައްޔާރު ވެފައެވެ. ކަނޑު އަޑީ ސަތަހައިގެ އަޑީގައިވާ ބައި ނުވަތަ ދުނިޔޭގެ ކްރަސްޓްގެ އަޑީގައި ވާ މަޢުލޫމާތު ދެނެގަތުމަށް ތޮރުފަން ޖެހޭ ތޮރުފުންތައް ތޮރުފުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދު ޓެސްޓު ކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވެސް މިހާރު އޮތީ ވެ ނިމިފައެވެ.

މި ދެންނެވި ޚާއްޞަ އުޅަނދަށް ޗައިނާއިން ދީފައިވާ ނަމަކީ "މޭންގްޝާންގް" ނުވަތަ "ޑްރީމް"އެވެ. މި ނަމަކީ، ކަނޑު އަޑީގެ ސަތަހަ ތޮރުފައި، ދުނިޔޭގެ ފުނަށް ދަތުރު ކުރުމަކީ ސައެންސްވެރިން ދެކެމުން އަންނަ ހުވަފެނަކަށް ވާތީ، އެ ކަމަށް ރިޢާޔަތް ކޮށްގެން ދީފައި ވާ ނަމެއް ކަމަށް، ގުއާންގްޝޫ މެރީން ޖިއޮލޮޖިކަލް ސަރވޭގެ "ޑްރީމް" މަޝްރޫޢާ ޙަވާލުވެ ހުރި ކޮމިޝަނަރު، ލޭއި ޔޮންގް ވަނީ ބުނެފައެވެ.

"މޭންގްޝާންގް" ނުވަތަ "ޑްރީމް" އަކީ 100 އިންސައްތަ ޗައިނާގެ އުފެއްދުމެކެވެ. އުޅަނދު ފަރުމާ ކުރުމާއި ހިސާބުން ފެށިގެންގޮސް، އުޅަނދު ބަނދެ ނިއްމާލުމުގެ މަރުޙަލާގައިވެސް އޮތީ ޗައިނާގެ ނަމެވެ. 33000 ޓަނުގެ މި ބޯޓުގެ ދިގު މިނުގައި 179.8 މީޓަރު ހުންނައިރު ފުޅާ މިނުގައި 32.8 މީޓަރު ހުރެއެވެ.

ފަހަރަކު 15000 ނޯޓިކަލް މޭލު ނުވަތަ 27780 ކިލޯމީޓަރަށް ދަތުރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ "ޑްރީމް" ބޯޓަކީ، ބަނދަރަކާ ގާތް ނުކޮށް 120 ދުވަހަށް އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ ގޮތަށް ބަނދެފައިވާ އުޅަނދެކެވެ. އަދި މިއީ މުޅި ދުނިޔެއަށް ބަލާއިރުވެސް، ކަނޑުގެ ލޮނުގަނޑުން ފެށިގެން 11000 މީޓަރު އަޑީގެ ސަރަޙައްދުތައް ތޮރުފުމުގެ ޤާބިލުކަން ލިބިފައިވާ ހަމައެކަނި އުޅަނދުކަންވެސް ފާހަގަ ކުރަން ޖެހެއެވެ.

މިވަރުން އަދި ނިމުނީއެއް ނޫނެވެ. "ޑްރީމް" ފަރުމާ ކޮށްފައި ވަނީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް، ކަނޑު އުޅަނދެއްގައި ތަރައްޤީ ކޮށްފައި ވާ އެންމެ ބޮޑު، އަދި އެންމެ ފުރިހަމަ ލެބޯޓްރީއާވެސް އެކުގައެވެ. ސައެންސްގެ 9 ދާއިރާއަކުން އެ ލެބޯޓްރީގައި ދިރާސާތައް ކުރިއަށް ގެންދެވޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

މަޝްރޫޢު ކުރިއަށްގެންދާ ފަރާތުން މަޢުލޫމާތު ދޭ ގޮތުގައި، ކަނޑުމަތީގައި "ޑްރީމް" ކުރާ ފުރަތަމަ ތަޖުރިބާ، ހުކުރު ދުވަހު ކުރިއަށް ގެންދާނެއެވެ.

ކަނޑުގެ ސަރަޙައްދުތަކުގެ ދިރާސާތަކުގެ ރޮނގުން ޗައިނާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން ދާ މި ދަނޑިވަޅަކީ، ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރި ކަމުގެ މައްސަލާގައި ޗައިނާއާއި، ޗައިނާގެ އަވަށްޓެރި ޤައުމުތަކާ ދެމެދު ކޯޅުންގަނޑު ގަދަވެ، ހަމަ ދެންމެ ދެންމެ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު، އޭގެ އެންމެ އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެކެވެ.

ކަނޑުފަޅުގެ ދިރާސާޗައިނާހައިޑްރޯގްރަފީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު