Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޔޫރޮޕާ ލީގު

ޕެޑްރޯގެ ލަނޑުން ބްރައިޓަން ގަދަ 16 އަށް

މާސޭ އަށް ޖެހޭނީ ޕްލޭއޮފް ކުޅެން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 15 ޑިސެމްބަރު 2023 | ހުކުރު 03:03
ޕެޑްރޯ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ޕެޑްރޯ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

މެޗު ނިމެން ދެމިނިޓަށް ވެފައިވަނިކޮށް, ޕެޑްރޯ ޖެހި ހަމައެކަނި ލަނޑުން މޮޅުވެ, ޔޫރޮޕާ ލީގުގެ ގަދަ 16 އިން ބްރައިޓަން ޖާގަ ހޯދައިފިއެވެ.

ބްރައިޓަން ގަދަ ސޯޅަ ޓީމްގެ ތެރެއިން ޖާގަ ޔަޤީންކުރީ 88 ވަނަ މިނިޓްގައި މާސޭ ކޮޅަށް ޕެޑްރޯ ޖެހި ލަނޑުން މޮޅުވެގެންނެވެ. މެޗު ބްރައިޓަން ކާމިޔާބުކުރީ 1-0 ނެވެ. މެޗަށް ނުކުތްއިރު 11 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނާގައި އޮތް ފްރާންސްގެ މާސޭ ފަހަތަށް ޖައްސާލާ, ބްރައިޓަން ވަނީ 13 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޔަޤީންކޮށްފައެވެ. ޕެޑްރޯއަކީ މިސީޒަންގެ ޔޫރޮޕާ ލީގުގައި މިހާތަނަށް ޓޮޕް ސްކޯރަރ އެވެ. މެޗަށްގަހު އޭނާ ބުނީ 88 ވަނަ މިނިޓްގައި މާސޭ ކޮޅަށް ލަނޑު ޖެހިވަގުތަކީ ކެރިއަރުގެ އެންމެ ޚާއްޞަ ވަގުތު ކަމަށެވެ. ގްރޫޕް ސްޓޭޖްގެ ހަ މެޗުން ޕެޑްރޯ ވަނީ ހަ ލަނޑު ޖަހާފައެވެ.

ޕެޑްރޯ ބުނީ ޔޫރޮޕާ ލީގުގެ ލަނޑު ލިސްޓްގެ ކުރީގައި ހުރެވުމުން ވަރަށް ބޮޑު އުފަލެއް އިހުސާސް ވާކަމަށެވެ. އައި ގްރޫޕްގެ އެއްވަނާގައި ބްރައިޓަން އޮވެ, ލަނޑު ލިސްޓްގެ ކުރީގައި ހުރެވުމަކީ ބޮޑު އުފަލެއްކަމަށް ޕެޑްރޯ ބުންޏެވެ. ޔޫރޮޕާ ލީގުގެ ގަދަ ސޯޅައިގެ މެޗުތައް ފަށާނީ އަންނަ އަހަރުގެ މާރޗް މަހުއެވެ. ގުރުއަތުލުން އޮންނާނީ ފެބުރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. ގަދަ ސޯޅައިން ޖާގަ ހޯދަން މާސޭ އަށް ޖެހޭނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ތިންވަނަ ހޯދި ޓީމްތަކުގެ ތެރެއިން ޓީމަކާ ދެކޮޅަށް ޕްލޭއޮފް ކުޅޭށެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު